Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާގެ ދީނީ ކޯޅުން

މުގަލް އެމްޕަރާއެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ގަދަވަނީ ކީއްވެ؟

އައުރަންގްޒީބަކީ މީގެ 300 އަހަރު ކުރިން ދިރިއުޅުއްވި ޚުދުމުހުތާރު ވެރިއެއް : ޕްރޮފެސާ ރިޒާވީ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 މެއި 2022 | އާދީއްތަ 02:19
އިންޑިއާގެ މުގަލް އެމްޕަރާ އައުރަންގްޒީބު

އިންޑިއާގެ މުގަލް އެމްޕަރާ އައުރަންގްޒީބު

އެއީ މީގެ 300 އެތައް އަހަރެއް ކުދިން މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލި މުގަލް އެމްޕަރާއެކެވެ. ނަމަވެސް، އަވަށްޓެރި އިންޑިއާގައި މި ފަހަކަށް އައިސް އެންމެ ހޫނު ބަހުސެއް ކުރެވޭ މައުލޫއަކީވެސް އެއީއެވެ.

"އެންމެ ފަހުގެ މުގަލް އެމްޕަރާ"ގެ ނަމުން މަޝްހޫރުވެފައިވާ އައުރަންގްޒީބަކީ 1658 އިން 1707 އަށް، ގާތްގަނޑަކަށް ބައި ގަރުނު ވަންދެން އިންޑިއާގައި ވެރިކަން ކުރެއްވި ޝަހްސެކެވެ. ނަމަވެސް، ތާރީޚު އިލްމުވެރިންގެ ކުރިމަތީގައި އެއީ މާ މަޤުބޫލު އެމްޕަރާއެއް ނޫނެވެ. ފެށުމެއްގެ ގޮތުން ދަންނަވަނީނަމަ، އައުރަންގްޒީބު ވެރިކަމުގެ ކޯލަށް ވެދިވަޑައިގަތީ ބައްޕާފުޅު ކަސްތޮޅު އަޅުވާ، ބޭބެ މަރާލެއްވުމަށްފަހުގައެވެ. އެފަދަ އެހެން ވެރިންނާ އަޅާ ބަލާނަމަ، އައުރަންގްޒީބުގެ ރެކޯޑް މާ ރަނގަޅެއް ނޫނެވެ. މުނި ކާފަ އަކްބަރަކީ އޯގާތެރިވެރިއެއް ކަމަށް ސިފަކޮށްފައިވާއިރު، ކާފަ ޖަހަންގީރަކީ ފަންނުވެރިކަމާއި އާކިޓެކްޗާއަށް ލޯބިކުރި މީހެކެވެ. ބައްޕާފުޅަކީ ލޯބީގެ ރަމްޒެއް ކަމުގައި ދުނިޔެ ޤަބޫލު ކުރާ ތާޖު މަހަލް ބިނާ ކުރެއްވި ޝާހް ޖަހާންއެވެ.

ނަމަވެސް 6 ވަނަ އެމްޕަރާ އައުރަންގްޒީބަކީ މުސްލިމެއް ކަމަކު، އޭނާ ސިފަ ކުރަމުން ދިޔައީ ޚުދުމުހުތާރު ވެރިއެއްގެ ގޮތުގައެވެ. އިސްލާމީ ޝަރީއާ ހަރުކަށިކަމާއެކު ތަންފީޒު ކުރެއްވިއެވެ. ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ހިންދޫންގެ އަތުން ޖިޒީ ނުވަތަ ޓެކުހެއް ނެންގެވިކަމަށް ވެއެވެ. މިއުޒިކާއި އެނޫންވެސް އެފަދަ ފަންނުވެރި ކަމަށް ނަފްރަތު ކުރެއްވިއެވެ. އަދި އެތައް ފައްޅިއެއް ތަޅާލުމަށް އަމުރު ކުރެއްވިއެވެ.

އެ ހުރިހާ ކަމެއް ހިނގީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިންނެވެ. ނަމަވެސް މިއަދު ބަޔަކު އައުރަންގްޒީބަށް ނަފުރަތު ކުރަމުން ދަނީ ތާރީޚު ދެކެފައި ނުވާ ދަރަޖައަކަށެވެ. އެކަން ފެށިގެން އައީ އިންޑިއާގެ "ދީނީ ސިޓީ" އެއްގެ ގޮތުގައި ސިފަ ކުރަމުން އަންނަ ވަރަނާސީގައި ހުންނަ ޖިޔާންވާއި މިސްކިތުގެ މައްސަލައާ ހިސާބުންނެވެ. ޖިޔާންވާއި މިސްކިތް އަޅާފައި ހުންނަނީ ކުރިން ވިޝްވަނާތު ފައްޅިއޭ ކިއުނު ފައްޅިއެއް ހުރި ތަނުގައެވެ. އެ ފައްޅިއަކީ 16 ވަނަ ގަރުނުގެ ދުވަސްވަރު، ހިންދޫންގެ ފަޚުރެއް ފަދަ ފައްޅިއެކެވެ. 1669 ވަނަ އަހަރު އެ ފައްޅި ތަޅާލީ އައުރަންގްޒީބުގެ އަމުރުފުޅަށެވެ. ހިންދޫ ނޭޝަނަލިސްޓުންނަށް އިންޑިއާގެ އަދުގެ ވެރިކަން ލިބިފައިވާއިރު، ކޯޓުތަކުން ފެންނަ ލިޔެކިޔުންތަކުގައިވެސް އައުރަންގްޒީބުގެ ނަން ބަޔާންކޮށްފައި އޮވެއެވެ.

އިންޑިއާގެ ނުފޫޒުގަދަ ހިންދޫ ބޮޑުވަޒީރު ނަރެންދުރާ މޯދީވެސް ގެންދަވަނީ އައުރަންގްޒީބުގެ "ޖަރީމާތަކަށް" ފާޑުވިދާޅުވަމުންނެވެ. އެގޮތުން އައުރަންގްޒީބު މަސައްކަތް ކުރެއްވީ "ކަނޑިއަކުން ހަޟާރާތެއް ބަދަލުކުރައްވަން" ކަމަށް މޯދީ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ގޮންޖެއްސެވުމުގެ ރޫހުގައި ވާހަކަފުޅުދައްކަވައެވެ. އެގޮތުން ހިންދޫންގެ ޤަބޫލުކުރުންތަކަށް ލޮޅުމެއް ނާރާނެ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

އައުރަންގްޒީބުގެ ހާންދާނުގައި ކުރެއްވި ކަންކަމީ، އަދުގެ ދުނިޔޭގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ހުއްޖަތަކަށް އެމީހުން ވަނީ ހަދާފައެވެ. ތާރީޚު އިލްމުވެރިޔާ އޯޑްރީ ޓްރަޝްކީ ބުނި ގޮތުގައި އެތައް އަހަރެއް ވަންދެން މުސްލިމުން ހިންދޫންނަށް ތަކުލީފު ޖެއްސުމުން، އޭގެ ބަދަލެއްގެ ގޮތުގައި މިއަދު މުސްލިމުން ފިއްތާލުން ހައްޤު ކަމަށް ހިންދޫ ނޭޝަނަލިސްޓުން ޤަބޫލު ކުރެއެވެ.  

އައުރަންގްޒީބާ ދެކޮޅަށް އިންޑިއާގެ ހިންދޫ ލީޑާޝިޕުގައި އޮތް ނަފުރަތުގެ ގިނި ވަނީ އިންތިހާ ގަދަވެފައެވެ. އާގްރާގެ މޭޔަރުވެސް ވަނީ އާންމު ހުރިހާ ތަނަކުން އައުރަންގްޒީބުގެ ކުލަވަރު ފޮހެލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ހިންދޫން އަޅުކަމަށް ބޭނުން ކުރި ތަންތަނުގައި މުގަލްއިން ކޮށްފައިވާ ބިނާތައް ބިމާ ހަމަ ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ. އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާގައި ހުންނަ އައުރަންގްޒީބުގެ މަގުބަރާއަށް ޒިޔާރަތް ކުރުންވެސް މިހާރު ވަނީ މަނާ ކޮށްފައެވެ.

ކަން މިހެން އޮތް އިރު އަލިގާ މުސްލިމް ޔުނިވާސިޓީގެ ޕްރޮފެސާ އަދި މުސައްނިފެއް ކަމަށްވާ ތާރީޚު އިލްމުވެރިޔާ ނަދީމް ރިޒާވީ ވިދާޅުވީ، އައުރަންގްޒީބަކީ، އިންޑިއާގެ އާބާދީގެ ނިސްބަތުން ބައިމަދު މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ ހިންދޫން ހިންގަމުންދާ ޖަރީމާތަކަށް ދައްކާ ދޫ ފަސޭހަ ހުއްޖަތެއް ކަމަށެވެ. ހިންދޫ ފައްޅިތައް ތަޅާލުމުގެ އިތުރުން ތަފާތު ކުރުންތަކާއެކު ހިންދޫންގެ އަތުން ޓެކްސް ނެންގެވި ނަމަވެސް، އައުރަންގްޒީބަކީ މުޅިން ނުލަފާ ޝަހްސެއް ނޫން ކަމަށް ޕްރޮފެސާ ރިޒާވީ ވަނީ ސިފަ ކުރައްވާފައެވެ. އެގޮތުން ހިންދޫން ފައްޅިތައް ބެލެހެއްޓުމަށް އެންމެ ގިނަ އަދަދަކަށް ގްރާންޓް ދެއްވި ޝަހްސަކީ އައުރަންގްޒީބު ކަމަށް ޕްރޮފެސާ ރިޒާވީ ފާހަގަ ކުރެއްވިއެވެ.

ކޮންމެ ގޮތަކަށް ސިފަކުރި ކަމުގައިވީ ނަމަވެސް އައުރަންގްޒީބަކީ ޒާތީ ދިރިއުޅުއްވުމުގައި ތަފާތު ޝަހްސެއް ކަމަށް ޕްރޮފެސާ ރިޒާވީ ވިދާޅުވެއެވެ. އެގޮތުން އައުރަންގްޒީބުގެ ދިރިއުޅުއްވުމުގައި ރަލާއި މިއުޒިކް އޮތް ކަމަށާއި، އޭނާގެ ވެރިކަމުގައި، އެހެން އެއްވެސް މުގަލް ވެރިއެއްގެ ވެރިކަމުގައި ނުލިޔާ ވަރަށް މިއުޒިކް ފޮތްތައް ލިޔެވުނު ކަން ޕްރޮފެސާ ރިޒާވީ ފާހަގަ ކުރައްވައެވެ. އަދި ދީނީ ކަންކަން ކުރިއަށް ނެރުއްވަން ފެއްޓެވީ، އިންޑިއާގެ އަދުގެ ލީޑަރުން ފަދައިން ސިޔާސީ ފެއިލްވުންތަކާ ގުޅިގެން ކަމަށްވެސް ޕްރޮފެސާ ރިޒާވީ ވަނީ ސިފަކުރައްވާފައެވެ.

އައުރަންގްޒީބަކީ މީގެ 300 އަހަރު ކުރިން ދިރިއުޅުއްވި ޚުދުމުހުތާރު ވެރިއެއް ކަމަށާއި، އެއީ އޭނާއަށް އިރުޝާދު ދިނުމަށް ޒަމާނީ ޑިމޮކްރަސީއެއް އަދި ޤާނޫނު އަސާސީއެއްވެސް އޮތް ޒަމާނެއް ނޫން ކަމަށް ޕްރޮފެސާ ރިޒާވީ ވިދާޅުވިއެވެ. ނަމަވެސް މިއަދަކީ އިންޑިއާގައި ޤާނޫނު އަސާސީއެއް އޮވެ، މަޖިލީހުން ޤާނޫނުތަކެއް ހެދިފައިވާ ދުވަހެއް ކަމަށްވީ އިރު 16 ވަނަ ގަރުނާއި 17 ވަނަ ގަރުނުގައި ވީ ކަމެއް ނަކަލުކޮށް ތަކުރާރު ކުރާނީ ކިހިނަކުންތޯވެސް ޕްރޮފެސާ ރިޒާވީ ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

ސިއްރު މައުލޫމާތު ހިއްސާކުރެއްވި ވާހަކައަށް ޕުޓިން ހަޖޫ ޖައްސަވައިފި

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު