Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަން އޭޝިޔާއަށް ކުރައްވާ ދަތުރުފުޅު

ބައިޑަންގެ ސީކްރެޓް ސަރވިސްގެ ދެ އެޖެންޓުން ދެކުނުކޮރެއާގައި މާރާމާރީ ހިންގުމުގެ ސަބަބުން އަނބުރާ ގައުމަށް ފޮނުވާލައިފި

21 މެއި 2022 | ހޮނިހިރު 03:00

ސީކްރެޓް ސަރވިސްގެ އެޖެންޓުން މީގެކުރިންވެސް މިފަދަ އަމަލުތައް ބޭރު ގައުމުތަކުގައި ހިންގާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 މެއި 2022 | ހޮނިހިރު 03:00
އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކުނު ކޮރެއާއަށް ވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކުނު ކޮރެއާއަށް ވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ދެކުނު ކޮރެއާގައި ހަރަކާތްތެރިވި ސީކްރެޓް ސަރވިސްގެ ދެ އެޖެންޓުން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ބައިޑަން ދެކުނު ކޮރެއާއަށް ވަޑައިގަތުމުގެ އެއް ދުވަސްކުރިން ދެ އެޖެންޓުން އަނބުރާ އެމެރިކާއަށް ފޮނުވާލާފައިވަނީ، މަސްތުގެ ހާލަތުގައި ތިބެގެން މާރާމާރީ ހިންގުމާގުޅިގެންނެވެ.

ޔޮންގްސަން ޑިސްޓްރިކްޓްގެ ޕޮލިސް އޮފިޝަލަކު ރޮއިޓަރސްއާ ވާހަކަދައްކަވަމުން ވިދާޅުވީ، އެއް އެޖެންޓަކު ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޓެކްސީއެއްގެ ކަންތަކުގައި މާރާމާރީ ހިންގައިގެން ކަމަށެވެ. އެމެރިކާގެ އޮފިޝަލް ވިދާޅުވީ މި އެޖެންޓުގެ ކަންތައް ދެކުނު ކޮރެއާގެ އޮފިޝަލުން ތަހުގީގުކުރާކަމަށެވެ. އަދި އަނެއް އެޖެންޓު ކުރި ކަންތައް ތަހުގީގު ނުކުރާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސީކްރެޓް ސަރވިސްގެ ސްޕޯކްސްޕަރސަން އެންތަނީ ގުގްލިއާމީ ވިދާޅުވީ، އެސަރވިސްގެ ދެ މުވައްޒަފަކު އޮފް ޑިޔުޓީގައި ގާނޫނާ ޚިލާފުކަމެއް ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެ ދެ މުވައްޒަފުންނަށް އަނބުރާ ގައުމަށް އައުމަށް އަންގާފައިވާކަމަށާއި، މިހާދިސާއާ ގުޅިގެން ބައިޑަންގެ ދަތުރުފުޅަށް އެއްވެސް ހުރަހެއް އެޅިފައިނުވާކަމަށެވެ.

މެއި 20ން 24ށް ދެކުނު ކޮރެއާއާއި ޖަޕާނަށް ކުރައްވާ ދަތުރުފުޅެއްގައި ބައިޑަން ވަނީ ހުކުރު ދުވަހު ދެކުނު ކޮރެއާއަށް ވަޑައިގަންނަވާފައެވެ. މާރާމާރީގެ މި ހާދިސާ ހިނގާފައިވަނީ ބައިޑަން މިދަތުރުފުޅުގައި ހުންނަވާ ހޮޓެލްގެ ބޭރުގައެވެ.

ދެކުނު ކޮރެއާގެ ފުލުހުން، މިހާދިސާގައި ހިމެނޭ އެޖެންޓުންގެ ނަމެއްވެސް އަދި މިހާދިސާގެ އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ.

ސީކްރެޓް ސަރވިސްއަކީ އެމެރިކާގެ ރައީސްއާއި ވައިޓް ހައުސްގެ ސެކިޔުރިޓީ ކަންކަން ބަލަހައްޓާ އެޖެންސީއެވެ. މީގެކުރިންވެސް ސީކްރެޓް ސަރވިސްގެ އެޖެންޓުން މިފަދަ އަމަލުތައް ބޭރު ގައުމުތަކުގައި ހިންގާފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2021

ބައިޑަންގެ ތާއީދު ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް

17 ސެޕްޓެމްބަރު 2021
ބައިޑަންގެ ތާއީދު ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް
04 ސެޕްޓެމްބަރު 2021

ބައިޑަންގެ މަޤުބޫލުކަން %50 ދަށުގައި ހުންނަތާ ތިން ވަނަ ހަފުތާ

04 ސެޕްޓެމްބަރު 2021
ބައިޑަންގެ މަޤުބޫލުކަން %50 ދަށުގައި ހުންނަތާ ތިން ވަނަ ހަފުތާ
28 އޯގަސްޓު 2021

ވަކި ފިކުރަކަށް ތާއީދުނުކުރާ މީހުންގެ މެދުގައި ބައިޑަންގެ މަގްބޫލުކަން ދަށަށް

28 އޯގަސްޓު 2021
ވަކި ފިކުރަކަށް ތާއީދުނުކުރާ މީހުންގެ މެދުގައި ބައިޑަންގެ މަގްބޫލުކަން ދަށަށް
21 އޯގަސްޓު 2021

އަފްޣާނިސްތާނުގައި އެމެރިކާއަށް ލިބުނު ނާކާމިޔާބީއާއެކު ބައިޑަންގެ ތާއީދު ދުވަހަކުވެސް ނުދާހާ މިންވަރަށް ދަށަށް

21 އޯގަސްޓު 2021
އަފްޣާނިސްތާނުގައި އެމެރިކާއަށް ލިބުނު ނާކާމިޔާބީއާއެކު ބައިޑަންގެ ތާއީދު ދުވަހަކުވެސް ނުދާހާ މިންވަރަށް ދަށަށް
29 އެޕްރީލު 2021

ވެރިކަމުގެ 100 ދުވަސް: ބައިޑަންގެ ފުރަތަމަ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިފައިވާ ބަޔާނެއް

29 އެޕްރީލު 2021
ވެރިކަމުގެ 100 ދުވަސް: ބައިޑަންގެ ފުރަތަމަ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިފައިވާ ބަޔާނެއް
16 ޖެނުއަރީ 2021

ބައިޑަންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވޮޝިންގްޓަނަށް 25 ހާސް ސިފައިން ނެރެނީ

16 ޖެނުއަރީ 2021
ބައިޑަންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވޮޝިންގްޓަނަށް 25 ހާސް ސިފައިން ނެރެނީ
24 ނޮވެމްބަރު 2020

ބައިޑަންގެ ސަރުކާރުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޖޯން ކެރީ

24 ނޮވެމްބަރު 2020
ބައިޑަންގެ ސަރުކާރުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޖޯން ކެރީ
30 ޑިސެމްބަރު 2019

ސޫދާންގައި ކުރި މުޒާހަރާތަކުގައި މީހަކަށް އަނިޔާކޮށް މެރިކަމުގެ ކުށް ސާބިތުވެ 27 އެޖެންޓުން މެރުމަށް ހުކުމްކޮށްފި

30 ޑިސެމްބަރު 2019
ސޫދާންގައި ކުރި މުޒާހަރާތަކުގައި މީހަކަށް އަނިޔާކޮށް މެރިކަމުގެ ކުށް ސާބިތުވެ 27 އެޖެންޓުން މެރުމަށް ހުކުމްކޮށްފި
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
05 މެއި 2017

އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި

05 މެއި 2017
އެމެރިކާ އާއި ދެކުނު ކޮރެއާގެ އެޖެންޓުން އުތުރު ކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް