Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަން ގެ ސަރުކާރު

ބައިޑަންގެ ސަރުކާރުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޖޯން ކެރީ

24 ނޮވެމްބަރު 2020 | އަންގާރަ 05:43

މަގާމަށް ހަމަޖައްސާފައި ވަނީ ހޯމަ ދުވަހު

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 24 ނޮވެމްބަރު 2020 | އަންގާރަ 05:43
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޖޯން ކެރީ

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޖޯން ކެރީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެ ސަރުކާރުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ޖޯން ކެރީ ހަމަޖައްސައިފިއެވެ.

ކުރީގެ ރައީސް ޑޯނަލްޑް ޓްރަމްޕްގެ ސަރުކާރުގައި މޫސުމަށް އަންނަ ބަދަލު ތަކަށް މާބޮޑު ސަމާލު ކަމެއް ދީފަ ނުވި ނަމަވެސް މިހާރު އިންތިހާބުވެފައިވާ ރައީސް, ބައިޑަންގެ ސަރުކާރުގައި ދުނިޔެއަށް އަންނަ މޫސުމީ ބަދަލު ތަކަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ހޯމަ ދުވަހު ވަނީ, ރައީސް އޮބާމާގެ ސަރުކާރުގައި ސެކެރެޓަރީ އޮފް ސްޓޭޓްގެ މަގާމު އަދާ ކުރައްވާފައިވާ ޖޯން ކެރީ ހަމަޖައްސައިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކެރީ އަކީ ކުރީގައި ވެސް މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ވަރަށް ގިނަގުނަ މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ދުނިޔޭގެ 200 ގައުމަކުން ޕެރިހުގައި ބޭއްވި ޕެރިސް ކޮލައިމެޓް އެގްރިމެންޓްގައި އެންމެ އިސް ރޯލެއް އަދާކޮށް މަސައްކަތް ކޮށްފައިވަނީ ޖޯން ކެރީއެވެ.

ޓްރަމްޕް ވެރިކަމުގައި ހުންނެވިއިރު ވަނީ މި އެގްރީމެންޓް އިން އެމެރިކާ ބޭރުކޮށްފައެވެ. ޓްރަމްޕް އޭރު ވިދާޅުވެފައިވަނީ ޕެރިސް އެއްބަސްވުމަކީ އެމެރިކާއަށް އެތައް ޓްރިލިއަން ޑޮލަރެއް ގެއްލިގެންދާ އަދި ވަޒީފާތައް ގެއްލި، ތެލާއި ގޭސް އަދި ބޯޓްދެލި އުފައްދާ އިންޑަސްޓްރީ މަޑުޖެހިގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް ބައިޑަން ރައީސް ކަމަށް ހޮވިވަޑައިގެންނެވި ފަހުން ވަނީ އަނެއްކާ ވެސް މި އެގްރީމެންޓް ގައި އެމެރިކާ ބައިވެރި ކުރުމަށް އެދިފައެވެ.

މަގާމަށް ހޮވިވަޑައިގަންނެވުމުން ކެރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމެރިކާ ދެން ފެނިގެންދާނީ މޫސުމަށް އަންނަ ބަދަލުތަކަށް އަހަންމިއްޔަތު ދީގެން މަސައްކަތް ކުރާ ސަރުކާރެއް ގޮތުގައި ކަމަށެވެ. އެގޮތުން ޕެރިސް އެގްރީމެންޓްގެ މަސައްކަތް އަލުން ފަށާނެ ކަމަށާއި އެމެރިކާ އެނބުރި ރަނގަޅު މަގަށް ގެންނާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2018

ރަމަޟާން މަސް އަންނަންވާއިރަށް ގަތަރަކީ އެ ގައުމަށް ބޭނުންވާ މިންވަރަށް ކިރުގެ އުފެއްދުންތައް އުފެއްދޭ ގައުމަކަށްވާނެ

12 މާރިޗު 2018
ރަމަޟާން މަސް އަންނަންވާއިރަށް ގަތަރަކީ އެ ގައުމަށް ބޭނުންވާ މިންވަރަށް ކިރުގެ އުފެއްދުންތައް އުފެއްދޭ ގައުމަކަށްވާނެ
01 މާރިޗު 2018

ގަތަރުގެ އަމީރު އަންނަ މަހު އެެމެރިކާއަށް ވަޑައިގަންނަވަނީ

01 މާރިޗު 2018
ގަތަރުގެ އަމީރު އަންނަ މަހު އެެމެރިކާއަށް ވަޑައިގަންނަވަނީ
10 ޖެނުއަރީ 2018

ކެބިނެޓަށް ގެންނެވި ބަދަލުތަކާ މެދު އިނގިރޭސި ބޮޑޮވަޒީރު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވައިިފި

10 ޖެނުއަރީ 2018
ކެބިނެޓަށް ގެންނެވި ބަދަލުތަކާ މެދު އިނގިރޭސި ބޮޑޮވަޒީރު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަން ހާމަކުރައްވައިިފި
22 ނޮވެމްބަރު 2017

ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް

22 ނޮވެމްބަރު 2017
ޒިމްބާބްވޭގައި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ބާބެއް ދެން އަންނަ ސަރުކާރަކުން ހުޅުވާލަން ޖެހޭނެ: އެމްނެސްޓީ އިންޓަނޭޝަނަލް
10 ނޮވެމްބަރު 2017

އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް

10 ނޮވެމްބަރު 2017
އެހީ ނުލިބިއްޖެ ނަމަ އަންނަ ހަފްތާގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެ: ޔަމަނުގެ އެހީދޭ ޖަމާޢާތްތައް
07 ނޮވެމްބަރު 2017

ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު

07 ނޮވެމްބަރު 2017
ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު
19 އޮކްޓޯބަރު 2017

ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ

19 އޮކްޓޯބަރު 2017
ފަލަސްތީނުގެ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭނެ: އެމެރިކާ
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް