Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަޒީރާ ވަންތަކަން

ބޯހިޔާވަހިކަމަކީ ޖަޒީރާވަންތަކަން ގެއްލުވާލަންކުރާ ޖެއްސުމަކަށް ނަހަދާށެވެ!

ރާއްޖޭގެ ކަންކަން ކުރާންވާނީ ފިތުރަތުގެ ފުރިހަމަ ނިޒާމާއި ޚިލާނުވާހެން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 30 ޖުލައި 2018 | ހޯމަ 08:52
ތިނަދޫގައި އަޅާފައިވާ ފުލެޓްތަކެއް

ތިނަދޫގައި އަޅާފައިވާ ފުލެޓްތަކެއް

އިންޑިއާ ކަނޑުގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މިރާއްޖެއަކީ ޤުދުރަތީ ގޮތުން ގަތާލެވިފައިވާ ހާރެއް ފަދަ ޖަޒީރާ ރަށްތަކެއް އެކުލެވޭ، އެއް ބަހެއް، އެއް ދީނެއް، އެއް ޘަގާފަތެއް އޮންނަ އެއްބައިވަންތަ ޤައުމެކެވެ. އަރަބިންނާއި ފަރަންޖީންވެސް ސިފަކުރާ ގޮތުގައި މިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެވެ. މި ޖަޒީރާ ރަށްތަކުގައި ދިވެހިން ވަޒަންވެރިވެފައިވަނީ ޖެހޭ ވަޔާއި، ދޭ އަތްވާ، ކުރާ ވިއްސާރަ ދެނެގަނެގެންނެވެ. ނަމަވެސް މިއަދު މިރާއްޖޭގެ ރައްޔިތުންނަށް ތަޙައްމަލު ކުރަންޖެހިފައިވާ ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުރިން ދެންނެވި ގޮތަށް ދިވެހިރާއްޖެ އުފެދިފައި އޮތް ގޮތެވެ. ގުދުރަތީ ގޮތުން ދަމާލެވިފައިވާ ހާރެއްފަދަ ރަށްތަކެވެ. ވަކިވަކި އިތާ މުތްތަކެއްގެ ފަދައިން އަމުނާލެވިފައިވާ ހާރުގެ ތެރޭގައި މީހުން ވަޒަންވެރިވެފައިވާ ވަކިވަކި ހިތްގައިމު ރަށްތަކެވެ. ޙަޤީޤަތަކީ އޭގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަދި އެނޫން ވެސް ގޮތް ގޮތުން ގޮންޖެހުންތަކެއް ހުރިކަމެވެ.

އެގޮތުން ބޯހިޔާކަން ފޯރުކޮށްދިނުމުގެ ގޮންޖެހުމުގެ ވާހަކަވެސް އާދެއެވެ. ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި މާލޭ ސަރަހައްދަށް މުޅި ގައުމުގެ ރައްޔިތުން އެއްކޮށް، ތޮއްޖެއްސުމެއް ނޫނެވެ. ހަމަ އެގޮތަށް އެއްފަސް ކުރުމަކީ މި ޖަޒީރާވަންތަ ދިވެހި ރާއްޖޭގެ ހިތްގައިމު، ރަށްތައް ފަޅު ކުރުން ކަމުގައިވެސް ވެގެންނުވާނެއެވެ. ނަމަވެސް އަދުގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ނަމުގައި ގެންގުޅޭ އެއްފަސް ކުރުމުގެ ސިޔާސަތަކީ ރައްޔިތުން ތޮއްޖަސާ، ޖެއްސުން ކުރުމުގެ ސިޔާސަތެކޭ ބުނުމުގެ ޖާގަ ކިތަންމެ ފުޅާކޮށްވެސް އެބަ އޮތެވެ.

ރާއްޖޭގެ މިނިވަން ކަމަށް 53 އަހަރު ފުރުން ފާހަގަކުރުމަށް، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންވި ވައުދާމެދު ވިސްނާލަންޖެހެނީ އެ ސަބަބަށް ޓަކައެވެ. ރިޔާސީ ވައުދަކަސް އެ ވިދާޅުވި ވާހަކަފުޅުން ދޭހަވަނީ ސަރުކާރުގެ ވިސްނުން ހުރީ، ރައްޔިތުން އެއްތަނަށް ޖަމާކޮށް ތޮއްޖައްސާ ޖެއްސުން ކުރުން ކަމަށެވެ. ބޯހިޔާ ވަހިކަމުގެ ވައުދުފުޅެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، ތިން ލައްކަ ފަނަރަ ހާސް މީހުންގެ އާބާދީއަކަށް "ވިލިމާލެ- 2" ތަރައްގީކޮށް، ވިލިމާލެ އާއި މާލެ ގުޅާލުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށެވެ. މައްސަލައެއް ނެތެވެ. ބޯހިޔާވަހިކަން ހުރިހާ ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދޭންވީއެވެ. ނަމަވެސް އޭގެ ކުރިން ހުޅުމާލެގައި ފެށި "ހިޔާ މަޝްރޫޢު" އަކީވެސް އެއް ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ ކަމެއްކަން ހަދާނަށް ގެންނަންޖެހެއެވެ.

ވާހަކައެއް ޤަބޫލުކުރުމުގެ ކުރިން ފެންނާންހުރި ހިސާބުތަކަށް ބަލަންޖެހެއެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭރު ރާއްޖޭގެ އަބާދީ ކަމަށް ހިސާބުތަކުން ދައްކަނީ ތިން ލައްކަ ސާޅީސް އެއްހާސް ތިންސަތޭކަ ފަންސާސް ހަ މީހުންނެވެ. ނަމަވެސް އެ އަދަދު 2016 ވަނަ އަހަރު ހަތަރު ލައްކަ ހަތާވީސް ހާސް ހަތް ސަތޭކަ ފަންސާސް ހަޔަކަށް އަރާނެ ކަމަށް ބައެއް ދިރާސާތަކުން އަންދާޒާކޮށްފައިވެއެވެ.

ހަމައެކަނި މިރާއްޖޭގެ ރައްޔިތުން "ގްރޭޓަރ މާލެ" ކިޔާފައި ސަރަހައްދަކަށް ޖަމާކުރުމުގެ ކުރިން ވިސްނާލަން ޖެހެނީ މިހެންވެއެވެ. މިދައްކަނީ ވިލިމާލެއާ، ހުޅުމާލެއަށް ހަތަރު ލައްކަ ފަނަރަ ހާސް މީހުން ޖަމާކުރާ ވާހަކައެވެ. އާބާދީގެ ނިސްބަތް އިތުރުވިޔަސް މިހާރު ފެންނަން ހުރި ހިސާބުތަކުން ބާކީ ވަނީ ތޭރަ ހާހެއް މީހުންނެވެ. ދެން އެ ރައްޔިތުންވީ ހުރިހާ އަސާސީ ޙައްޤަކުން މަހުރޫމުގެ، އެއްވެސް ކަމެއް ނުވެ ތިބުން ކަމަށްވެދާނެއެވެ.

ގްރޭޓަރ މާލެ ސަރަހައްދަށް 4 ލައްކަ މީހުން ޖަމާކުރާއިރު، ޚާއްސަކޮށް މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދާއިމެދު ވެސް ވިސްނާލަންޖެހެއެވެ. މާލޭ ސަރަހައްދުން 4 ލައްކަ މީހުންނަށް ބޯހިޔާވަހިކަން ދޭން ވިސްނާއިރު، ބިދޭސީން އަދަދުވެސް ލައްކައަށް އަރައެވެ. އެހެންވީމައި މި ސަރަހައްދުގައި އުޅޭ މީހުންގެ އަދަދު ފަސް ލައްކައާ ގާތްކުރީއެވެ. މިހާރުވެސް މާލޭގެ މަގުމަތީގައި ތޮއްޖެހިފައިވާ ވެހިކަލްތަކުން ހިނގާލަން އޮންނަނީ ނުކުޅެދޭ ވަރުވެފައެވެ. ރަށްތައް ގުޅާލުމަކުން ނޫނީ ބްރިޖު އެޅުމަކުން މިކަންކަން ޙައްލެއް ނުވެއެވެ. މިރާއްޖޭގެ ކަންކަން ކުރާންވާނީ ފިތުރަތުގެ ފުރިހަމަ ނިޒާމާއި ޚިލާފު ނުވާނެހެނެވެ.

މާލެ ސަރަހައްދު ތޮއްޖެއްސުމުގެ ބަދަލުގައި ރާއްޖޭގެ އެކި ސަރަހައްދުތައް އެއްފަސްކޮށް ތަރައްޤީކޮށް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުން މާ ރަނގަޅެވެ. އެރަށްތަކުގައި ދިރިއުޅޭ ރަށްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން މާ މުހިތްމެވެ. ޖަޒީރާ ރާއްޖެއެއްގެ ގޮތުގައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ފަދައިން ސަރުކާރުގެ އަމާޒަކީ، "ޖަޒީރާ ދިވެހި ގޮތް ނަގާލައި، ހިއްކި ބިމެއްގެ ހަތަރެސްކަން ގޮޅި އަކަށް ދިވެހިން ގެނެސް އަޅާލައި އެ ބިމުގެ ވެއްޔާއެކީ ހިމުންވެ ހަފުސްވެ ދާ ދިރިއުޅުމަކަށް ދިވެހިންގެ ބޯމަހާލުން" ކަމަށް ވެގެންނުވާނެއެވެ. މިހާރުގެ ސާފު މަންޒަރަށް ބަލާނަމަ ރާއްޖޭގެ އާބާދީ 2050 އާ ހަމައަށް ދާއިރު ހަތްލައްކަ ފަންސާސް ހާހަށްވުރެ މަތިވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މިއާބާދީއަށް އަމިއްލަ ފަސް ގަނޑުގައި ދިރިއުޅެވޭނެ ގޮތެއް ނެތްނަމަ އަނެއްކާވެސް މިއޮތް އިޖްތިމާޢީ މައްސަލަތަކުގެ އަނެއް ބުރު ފެށޭނެއެވެ.

ކާބަފައިން އިންދައި، އާލާކޮށް، ގެންގުޅެ، ފޯރުކޮށްދީފައިވާ ރުއްގަހާއި ގޮވަތިގެދޮރާއި ރިވެތިދިރިއުޅުން، ދޫކޮށް އަވާމެންދުރަށް ހެއްލި އަތްޖަހަމުން މާލެ އަންނާނެ ބަޔަކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅެދާނެކަމީ، ޤަބޫލު ކުރަންޖެހޭ ޙަޤީގަތެކެވެ. ނަމަވެސް އޭގެ ކުރިން ވިސްނާލަންވެސް ޖެހެއެވެ. ސާފުވަޔާއި، އަރާމު ގޮނޑުދޮށްތައް ދޫކޮަށް ކޮތަރު ކޮށީގެ ދިރިއުޅުމަށް އައުމަށް އާއެކޭ ނުބުނުމެވެ.

ބަންޑާރައިން ކުކުޅު ދަތުރު ދިޔައިމައި ހިތުގައިހުރިކަމެއް، ބޭނުންވާ ބޭނުންތަކެއްގެ ވާހަކަ ނުދައްކާ ނުތިބޭށެވެ. ބަންޑާރައިން ދާއިރަށް، ސަފުގައި ތިބެ، ކުރުނީސްކޮށް، އަތްޖަހައި، އަތު އޮތްއެއްޗެއް ކާންދީފައި، ފައިބައިގެންދިޔައިމައި، ބައިބަޔަށް ތިބެ ހިތު ހުރި އުދާސް، އަޑު ހުރިވަރަކުން ބޭރުކޮށް ހިތްހަމަޖައްސާލައިގެން ގެޔަށް ގޮސް ނިތް މައްޗަށް އަތް ވައްޓާލައިގެން އޮތުމަކީ ޙައްލެއް ކަމަށް ނުދެކޭށެވެ.

ގަސްތައް ކަނޑައި، ކުޅިތައް ހިއްކައި، ފަނާކުރުވަނިވި "ތަރައްގީ" އާއި މުޅީން ދުރަށްގޮސް، އޮޔާ ވަޔާ އިދިކޮޅަށް ނުފަތައި، ކަނޑުތަކާއި ފަރުތަކާއި ދިޔަރެހާއި އުދަރެހާއި އެއްކުލައިން ފަރުމާކުރެވޭ ނޫ އިގްތިސާދެއްގައި ތިމާގެ އަމިއްލަ ރަށުގައި ވަޒަނުގައި ހުރުމުން ހިތަށް ލިބޭ ތަސައްލީ އާ ހިތްހަމަ ޖެހުން ބީވެގެންދިޔަ ދޭން މަޖުބޫރުކުރާ ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނީ އޭގައި ގޯސް ނިޔަތެއް އޮވެގެން ކަމަށް ދެކެން ޖެހެއެވެ.

ސަރުކާރުންވެސް ބޯހިޔާވަހިކަމުގެ ނަމުގައި އަވާމެންދުރު ދައްކައިގެން، ޖަޒީރާވަންތަ، މި ރާއްޖޭގެ ހިތްގައިމު ކަނޑު ފަޅުތަކާއި، ވިލުތަކާއި، ވަށައިގެންވާ ހިތްގައިމު، ފަރު ގިރިތަކާއި، ހިތްގައިމު ދޮންވެލި ގޮނޑުދޮށްތަކާއި، ރުއްގަހާއި ގޮއިފާ ލައްބަތަކުން އެކުލެވިގެންވާ ހިތްގައިމު ޖަޒީރާ ރަށްތައް ދޫކޮށް، ދޫކޮށް، ދުމާއި ގެނދަބުޅިއާ ނުލައި ނޫޅެވޭނެ ވަރުގެ އަލިފާން ފޮއްޓަށް ވަންނަން މަޖުބޫރު ކުރުވާ ބޯހިޔާވަހިކަމަކީ ޖަޒީރާވަންތަކަން ގެއްލުވާލަންކުރާ ޖެއްސުމަށް ނަހަދާށެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯހިޔާވަހިކަމަކީ ވައުދެއް! ރިޝްވަތެއް ނޫން!

ބޯހިޔާވަހިކަމަކީ ވައުދެއް! ރިޝްވަތެއް ނޫން!

22 މާރިޗު 2019

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު