Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް

ދިވެހީންގެ މައިދޮރާއްޓަށް، ފަޚުރުވެރިވެވޭފަދަ "ޖަޒީރާވަންތަ" ބޮޑެތި ބަދަލުތަކެއް

ފަހުގެ ކުރެހުންތަކުން ފެންނަނީ، ރާއްޖޭގެ މައިދޮރާށި ކަމުގައިވާ ވީ.އައި.އޭ.ގެ މަލަމަތި މުޅިން ބަދަލުކޮށްލާފައިވާ ޗާލު މަންޒަރުތައް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 14:36
ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ދާގޮތް ރައީސް ބައްލަވާލައްވަނީ - ޖަޒީރާވަންތަ ބަދަލުތަކެއް ޓާމިނަލަށް ގެނައުމަށް ވަނީ ނިންމަވާފައި

ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ދާގޮތް ރައީސް ބައްލަވާލައްވަނީ - ޖަޒީރާވަންތަ ބަދަލުތަކެއް ޓާމިނަލަށް ގެނައުމަށް ވަނީ ނިންމަވާފައި

ރާއްޖޭގެ މަތިން ދަތުރުކުރަމުން ގޮސް ތިރި ބަލައިލާއިރު ފެންނަނީ, ކަނޑުގެ ރާޅުބާނިތަކުގެ މެދުން ހިއްލައިލާފައިވާ ދިވެހިރާއްޖޭގެ އިތާމުތްތަކެއްފަދަ ރީތި ރަށްތަކެވެ. ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި، ފެހިކަން ގަދަ ގަސްތަކެވެ. ބީހެމުންދާ ރޯޅިއާއެކު ވިހުރެމުންދާ މި ރާއްޖޭގެ ގައުމީ ގަހުގެ ފަންތަކެވެ. އެ މަންޒަރަކީ ދިވެހި ލޭ ހިނގާ ކޮންމެ ދަރިއެއްގެ ހިތަށް ވެސް ފިނިކަން ގެނުވައިދޭނެ މަންޒަރެކެވެ. ދިވެއްސަކަށް ވީތީ ފަޚުރުވެރިވާނެ އެއް ސަބަބެވެ. ބޭރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއެއްނަމަ، އެއީ އުފާވެރިކަމުގެ ކޮޅެއްވެސް ނެތްފަދަ އިހުސާސްތަކެކެވެ. ދުނިޔެ މަތީގައި ލައްވާފައިވާ ސުވަރުގެއަށް ޒިޔާރަތްކުރެވޭ ކަމުގެ ފޮނި އިހުސާސްތަކެވެ.

ނަމަވެސް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ ޕެސެންޖަރ ޓަރމިނަލް ބިލްޑިންގގެ ކުރީގެ ކުރެހުންތައް ފެނުމުން ސިފަވާނީ މުޅިން ތަފާތު މަންޒަރެކެވެ. ކުރެވެމުންދިޔަ އުފާވެރި އިހުސާސްތަކަށް ނިމުން ގެނެސްދޭނީ، ދިވެއްސަކަށް ވީތީ ފަޚުރުވެރިވާނެ އެއްވެސް ސިފައެއް ނެތް "ބިއްލޫރި" ކޮށްޓެކެވެ. މިއީ ކުރީގެ ސަރުކާރުން ޑިޒައިންކޮށްފައިވާ ޕެސެންޖަރ ޓަރމިނަލް ބިލްޑިންގގެ ކުރެހުންތައް ފެނުމުން ކުރެވޭނެ އިހުސާސެވެ. ފެންނަ ފެނުމަށް ވަރަށް ވެސް ޒަމާނީއެވެ. ދުނިޔޭގެ ހަތަރު ބިތުން ކޮންމެ ގައުމަކަށް ޒިޔާރަތްކުރިނަމަވެސް ފެންނާނީ އެ ފަދަ މަންޒަރުތަކެކެވެ. ކޮންމެވެސް ބަޔަކަށް ކަމުވެސް ހިނގައިދާނެއެވެ. ނަމަވެސް، މިއީ ކޮންމެ ކޮންމެކޮންމެ ގައުމެއް ނޫންކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިއީ ތަފާތު ރާއްޖެއެކެވެ.

ވީ.އައި.އޭ. ތަރައްގީކުރުމުގެ މަޝްރޫއަކީ ކުރީގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. ނަމަވެސް، ދާދި ފަހުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އިން އާންމުކުރި އެ ތަނުގެ ޕެސެންޖަރ ޓަރމިނަލް ބިލްޑިންގގެ އައު ކުރެހުންތަކަކީ ކުރީގެ ސަރުކާރުން ފާސްކޮށްފައިވާ ކުރެހުންތަކެއް ނޫނެވެ. އެކަން "ރާއްޖެ އެމްވީ"އަށް ވަނީ ކަށަވަރު ކުރެވިފައެވެ. އެ ކަން ޔަގީންވާ އަނެއް ސަބަބަކީ، ކުރީގެ ސަރުކާރުން ފާސްކޮށް، ޑިޒައިންކޮށްފައިވާ އެހެން އިމާރާތްތަކާއި ބިނާތަކަށް ނަޒަރު ހިންގައިލުމުން ފެންނަ، އެއްވެސް "ދިވެހިވަންތަ ކަމެއް" ނެތް ފަރުމާތަކުންނެވެ. ފަހުގެ ކުރެހުންތަކުން ފެންނަނީ ރާއްޖޭގެ މައިދޮރާށި ކަމުގައިވާ ވީ.އައި.އޭ.ގެ މަލަމަތި މުޅިން ބަދަލުކޮށްލާފައިވާ ޗާލު މަންޒަރުތަކެވެ. ސިފަވަނީ "ޖަޒީރާވަންތަ" ރާއްޖެއެއްގެ އެއަރޕޯޓަކުން ފެންނާންޖެހޭ މަންޒަރުތަކެވެ. އައު ފަރުމާތަކާއެކު ދިވެހީންގެ ލޯތައް އެ މަންޒަރުތަކަށް އަމާޒުވެ، ހިތްތައް އަތުލައިފިއެވެ. ނަލަކަމުންނެވެ. ރީތިކަމުންނެވެ.

މި ކުރެހުންތަކުގެ ފުނަށް ފީނައިލުމުން އެނގޭ ހަގީގަތަކީ، މިއީ ކުރީގެ ސަރުކާރުން ފާސްކޮށްފައިވާ ކުރެހުންތަކާ މުޅިން ތަފާތު އައު ފަރުމާތަކެއްކަމެވެ. ކުރީގެ ސަރުކާރުން 2016 ވަނަ އަހަރު ވީ.އައި.އޭ. ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، އެ މަޝްރޫއުގެ ކޮންޓްރެކްޓަރ ވަނީ ޕެސެންޖަރ ޓަރމިނަލް ބިލްޑިންގގެ ފަރުމާގެ ތިން ކުރެހުމެއް ހުށަހަޅާފައެވެ. އެ ސަރުކާރުން ނިންމައި ފާސްކުރީ، ބިއްލޫރި ޖަހާފައިވާ "ފަސާޑެއް" ހިމެނޭ "ކޮށިގަނޑެއް"ގެ ސިފައިގައި އެ ތަން ބިނާކުރުމަށެވެ. ބިއްލޫރި ފަސާޑަކީ، ޒަމާނީ ޑިޒައިނެކެވެ. އާންމުކޮށް މި ޒަމާނުގެ އޮފީސް އިމާރާތްތަކުގެ އިތުރުން، ގިނަ ގައުމުތަކެއްގެ އެއަރޕޯޓް ޓަރމިނަލްތަކުން ފެންނަ މަންޒަރެކެވެ.

ނަމަވެސް، ކުރީގެ ސަރުކާރަށްވެސް އެ ޑިޒައިނާމެދު އެންމެ ފުރިހަމައަށް އެއްބަހެއް ނުވެވުނެވެ. އެއީ މި ރާއްޖެއަށް އެންމެ ކަމުދާނެ ޑިޒައިން ނޫންކަން ގަބޫލުކުރެވުނެވެ. އަދި، އެ ޑިޒައިން ބަދަލުކުރުމަށް 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަސައްކަތްކުރިއެވެ. ނަމަވެސް، ޑިޒައިނަށް ބަދަލު ގެނައުމަކީ އިތުރު ޚަރަދުތަކެއް ހިނގާނެ ކަމެއް ކަމުގައި ވާތީ އެ ޚިޔާލު ދޫކޮށްލީއެވެ. ބިއްލޫރި ކޮށިގަނޑުގެ ފަރުމާއާއެކު ކުރިއަށްދާން ނިންމައި، މަސައްކަތް ފެށީއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެއަރޕޯޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ. އެ ތަނުގައި ޕެސެންޖަރ ޓަރމިނަލް ބިލްޑިންގގެ ގޮތުގައި ހަދަން ކުރިން ނިންމާފައިވާ "ކޮށިގަނޑު"ގެ ސިފައަކީ ހިތްޕުޅުހަމަޖެހޭ ފަރުމާއަކަށް ނުވިއެވެ. އަދި، އެ ކަމާ އިސްނަންގަވައިގެން، އެ ތަނުގެ ޑިޒައިން ބަދަލު ކުރުމަށް އިރުޝާދުދެއްވިއެވެ. އެ ތަނުގައި ދިވެހިވަންތަ އެއްވެސް ސިފައެއް ނެތުމުންނެވެ. ޓްވީޓެއް ކޮށްލައިގެން ދިވެއްސަކަށް ވީތީ ފަޚުރުވެރިވެޔޭ ބުނެވޭފަދަ އެއްވެސް ފާޑެއް، ގޮތެއް ވެސް އެ ތަނުގައި ފެންނަން ނެތަތީއެވެ. ދިވެހިރާއްޖޭގެ މައި ދޮރާއްޓަކީ ދިވެހީންނަށް ފަޚުރުވެރިވެވޭފަދަ، ދިވެހިވަންތަ ކަމުގެ ރަމްޒަކަށް ހެދުމުގެ މުހިންމުކަމަށް ދެކެވަޑައިގަތީއެވެ.

ރާއްޖެއަށް ތަރައްގީ ގެނައުމުގައި ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތަކީ "ޖަޒީރާ ރާއްޖެ" ކޮންސެޕްޓެވެ. ރައީސް ބޭނުންފުޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަޚުރުވެރި ތާރީޚާއި އިސްލާމީ ވަހުދަތާއި އާސާރާއި ސަގާފަތް، ރާއްޖޭގެ މައިދޮރާއްޓަށް ނަޒަރު ހިންގައިލާ ކޮންމެ ކަނަކުން ވެސް ފެނުމެވެ. ޖަޒީރާ ރާއްޖޭގެ ރީތި ސިފަތަކާއެކު ދިވެހީންގެ ކުޅަދާނަ ފަންނުވެރިކަން ފެނި، މައިދޮރާށިން އެތެރެވާ ކޮންމެ މީހެއްގެ ހިތަށް އުފާވެރިކަން ގެނެސްދިނުމެވެ. ދިވެހީންގެ ދިވެހިވަންތަކަން ރަމްޒުކޮށްދިނުމެވެ.

މިހާރު ފާސްކޮށްފައިވާ އައު ކުރެހުންތަކުން ފެންނަނީ އެ ތަަަސައްވުރެވެ. ޕެސެންޖަރ ޓަރމިނަލް ބިލްޑިންގގެ ފަސާޑަށް އައު ބައެއް ވަނީ އިތުރުކޮށްފައެވެ. ދުރުން ބަލައިލުމުން ސިފަ ވާނީ ރާޅުބާނީތަކެކެވެ. އަތްވާއި ވާރެއިން ފަސިންޖަރުން ހިމާޔަތްކޮށްދޭން ބޭރުގައި ހަދާ އަސްކަނިން ފެންނަނީ ދިވެހީންގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ފަރުމާއެކެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ބުރަ މަސައްކަތުން، ހިރިގަލުގައި ކަނޑައިނަގައިފައިވާ ރީތި ކުރެހުންތަކުން މިސާލު ނަގައިގެންނެވެ. މާލޭ ހުކުރު މިސްކިތުގެ ފާރުތަކުން ފެންނަ ހިރިގަލުގެ ޒީނަތްތެރިކަމުގެ ފަރުމާތަކުންނެވެ.

ޓަރމިނަލް ބިލްޑިންގގެ މަލަމަތީގެ އިތުރުން، އެ ތަނުގެ އެތެރޭގެ ޑިޒައިނަށް ވެސް ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ތަނުގެ އެރައިވަލް އަދި ޑިޕާޗަރ ހޯލުން ފެނިގެން ދާނީ، ރާއްޖޭގެ ރީތި ރަށެއްގެ ގޮނޑުދޮށުން ފެންނާނޭ މަންޒަރުތަކާއި ކުލަތަކެވެ. އެރައިވަލް ހޯލުން ފެނިގެން ދާނީ، ތުނޑިމަތީން މޫދަށްއެރޭއިރު ފެންނާނެ ކުލަތަކެވެ. އަދި، ޑިޕާޗަރ ހޯލުން ފެންނާނީ، ގޮނޑުދޮށުން ރަށުތެރެއަށް އަރައިގެން އަންނަ ވަގުތު ފެންނާނެ ކުލަތަކެވެ. އެ އިހުސާސްތަކެވެ. އަދި، ޑިޕާޗަރ ހޯލުގައި ހުރެ މައްޗަށް ނަޒަރު ހިންގައިލުމުން ފެންނާނީ ރާއްޖޭގެ ރަށްތައް ދައްކުވައިދޭ، ދިއްލައިލާފައިވާ ޗާޓެކެވެ.

ގައިމުވާ ހަގީގަތަކީ، ވީ.އައި.އޭ.ގެ ޕެސެންޖަރ ޓަރމިނަލް ބިލްޑިންގަށް މި ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ތަނަކީ ދިވެހީންގެ ދިވެހިވަންތަކަމާއި ތަރިކައާއި ސަގާފަތުގެ ރަމްޒަކަށް ބަދަލުކޮށްލާނެ ކަމެވެ. ރައީސް ސޯލިހުގެ މޭސްތިރި ނިންމެވުންތަކާއެކު ތައްޔާރުކޮށް ފާސްކޮށްފައިވާ އައު ފަރުމާތަކާއެކު، އެއަރޕޯޓުން ފެންނާނެ މަންޒަރުތައް ބަދަލުކޮށްލާނެއެވެ. މުޅި އެއަރޕޯޓުގެ ތަސައްވުރަށް "ޖަޒީރާވަންތަ" ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެއެވެ. ޓްވީޓަކުން، ދިވެއްސަކަށް ވީތީ ފަޚުރުވެރިވަމޭ ބުނެ ނިންމައިލުމުގެ ބަދަލުގައި، ދިވެހީންނަކީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަމާމެދު ފަޚުރުވެރިވެވޭނެ، އަދި ފަޚުރުވެރިވާ ބައެއް ކަން، އަމަލާއި ބަހުން ސާބިތުކޮށްދޭނެ ކަމެވެ. ހަމައެކަނި ފަރުމާގެ ކުރެހުންތަކަށް ބަލައިލި ކަމުގައި ވީނަމަވެސް، އެ ކަން ސާބިތުވެ، އެއޮތީ ފެންނާށެވެ.

ޓާމިނަލް އަކީ ކުރީ ސަރުކާރުން ކުރަން އުޅުނު މަސައްކަތެއް ނަމަވެސް، އެ މަސައްކަތަށް ކުރީ ސަރުކާރުން ފަންޑެއް ހަމަޖައްސާފައި ނުވެއެވެ. އަދި އެ މަސައްކަތް ކުރާނެ ފަންޑު ސެކިއުވެސް ކޮށްފައި ނުވެއެވެ. ކުރީ ސަރުކާރުން ހަމައެކަނި ކޮށްފައިވަނީ ރަންވޭގެ މަސައްކަތެވެ. ހަރަދު ހަމަޖެއްސީ ވެސް އެކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ވެލާނާ އެއަރޕޯޓުގެ ފަންޑިން ހަމަޖައްސާ، ފަންޑު ސެކިއު ކުރިއެވެ. އަދި ފަންޑު ހަމަޖައްސާ އެޑެންޑަމްގައި ސޮއިކުރީ ވެސް މި ސަރުކާރުންނެވެ. އަދި އެ މަސައްކަތް އަވަހަށް ނިންމުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވަނީ ކޮށްފައެވެ. ކޮވިޑްގެ ދަތި އުނދަގުލާއެކު ވެސް ރާއްޖޭގެ މައި ދޮރާށީގެ މަސައްކަތް ހުއްޓުމެއް ނެތި، އަދި އެ މަސައްކަތަކީ ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާ މުހިންމު މަސައްކަތަކަށް ވާތީ އެކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނެޓްބޯޅަ އެސޯސިއޭޝަންގެ އަޑުމަޑުވެ، މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް!

ނެޓްބޯޅަ އެސޯސިއޭޝަންގެ އަޑުމަޑުވެ، މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް!

02 ފެބުރުއަރީ 2019
ގިލި ލަންކަންފުށީގައި ހުޅުގަނޑު ފެތުރިގަތީ އެންމެ އަގުބޮޑު ކޮޓަރިން، ބޮޑެތި ގެއްލުމެއް!

ގިލި ލަންކަންފުށީގައި ހުޅުގަނޑު ފެތުރިގަތީ އެންމެ އަގުބޮޑު ކޮޓަރިން، ބޮޑެތި ގެއްލުމެއް!

03 ޖެނުއަރީ 2019
ކަރީނާގެ އަތުގައި ހުރި އަގުބޮޑެތި ތަކެތި އިނގޭތަ؟

ކަރީނާގެ އަތުގައި ހުރި އަގުބޮޑެތި ތަކެތި އިނގޭތަ؟

27 ސެޕްޓެމްބަރު 2018
ބޯހިޔާވަހިކަމަކީ ޖަޒީރާވަންތަކަން ގެއްލުވާލަންކުރާ ޖެއްސުމަކަށް ނަހަދާށެވެ!

ބޯހިޔާވަހިކަމަކީ ޖަޒީރާވަންތަކަން ގެއްލުވާލަންކުރާ ޖެއްސުމަކަށް ނަހަދާށެވެ!

30 ޖުލައި 2018
އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

23 ޖޫން 2018

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު