Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަލިފާނުގެ ހާދިސާ

ގިލި ލަންކަންފުށީގައި ހުޅުގަނޑު ފެތުރިގަތީ އެންމެ އަގުބޮޑު ކޮޓަރިން، ބޮޑެތި ގެއްލުމެއް!

އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2019 | ބުރާސްފަތި 04:21
ގިލި ލަންކަފުށީގެ މޫދު ވިލާތަކެއް، އަލިފާނުގެ ހާދިސާގައި އަނދާފައި

ގިލި ލަންކަފުށީގެ މޫދު ވިލާތަކެއް، އަލިފާނުގެ ހާދިސާގައި އަނދާފައި

މާލެ އަތޮޅުގައި އެޗްޕީއެލް އިން ހިންގަމުންދާ ގިލިލަންކަން ފުއްޓަކީ އެންމެ މަތީފެންވަރުގެ އަދި އެންމެ އަގުބޮޑު އެއް ރިސޯޓެވެ. 45 ރޫމް ހިމެނޭ އެ ރިސޯޓްގައި ހަތް ވައްތަރެއްގެ ރޫމްތައް ހިމެނެއެވެ. އެ ރިސޯޓްގެ މޫދު ވުލާ ތަކަކީ ގެސްޓުންނާއި ރައްޓެހި ގޮތަށް ހަދާފައިވާ ދުނިޔޭގައި ވެސް މަޝްހޫރު ވިލާތަކެކެވެ.

އާ އަހަރުގެ ބަންދަށް މުޅި ރިސޯޓް ފުލުވެފައިވާއިރު، ބުދަ ދުވަހުގެ ރޭ ވެސް ފަތުރުވެރިންނާއި މުވައްޒަފުން ވެސް އާ އަހަރުގެ އުފާ ފާޅުކުރަމުން ދިޔަ އެވެ. ކުއްލި އަކަށް އެންމެން ބިރުވެރިކަމުގެ ތެރެއަށް ވައްޓާލީ، ރޯވި ވަރުގަދަ އަލިފާންގަނޑުގެ ސަބަބުންނެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުަގއި އެންމެ ފުރަތަމަ ރޯވީ "ކްރޫޒޯ ރެޒިންޑެންސް" ނަމަކަށް ކިޔާ ކޮޓަރިއެއްގައެވެ. ހިތްގައިމު ނޫވިލު ތެރޭގައި ހަދާފައިވާ އެ ރިސޯޓްގެ އެންމެ އަގުބޮޑު ވިލާ ވަނީ އަނދައި ހުލިވެފަ އެވެ. އަލިފާނުގެ އެ ހާދިސާގައި މޫދު ހަތް ކޮޓަރި ވަނީ އެއްކޮށް އަނގައިފަ އެވެ.

ކްރުޒޯ ރެޒިޑެންސް - ފޮޓޯ - ޓްރިޕް އެޑްވައިޒާ

ރެއަކަށް 5،000 ޑޮލަރަށް (77،100 ރުފިޔާ) އަށް ދޭ ކްރޫޒޯ ރެޒިންޑެންސްގައި ރޯވިކަން އެނގުނީ ބުދަ ދުވަހުގެ ރޭ 22:30 ގައެވެ. އެ ރޫމް ގައި އަލިފާން ހިފާފައި ވަނީ ކަރަން ޝޯޓެއްގެ ސަބަބުން ކަމަށް ރިސޯޓުން "ރާއްޖެއެމްވީއާ" ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ އަލިފާން ހިފިކަން އެ ރަށު މީހުންނަށް އެންގީ ރަށާއި ކައިރީގައި މަސްބާނަން އުޅުނު ދޯންޏަކުން ކަމަށެވެ. އަލިފާން ރޯވި ކޮޓަރި ހުރީ ހުސްކޮށް ކަމަށް އެ މުވައްޒަފު ބުންޏެވެ.

ވައި ޖެހެމުންދިޔަ ގޮތުން، އެ ރޫމްގައި އަލިފާން ރޯވެ އަލިފާން ގަނޑު މޫދު ކޮޓަރިތަކާ ދިމާއަށް ފެތުރެން ފެށި އެވެ.

''ވައިގެ ސަބަބުން އަލިފާން ކަނި ބުރަންފެށި. ދެން އެ ހިސާބުން އަލިފާން ގަނޑު ފެތުރެން ފެށީ'' އެވަގުތު ސްޓާފް ބޮލޮކް ގައި ހުރި މުވައްޒަފަކު ބުންޏެވެ.

އަލިފާން ފެތުރިގެން ދިޔައީ ބާރު ސްޕީޑެއްގައި ކަމަށާއި ކައިރި ހުރި ރޫމްތަކުގައި ތިބި ގެސްޓުން ރައްކާތެރި ހިސާބަށް ވަގުތުން ގެންދިޔަ ކަމަށް އެ ރިސޯޓުގެ މާކެޓިން މެނޭޖަރު ޓެމީ ގެން "ރާއްޖެއެމްވީ"އަށް ވިދާޅުވިއެވެ.

އަލިފާން ހިފައި ރޯވެ އަނދަމުން ދަނީ

އަލިފާން ނިއްވުމުގައި ހަރާކާތްތެރިވި އެމްއެންޑިއެފްގެ މީހަކާއި ރަށުގެ ދެ މުވައްޒަފަކު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ އެ މީހުންނަށް ދުމުގެ އަސަރު ކުރުމުގެ ސަބަބުންނެވެ. ނަމަވެސް ބޮޑު އަނިޔައެއް އެކަކަށް ވެސް ނުލިބެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގިލި ލަންކަން ފުށީގައި ތިބި ޓޫރިސްޓުން ވަނީ ވަނީ އަދާރަން ހުދުރަންފުއްޓަށާއި ކޯމޯ މާލިފުއްޓަށް ބަދަލުކޮށްފަ އެވެ. އެއްވެސް ޓޫރިސްޓަކަށް އަލިފާނުގެ ހާދިސާގައި އަނިޔައެއް ލިބިފައެއް ނުވެ އެވެ.

މި ހާދިސާ ވެގެން ދިޔައީ ގިނަ ބަޔަކު ސިހުމެއް ގެނައި ހަބަރަކަށް

ރިސޯޓުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް އިން އެ ރަށަށް ގޮސް އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ވަނީ ރޭ ފަތިހު ފަހެއް ޖެހިއިރުއެވެ. ނިއްވާލިއިރު، ހަތް މޫދުކޮޓަރިއެއް ވަނީ އެއްކޮށް އަނދައި ހުލުވެފަ އެވެ.

ރަޝިއާ ޓްޑޭގައި އަލިފާނުގެ ހާދިސާގެ ހަބަރު ރިޕޯޓްކޮށްފައި

މީގެ 20 އަހަރު ކުރިން ހުޅުވި މި ރިސޯޓް އެންމެ ފުރަތަމަ ހިންގަމުން ދިޔައީ ސޮނެވާ އިންނެވެ. އޭގެ ފަހުން ސިންގަޕޫރުގެ އެޗްޕީއެލް ކުންފުނިން ވަނީ އެ ރިސޯޓުގެ ނަން ސޮނެވާ ގިލި ލަންކަން ފުށި އަށް ބަދަލު ކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްޕީޑް ބޯޓުގައި 10 މިނިޓުން ދެވޭ ގިލި ލަންކަން ފުށި ހިމެނިފައިވަނީ އަހަރު ޓްރިޕް އެޑްވައިޒާގެ އެންމެ ގަދަ ފަސް ރިސޯޓްގެ ގޮތަގައެވެ. އަދި ރާއްޖޭގެ އެއް ވަނަ ރިސޯޓްގެ ގޮތުގައި ލިސްޓު ކޮށްފައެވެ. މަޝްހޫރު މި ރިސޯޓްގައި އަލިފާން ރޯވި ހަބަރު ގެނެސްދީފައި ވަނީ ހަމައެކަނި ރާއްޖޭގެ މީޑިއަތަކުންނެއް ނޫނެވެ. މުޅި ދުނިޔޭގެ ސަމާލުކަން އެ ހާދިސާއަށް ލިބިގެންދިޔަ އެވެ. ރަޝިއާގެ މަޝްހޫރު ނޫސް ވެބްސައިޓް ''ރަޝިއާ ޓްޑޭ''ގައި ވެސް ވަނީ އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައެވެ.

އަލިފާނުގެ ހާދިސާގައި ރިސޯޓަށް ލިބުނު ގެއްލުން އަދި ނޭނގެ އެވެ. ނަމަވެސް އެމްއެންޑީއެފުން ބުނި ގޮތުގައި އެ ރިސޯޓަށް "ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ" އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޝިޔާގެ ގައުމުތަކުގައި ތެޔޮއަގުބޮޑުވާތީ އެހެން ގައުމުތަކުން ކަންބޮޑުވާންވީ ކީއްވެ؟

އޭޝިޔާގެ ގައުމުތަކުގައި ތެޔޮއަގުބޮޑުވާތީ އެހެން ގައުމުތަކުން ކަންބޮޑުވާންވީ ކީއްވެ؟

26 ޖޫން 2022
ކޮރަޕްޝަންގެ އިނގިލި ދިއްކުރެވެނީ އަލީ ވަހީދުގެ ބޮލުގައި ތުހުމަތު އެޅުވި މީހުންނަށް!؟

ކޮރަޕްޝަންގެ އިނގިލި ދިއްކުރެވެނީ އަލީ ވަހީދުގެ ބޮލުގައި ތުހުމަތު އެޅުވި މީހުންނަށް!؟

14 އޯގަސްޓު 2020
ބޮޑު ހުޅުގަނޑު ތެރޭގައި ކުރީގެ މެމްބަރު ޤާރީ އެއް ގަޑިއިރާއި 10 މިނެޓް!

ބޮޑު ހުޅުގަނޑު ތެރޭގައި ކުރީގެ މެމްބަރު ޤާރީ އެއް ގަޑިއިރާއި 10 މިނެޓް!

21 ސެޕްޓެމްބަރު 2019
ކަރާ އަގުބޮޑު ވާހަކަ ނުދައްކާތި!

ކަރާ އަގުބޮޑު ވާހަކަ ނުދައްކާތި!

15 އެޕްރީލު 2019
ވިލިނގިލި-ކޫއްޑޫ ބްރިޖު: ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދުގައި!

ވިލިނގިލި-ކޫއްޑޫ ބްރިޖު: ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދުގައި!

02 މާރިޗު 2019

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު