Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ100 ކިލޯ ޑްރަގް ކޭސް

100 ކިލޯ ޑްރަގް ކޭސް: ހަމައެކަނި ދެ ބިދޭސީން ބަންދުކޮށްފައި ތިބޭތީ ދައުލަތަށް ސުވާލެއް

18 މެއި 2022 | ބުދަ 11:05

ދައުލަތުން ބުނެފައިވަނީ އެ ދެމީހުން ދޫކޮށްލައިފިނަމަ ފިލައިގެން ދިއުމުގެ އިޙްތިމާލު އޮތްކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މެއި 2022 | ބުދަ 11:05
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ ދެ ބިދޭސީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ.

Advertisement - newsAdvertisement

އެ ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 21 މާރޗު 2022 ގައެވެ. އެ އަޑުއެހުމުގައި އެ ދެމީހުންގެ ވަކީލު އިބްރާހިމް ސިޔާމް ވަނީ މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވުމަށްޓަކައި ބޭނުންވާ ބައެއް އިތުރު ލިޔެކިޔުންތައް ހުރިކަން ފާހަގަކޮށް، މަދުވާ ލިޔެކިޔުންތަކުގެ މައުލޫމާތު ދައުލަތާއި ހިއްސާ ކުރައްވާފައެވެ. އަދި ދައުލަތުންވެސް ވަނީ ދިފާއަށް ދޫކުރެވެން ހުރި ލިޔެކިޔުންތައް 5 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދޫކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީ ވުމުގެ ބައެވެ. އެގޮތުން ދެމީހުންގެ މައްޗަށްވެސް މި މައްސަލައިގައި އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށް ލުމާއެކު، 1 ލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

އެދެމީހުންގެ މައްޗަށް ދައުވާ އިއްވާފައިވާއިރު، ދެމީހުންވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. ވުމާއެކު، ދައުލަތުން ވަނީ ދެމީހުންގެ މައްޗަށް ހެކި ހުށައަޅާފައެވެ.

އެ ދެމީހުންގެ ފަރާތުން ދިފާއީ ހެކި ހުށައެޅުއްވުމަށް ގާޒީ ވަނީ މުއްދަތެއް ދެއްވާފައެވެ. އެއަށްފަހު ދެން ކުރިއަށް ގެންދިޔައީ މި މައްސަލައިގެ ބަންދު މުރާޖައާ އަޑުއެހުމެވެ.

ބަންދު މުރާޖައާގައި ދައުލަތުން ބުނެފައިވަނީ އެ ދެމީހުން ދޫކޮށްލައިފިނަމަ ފިލައިގެން ދިއުމުގެ އިޙްތިމާލު އޮތްކަމަށެވެ.

އޭގެ އިތުރުން، އެ ދެމީހުން ކަފާލާތުގެ ދަށުން ދޫކޮށްލެއްވުމަށް ދިފާއީ ވަކީލު އެދިލައްވާފައިވީނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ބަލާއިރު މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކަކީ ކަފާލާތުގެ ދަށުން ދޫކޮށްލެވޭ ބާވަތުގެ މައްސަލަތަކެއް ނޫންކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ދިފާއީ ވަކީލު އިބްރާހިމް ސިޔާމް ވަނީ ސުވާލެއް އުފައްދަވާފައެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ދިވެހިން ދޫކޮށްލާފައިވާއިރު، ހަމައެކަނި ދެ ބިދޭސީން ބަންދުކޮށްފައި ތިބެނީ ކީއްވެތޯ ދިފާއުން ވަނީ ސުވާލުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، އެމީހުން ދޫކޮށްލައިފިނަމަ ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ އިޙްތިމާލު އެބައޮތް ކަމަށެވެ. އަދި ޤާނޫނީ ގޮތުން ބެލެނިވެރި ފަރާތެއް ނެތް ޙާލަތުގައި އެމީހުން ކޯޓަށް ހާޒިރު ނުކުރެވިދާނެކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ނިންމެވީ މިވަގުތަށް އެމީހުންގެ ބަންދުގެ ޙާލަތަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. ގާޒީ ދީބާނާޒް ވަނީ މި މައްސަލައިގައި ދިފާއުން ހުށައަޅާފައިވާ ހުށައެޅުމުގައި ހިމެނެނީ ހަމައެކަނި އެމީހުންގެ ވާކްޕާމިޓް ކަމަށް ވިދާޅުވެ، އިތުރު ލިއެކިއުންތައް ހުށައަޅުއްވައިފިނަމަ އެމީހުންގެ ބަންދާމެދު ނިންމި ގޮތް ބަދަލު ކުރެއްވުމުގެ ފުރުސަތެއް އޮތްކަމަށް ވިދާޅުވެފައެވެ.

އެމީހުން ރާއްޖޭގައި އުޅެމުންދާއިރު އެމީހުން ތިބީ ކޮން ސްޕޮންސަރޝިޕެއްގެ ދަށުންތޯއާއި، އެމީހުންގެ ޕާސްޕޯޓާއި، ރާއްޖޭގައި ހޭދަކޮށްފައިވާ މުއްދަތާއި، ޑީއެމް މޮބިންގެ ފަރާތުން މީހަކު ޖާމިނު ކުރަން އެދޭއިރު އެއީ އާއިލީ ގޮތުން ކޮން ގުޅުމެއް އޮތް މީހެއްކަން އެނގޭނެ ލިއުމެއް ފަދަ އިތުރު ލިއުންތައް ހުށައަޅައިފިނަމަ، އެ ނިންމެވުމާމެދު އަލުން ވާހަކަ ދައްކައި، އިތުރު ގޮތެއް ނިންމެވުމުގެ ފުރުސަތުވެސް އޮތްކަން ގާޒީ އަމިއްލަފުޅަށް އަޑުއެހުމުގައި ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
05 މާރިޗު 2017

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

05 މާރިޗު 2017
20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް