Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރާޖީވް ގާންދީ

ރާޖީވް ގާންދީ އަވަހާރަކޮށްލި ހާދިސާގައި ކުށް ސާބިތުވި މީހަކު ސުޕްރީމް ކޯޓުން ދޫކޮށްލައިފި

18 މެއި 2022 | ބުދަ 13:50

1991ގައި ޖަލަށްލީއިރު އޭނާގެ އުމުރުން 19 އަހަރު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 18 މެއި 2022 | ބުދަ 13:50
ޕެރާރިވަލަން

ޕެރާރިވަލަން

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީ އަވަހާރަކޮށްލި ހާދިސާގައި ކުށް ސާބިތުވެފައިވާ މީހަކު އެގައުމުގެ ސުޕްރީމް ކޯޓުން ދޫކޮށްލައިފިއެވެ. އޭޖީ ޕެރާރިވަލަން ދޫކޮލާފައިވަނީ އާޓިކަލް 142ގެ ދަށުން ސުޕްރީމް ކޯޓަށް ލިބޭ ބާރުގެ ދަށުން ކަމަށް ޚަބަރުތައް ބުނެއެވެ. އިންޑިޔާގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ، އޭނާ ދޫކޮށްލީ އޭނާގެ ބަލި ހާލަތަށާއި، ރަނގަޅު އަޚްލާގަށް ބެލުމަށްފަހު ކަމަށެވެ. މީގެއިތުރުން، ބަންދުގައިހުރެ އޭނާވަނީ ކިޔަވައި، މަތި ފާސްތަކެއް ހާސިލްކޮށްފައެވެ. އެހެންކަމުން އެއީވެސް އޭނާ ދޫކޮށްލުމަށް ބާރަކަށް ވިކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.

2015 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަނީ މައާފް ދީ ޖަލުން މިނިވަން ކޮށްދިނުމަށް އެދި އެކި އިދާރާތަކަށް އާދޭސް ހުށަހަޅަމުންނެވެ. އަދި މިއަހަރުގެ މާރޗް މަހު ސުޕްރީމްކޯޓުން އޭނާވަނީ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައެވެ.

ރާޖީވް ގާންދީ އަވަހާރަ ކޮށްލީ 1991 ވަނަ އަހަރުގެ މޭމަހުގެ 21 ވަނަ ދުވަހު ޓެމިލް ނާޑޫގެ އަވަށަކަށް ކުރެއްވި ދަތުރު ފުޅެއްގައި، މީހަކު އަމިއްލަ ހަށިގަޑުގައި ބޮން ހަރުކޮށްގެން ދިން ހަމަލާއެއްގައެވެ. ހަމަލާދިން މީހާ، ދާނޫ ރާޖަރަތިނަމްއަކީ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމްއަށް ނިސްބަތްވާމީހެކެވެ. މިހަމަލާގައި ރާޖީވް ގާންދީއާއި ދާނޫ ހިމެނޭ ގޮތުން 16 މީހުން މަރުވެފައިވާއިރު، 45 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

ހަމަލާއާ ގުޅިގެން ފެށުނު ޝަރީއަތުގައި، އޭރު އުމުރުން 19 އަހަރުގެ އޭޖީ ޕެރާރިވަލަން ހައްޔަރުކުރެވުނެވެ. އެއީ ހަމަލާ ރާވައި ހިންގުމުގައި އިސްކޮށްހުރި ސިވަރަސަންގެ އެދުމަށް، 9 ވޯލްޓްގެ ދެ ބެޓެރި ގަނެދިންކަމުގެ ކުށުގައެވެ. މި ދެ ބެޓެރިއަކީ ރާޖީވް ގާންދީ އަވަހާރަކޮށްލުމަށް ގޮއްވާލި ބޮމުގައި ހަރުކުރި ދެ ބެޓެރި ކަމަށްވެއެވެ. އެއާއެކު ސީބީއައިއިން ވަނީ އޭނާއާދެކޮޅަށް ދައުވާކޮށްފައެވެ.

އެޝަރީއަތް ކުރިޔަށް ގޮސް 1998 ވަނަ އަހަރު ދަށުކޯޓަކުން ޕެރާރިވަލަންއާއެކު 28 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، މީގެ ތެރެއިން 19 މީހުން މިނިވަން ވެފައިވެއެވެ. ބާކީ ތިބި މީހުންގެ ތެރެއިން ޕެރާރިވަލަން ހިމެނޭހެން ހަތަރު މީހެއްގެ މައްޗަށް އިއްވުނު މަރުގެ ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ނިންމިއިރު، އެހެން މީހުންގެ މަރުގެ ހުކުމް ބަދަލުކުރީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށެވެ.

އެކި ގޮތްގޮތުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޕެރާރިވަލަންގެ މަރުގެ ހުކުންވެސް 2014 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
20 ޖޫން 2017

ޓެރަރިޒަމް ވާނީ ޓެރަރިޒަމަށް، ފިންސްބަރީގެ ހަމަލާ ކުށްވެރިކުރަން: ޤަތަރު

20 ޖޫން 2017
ޓެރަރިޒަމް ވާނީ ޓެރަރިޒަމަށް، ފިންސްބަރީގެ ހަމަލާ ކުށްވެރިކުރަން: ޤަތަރު
20 ޖޫން 2017

މުމްބާއީއަށް ހަމަލާ ދިން މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި

20 ޖޫން 2017
މުމްބާއީއަށް ހަމަލާ ދިން މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި
17 ޖޫން 2017

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި
01 ޖޫން 2017

ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި

01 ޖޫން 2017
ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
16 މެއި 2017

އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި

16 މެއި 2017
އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް