Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނެޓްބޯލް އެސޯސިއޭޝަން

ނެޓްބޯޅަ އެސޯސިއޭޝަންގެ އަޑުމަޑުވެ، މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް!

ނެޓްބޯލް ކުޅުންތެރިން ޕްރެކްޓިސްކުރާނެ ތަނެއް ނެތް

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2019 | ހޮނިހިރު 11:45
ދިވެހިރާއްޖެ ގައުމީ ނެޓްބޯޅަ ޓީމް ސަރަހައްދީ މުބާރާތެއްގައި ކުޅުނު މެޗެއްގެ ތެރެއިން

ދިވެހިރާއްޖެ ގައުމީ ނެޓްބޯޅަ ޓީމް ސަރަހައްދީ މުބާރާތެއްގައި ކުޅުނު މެޗެއްގެ ތެރެއިން

ނިމިގެންދިޔަ އަހަރުގެ އިންޓަރސްކޫލް ނެޓްބޯޅަ މުބާރާތުގެ ފަހުން ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އެ އެސޯސިއޭޝަންގެ އެއްވެސް މުބާރާތެއް ބާއްވާފައެއްނުވެއެވެ. އެހެން އަހަރުތަކުގައި ކުޅުނު ނެޓްބޯލް އެސޯސިއޭޝަންގެ ޗެމްޕިއަންޝިޕާއި، ޓީޗާރސް އަދި ޕޭރެންޓުންގެ މުބާރާތް އަދި އެންމެ ފޯރިގަދަ މުބަރާތް ކަމަށްވާ ކުންފުނިތަކުގެ މުބާރާތްވެސް ފާއިތުވެދިޔަ އަހަރު ބާއްވާފައެއް ނުވެއެވެ. ސުވާލަކީ ނެޓްބޯޅަ އެސޯސިއޭޝަނަށް ވީ ކިހިނެއް ހެއްޔެވެ؟

ދެހާސް ސަތާރަ ވަނަ އަހަރުގެ ކުރީކޮޅު ނެޓްބޯޅަ ކުޅެން އޮތް ހަމައެކަނި ކޯޓަކީ ސޯޝަލް ސެންޓަރުގެ އައުޓްޑޯ ކޯޓެވެ. ނަމަވެސް އެތަން ވަނީ ފްލެޓްތަކެއް އެޅުމަށް ނަގާފައެވެ. ކުޅޭނެ އިތުރު ތަނެއް ނެތުމުގެ ސަބަބުން އޭރު ނެޓްބޯލް އެސޯސިއޭޝަނުން ހިންގި ވައިޑީޕީ ޕްރޮގްރާމްތައްވެސް އަހަރެއްހާ ދުވަހަށް މެދުކަންޑާލަން ޖެހުނެވެ. އެގޮތުން 500 އަށްވުރެ ގިނަ ކުދިންނާއެކު ހިންގަމުން ދިޔަ ޕްރޮގްރާމް ހުއްޓުމުން ނެޓްބޯޅަ ދިރުވާ އާލަކުރަން ކުރެވެމުން ދިޔަ މަސައްކަތް ހުއްޓުނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނެޓްބޯލް ވައިޑީޕީގެ ކުރީގެ ކޯރޑިނޭޓަރ އަދި ޤައުމީ ޓީމުގެ ކުޅުންތެރިއާ އައިޝަތު ލޫނާ މޫސާ ވިދާޅުވި ގޮތުގައި ނެޓްބޯޅަ މަޑުޖެހި، އެސޯސިއޭޝަން ހިންގުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ދައުރުތަކުގައި އެސޯސިއޭޝަން ބެލެހެއްޓުމުގައި ފަރުވާކުޑަކޮށްފައި ހުރުމުން، ފަހުން އެސޯސިއޭޝަން ހިންގުމާ ހަވާލުވި ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތި ވެފައިވުމެވެ.

ވައިޑީޕީ ނެޓްބޯލްގެ ކުރީގެ ކޯޑިނޭޓާ ލޫނާ މޫސާ

އޭރާއި، މިހާރުގެ ނެޓްބޯޅަ ސިފަ ކުރައްވަނީ ކިހިނެއްތޯ ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ލޫނާ ވިދާޅުވީ، ރާއްޖޭގައި ނެޓްބޯޅަ ކުޅޭހިތްވާ އަދި އެކަމަށް ޝައުގުވެރިވާ ގިނަ ކުދިންތަކެއް އެބަތިބި ކަމަށާއި، ރަނގަޅު ފަރިތަކުރުންތަކާއެކު ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް ކުރި ހޯދިދާނެ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ވުމަށް، އެކަށީގެންވާ ފަރިތަކުރުންތަކާއި، ނެޓްބޯޅަ ހިންގުމަށް ރަނގަޅު ވެރިންތަކެއް މުހިންމުކަން ލޫނާ ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މާލޭގައި އެކަނި ނެޓްބޯޅަ ކުރި އަރުވަން މަސައްކަތް ނުކޮށް، ގައުމީ ފެންވަރެއްގައި އަތޮޅުތެރެވެސް ހިމެނޭ ގޮތަށް ކޯޗުންނާއި، ކުޅުންތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުން މުހިންމުކަންވެސް ލޫނާ ފާހަގަކުރެއްވިއެވެ.

އާންމުކޮށް ކުޅޭނެ ކޯޓެއް ނެތުމުގެ ނަތީޖާއަކަށްވީ، ނެޓްބޯޅަ މުބާރާތްތައް ރާވާ ހިންގުމަށް ގޮންޖެހުންތަކާ ކުރިމަތިވުމެވެ. މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވީ ހަމައެކަނި އެސޯސިއޭޝަންގެ މުބާރަތްތައް ހިންގުމަށް އެކަންޏެއް ނޫނެވެ. ގައުމީ ނެޓްބޯޅަ ޓީމަށްވެސް ގޮންޖެހުންތަކާ ކުރިމަތިވިއެވެ. ޕްރެކްޓިސް ކުރުމަށް އެކަށީގެންވާ ތަނެއް ނެތުމުން ގައުމަށް ފަޚުރު ހޯދައިދޭން ދާން ޖެހުނީ ރޮއެރޮއެ އޮތް ހިތަކައިގެންނެވެ.

ސަރުކާރުން ނެޓްބޯޅަ ކުޅުމަށް އައު ދެ ކޯޓް ވިލާ ކޮލެޖް ކުރިމަތީ އޮންނަ ހުސް ބިމުގައި ހަދައިދިން ނަމަވެސް މާގިނަ ދުވަސްތަކެއްނުވެ އެތަނުން އެއް ކޯޓު ނެގުމަށްފަހު މިހާރު އެތަނުގައި ވަނީ ފުޓްސަލް ދަނޑެއް އަޅާފައެވެ. ކޯޓެއް އެޅިއެއްކަމަކު އެ ކޯޓުގައި ރޭގަނޑު ކުޅެވޭނެ އިންތިޒާމުތަކެއް ނެތެވެ. ދުވަސްތަކަކަށްފަހު ކޯޓުގައި ލައިޓް ހަރުކޮށްދިނީ މިހާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްއާ ބައްދަލުކޮށް، ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ޝަކުވާ ހުށައެޅުމުން ނިމިގެންދިޔަ ޑިސެންބަރު މަހުއެވެ.

ޖޫނިއާ ނެޓްބޯލް ކުޅުންތެރިންތަކެއް

ރާއްޖޭގައި ކުޅިވަރު ކުޅޭ ގިނަ ކުޅުންތެރިންނަކީ ވަޒީފާއަށް ދަމުން ކުޅޭ ކުޅުންތެރިންކަމުން ދުވާލުގެ ވަގުތުތަކުގައި ޕްރެކްޓިސް ކުރުމަކީ ވަރަށް ދަތިކަމެކެވެ. ކޯޓު ދިއްލޭނެ ގޮތެއް ނެތުމުގެ އިތުރުން، ބޭނުންވާ ވަރަށް ޕްރެކްޓިސްކުރުމަށް އިންޑޯ ކޯޓް ނުލިބުމަކީވެސް ކުޅުންތެރިންނަށް ދިމާވެފައިވާ ދަތިކަމެކެވެ.

ސީނިއަރ، ޤައުމީ ނެޓްބޯޅަ ޓީމުގެ ކެޕްޓަން އީމާ އަބްދުއްސައްތާރު ބުނީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ނެޓްބޯޅަ ދަށަށް ދާންޖެހުނު ގިނަ ސަބަބުތަކެއް ހުރިކަމަށް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން އީމާވެސް ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރީ ނެޓްބޯޅަ ދެކެ ލޯބިވާ ހިންގުންތެރިން ނެޓްބޯޅަ ކުރިއަރުވަން ނެތްކަމެވެ. އަދި ހަމަ އެހެންމެ އެކަށީގެންވާ ވަސީލަތްތަކާއިއެކު ރަނގަޅު ފެންވަރުގެ ކޯޓެއް ނެތުންވެސް ބޮޑު ގޮންޖެހުމަކަށް ވެފައި ވާކަމަށް އީމާ ބުންޏެވެ.

ކުރިއައް އޮތްތާނގައި ނެޓްބޯޅަ ދިރުވައި، އާލާ ކުރުމަށް ރާއްޖޭގައި ތިބި ނެޓްބޯޅަ ދެކެ ލޯބިވާ، ނެޓްބޯޅަ ކުޅޭހިތްވާ އަދި ކުޅުމުގެ ހުނަރުހުރި ކުދިންނަށް ހުއްޓުމެއްނެތި ފަރިތަކުރުންތައް ކުރިއަށް ގެންދިއުން މުހިންމުކަމަށްވެސް އީމާ ބުންޏެވެ.

ކުޅުންތެރިންގެ އަގުވަޒަން ކުރުމާއި، ވީހާވެސް ގިނަ މުބާރަތްތަކެއް ބޭއްވުމާއި، ބައިނަލްއަޤުވާމީ މުބާރާތަކުން ވަނައެއް ހޯދުމަށް މަސައްކަތް ކުރުން މުހިއްމު ކަމަށްވެސް އީމާގެ ވާހަކާގައި ފާހަގަކުރިއެވެ.

ގައުމީ ޓީމުގެ ކެޕްޓަންގެ މަޤާމުވެސް އަދާކުރާ އީމާ ބުނީ ރަނގަޅު ޔޫތު ޑިވަލޮޕްމެންޓް ޕްރޮގުރާމެއް ހިންގުން މުހިއްމު ކަމަށާއި، އެއީ އޭނާއަށްވެސް ނެޓްބޯޅައިގެ ތެރެއަށް ވަދެވުނު ގޮތް ކަމަށެވެ. ނެޓްބޯޅައަށް ޝައުގުވެރިވާ ކުޅުންތެރިންނާއި، ކޯޗުން އަދި އަމްޕަޔަރުން ހޯދައި، އެމީހުންނަށް އެކަށީގެންވާ ތަމްރީނުދީ، ވީހާވެސް ގިނަ ބަޔަކު އެކަމުގެ ތެރެއަށް ވެއްދުން މުހިއްމު ކަން އީމާ ތަކުރާރުކޯށް ފާހަގަކުރިއެވެ.

ގައުމީ ނެޓްބޯޅަ ޓީމުގެ ކެޕްޓަން އީމާ އަބްދުއްސައްތާރު

ވަސީލަތްތަކުގެ ގޮތުން ނެޓްބޯޅަ ގޮންޖެހުންތަކެއް ތަހައްމަލް ކުރަމުންދާ މި ދުވަސްވަރަކީ ނެޓްބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދުވަސްވަރެކެވެ. އެސޯސިއޭޝަންގެ ރައީސާ އައިމިނަތް ޝާޒްލީން އިސްތިއުފާ ދެއްވީ ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރ މަހުއެވެ. މި އަހަރުގެ ފުރަތަމަ މުބާރަތް އަދި ނެޓްބޯޅައިގެ އެންމެ ބޮޑު އެއް މުބާރަތް ކަމަށްވާ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރަތް މާރޗް މަހު ފެށުމަށް ހަމަޖެހިފައިވާއިރު މިއަދާއި ހަމައަށްވެސް ނެޓްބޯލް އެސޯސިއޭޝަންގެ އެގްޒެކިޓިވް ކޮމިޓީ އައްޔަން ކުރެވިފައެއް ނުވެއެވެ.

ވަސީލަތްތަކުގެ ދަތިކަމުގެ އިތުރުން ބަޖެޓުގެ ތާށި ކަމަކީވެސް ނެޓްބޯލް އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ދަތިކަމެކެވެ. ޔޫތު މިނިސްޓްރީން އެސޯސިއޭޝަންތަކަށް ކުއާޓާ ތަކަކަށް ބަހާލައިގެން ދޭ ކުޑަ ލާރިކޮޅުން މުބާރަތްތަށް ހިންގައި، އެސޯސިއޭޝަންގެ ބިލްތައް ދެއްކައި، ސްޓާފުންނަށް މުސާރަވެސް ދޭންޖެހެއެވެ. މިކަން މިހެން ހުރުމުން އެކަށީގެންވާ ތަކެތި ހޯދުމާއި، ގައުމީ ޓީމަށް ރާއްޖެއިން ބޭރުން ތަޖުރިބާކާރު ކޯޗުން ގެނައުންވެސް ވަނީ ދަތިކަމަކަށްވެފައެވެ.

ބޭނުންވާ ވަރަށް ކޯޗުންނާއި އަމްޕަޔަރުން ތަމްރީނު ނުކުރެވުމަކީވެސް އެސޯސިއޭޝަނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. ރާއްޖޭގައި މިވަގުތު އިންޓަނޭޝަނަލް ފެންވަރުގެ ހަތަރު އަމްޕަޔަރުން އެބަތިއްބެވެ. އޭގެތެރެއިން ތިން އަމްޕަޔަރުން ވަނީ އިންޓަނޭޝަނަލް މުބާރަތް ތަކުގައި އަމްޕަޔަރުކަން ކޮށްފައެވެ.

މި ހުރިހާ ގޮންޖެހުންތަކަކަށް އޮތް އެންމެ ބޮޑު ހައްލަކީ ކަމާއި ބެހޭ ހުރިހާ ފަރާތްތަކުން މި ކުޅިވަރަށް ދޭ ސަމާލުކަން ދިނުމެވެ. ވިލާ ކޮލެޖު ކުރިމަތީ އޮތް ނެޓްބޯޅަ ކޯޓު ފުޓްސަލް ދަނޑަކަށް ވީ އުސޫލުން، ވަކި ކުޅިވަރުތަކަކަށް ހުރިހާ ވަސީލަތެއް އަމާޒުކުރުމުގެ ބަދަލުގައި ހަމަހަމަކަމާއިއެކު ހުރިހާ ކުޅިވަރުތަކަށްވެސް އިސްކަން ދިނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!

ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!

21 ޖެނުއަރީ 2019
2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގެ އުސްއަލިތައް

2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގެ އުސްއަލިތައް

17 ޖެނުއަރީ 2019
މިއަހަރު ވެސް ބޮލީވުޑްގެ ތަފާތު ގިނަ ފިލްމްތަކެއް ކުރިއަށް

މިއަހަރު ވެސް ބޮލީވުޑްގެ ތަފާތު ގިނަ ފިލްމްތަކެއް ކުރިއަށް

04 ޖެނުއަރީ 2019
އިންތިހާބީ ރައީސް ސޯލިހަށް ކުރިއަށް އޮތީ އުދަނގޫ ދުވަސްތަކެއް!

އިންތިހާބީ ރައީސް ސޯލިހަށް ކުރިއަށް އޮތީ އުދަނގޫ ދުވަސްތަކެއް!

06 އޮކްޓޯބަރު 2018
ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު

ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު

23 އޯގަސްޓު 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު