Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަންގެ ފުރަތަމަ ރިޔާސީ ބަޔާން

ވެރިކަމުގެ 100 ދުވަސް: ބައިޑަންގެ ފުރަތަމަ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިފައިވާ ބަޔާނެއް

29 އެޕްރީލު 2021 | ބުރާސްފަތި 07:05

1.3 މިލިއަން ވަޒީފާ މުޅިން އަލަށް އުފައްދާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 އެޕްރީލު 2021 | ބުރާސްފަތި 07:05
ޖޯ ބައިޑެން - ވެރިކަމުގެ 100 ދުވަހާއެކު އުންމީދީ ރިޔާސީ ބަޔާނެއް

ޖޯ ބައިޑެން - ވެރިކަމުގެ 100 ދުވަހާއެކު އުންމީދީ ރިޔާސީ ބަޔާނެއް

އެމެރިކާގެ ވެރިކަމާ ޖެނުއަރީ މަހު ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަސް ހަމަވި ދުވަހާ ދިމާކޮށް ކޮންގްރެސްގައި ފުރަތަމަ ރިޔާސީ ބަޔާން އިއްވަވައިފިއެވެ.

ރައީސް ޖޯބައިޑަން ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި، އެމެރިކާގެ ރައްޔިތުންނަށް އުންމީދީ ވާހކަތަކެއް ހިއްސާކުރެއްވިއެވެ. ބައިޑްންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އޭނާއާ ހަވާލުވި އެމެރިކާއަކީ، ތަފާތު އެތައް ސަބަބުތަކާހެދި، ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތް އެމެރިކާއެއް ކަމަށެވެ. އަދި ވިދާޅުވީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 ކާރިސާގެ ސަބަބުން އެގައުމުގެ އިގްތިސާދު ބޮޑު ފުން ވަޅުގަނޑަކަށް ވެއްޓިގެން ގޮސްފައިވާ ކަމަށާއި، އަދި އެތައް ބައެއްގެ ވަޒީފާ ގެއްލި ބިކަ ވެފައިވާ ކަމަށެވެ.

ބައިޑަން ވިދާޅުވީ އޭނާގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމެރިކާގައި 1.3 މިލިއަން ވަޒީފާ މުޅިން އަލަށް އުފައްދާފައިވާ ކަމަށެވެ. އަދި ބައިޑަން ވިދާޅުވި ގޮތުގައި މިއީ އެގައުމުގެ އެއްވެސް ރައީސަކަށް މިހާތަނަަށް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެވިފައިވާ ކާމިޔާބީއެއް ނޫންކަމުގައެވެ.

ބައިޑަން ވިދާޅުވި ގޮތުގައި، އެމެރިކާގެ އިގްތިސާދު މިއަަހަރު ކުރިއަރަމުންދާނީ %6 އަށްވުރެ މަތީގައެވެ.

ބައިޑަންވަނީ ރިޔާސީ ބަޔާނުގައި ޗައިނާއާއި އެގައުމުގެ ގުޅުން ދެން ބަދަހި ވެގެންދާނެ ގޮތުގެ މައްޗަށް ވެސް އަލި އަޅުއްވާލައްވާފައެވެ. ޗައިނާއާ އެކީ އޮތް "ވާދަވެރިކަމަށް" އެމެރިކާއިން މަރުހަބާ ކިޔާކަމަށް ވިދާޅުވަމުން ބައިޑްން ވިދާޅުވެފައިވަނީ، ޗައިނާއާއެކު ހަމަނުޖެހުމަކަށްދާން ބޭނުންނުވާ ކަމަށެވެ. އަދި އެމެރިކާގެ މަސްލަހަތުތައް އެތެރެއާއި ބޭރުންވެސް ހިމާޔަތް ކުރައްވާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންގ ޕިންއަށް ދަންނަވާފައިވާނެ ކަމަށްވެސް ބައިޑްން އޭނާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހަމަހަމަ ކަމެއްނެތް ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން އެމެރިކާގެ އިންޑަސްޓްރީސްތަކާއި އަދި މަސައްކަތްތެރިންނަށް ލިބޭ ގެއްލުންތަކާ އެމެރިކާއިން ދެކޮޅު ހަދާނެކަމަށެވެ. އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި، އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ވެފައިވާ ވައްދުތަކަށް ފުރަގަސް ނުދޭނެކަން ޗައިނާ ހިމެނޭގޮތަށް އެހެން ގައުމުތަކުގެ ލީޑަރުންނަށް ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރަޝިއާއި އެެމެރިކާގެ ގުޅުމާ ގުޅޭގޮތުން ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވަމުން ބައިޑަން ވިދާޅުވެފައިވަނީ، ރަޝިއާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވި ނަމަވެސް، އެގައުމާއި އަދި އެގައުމުގެ ރައީސް ވްލަޑްމިއަރަ ޕުޓިންއާ ކުރިމަތިލުމަކަށް ދާން އޭނާ ބޭނުންފުޅު ވެވަޑައިނުގަންނަވާކަމަށެވެ.

ތިމާވެށީގެ މައްސަލަތަކާ ދެކޮޅަށް ކުރެވޭ ހަނގުރާމައަކީ ހަމައެކަނި އެމެރިކާގެ ހަނގުރާމައެއް ނޫން ކަމަށާއި، އަދީ އެއީ މުޅި ދުނިޔޭގެ ހަނގުރާމައަކަށް ހަދަން ޖެހިފައިވާ ކަމަށެވެ.

ވެރިކަމާ ހަވާލުވުމަށްފަހު، ކޮންގްރެސްއަށް ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ޖޯ ބައިޑަން ވިދާޅުވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމަށްފަހު، އައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި، އެމެރިކާގެ ޑިމޮކްރަސީއަށް އަލުން ރައްޔިތުންގެ އިތުބާރު ހޯދިފައިވާ ކަމަށާއި، އަދި 1.8 ޓްރިލިއަންގެ ޓެކްސް ކްރެޑިޓް ޕްލޭންއެއް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް