Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ގޮމޭޒްގެ އަނިޔާ ސީރިއަސް ނުވާނެ ކަމަށް އުންމީދުކުރަން: ކްލޮޕް

18 މެއި 2022 | ބުދަ 03:39

އަނިޔާ ސީރިއަސް ނުވާނެ ކަމަށް އުންމީދު ކުރަަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2022 | ބުދަ 03:39
ލިވަޕޫލްގެ ކޯޗު ކްލޮޕް

ލިވަޕޫލްގެ ކޯޗު ކްލޮޕް

ލިވަޕޫލްގެ ޑިފެންޑަރުން ޖޯސެފް ގޮމޭޒަށް ލިބުނު އަނިޔާއަކީ އެހާ ސީރިއަސް އަނިޔާއަކަށް ނުވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ގޮމޭޒަށް އަނިޔާވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަނާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެއާއެކު އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ޖޯޑަން ހެންޑަސަން ވަނީ ކުޅެން އަރުވާފައެވެ. އޭނާ ބަދަލުކުރީ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މެޗަށް ފަހު ކްލޮޕް ބުނީ ލިވަޕޫލްގެ ނަސީބުވެސް ރަނގަޅީ ކަމަށެވެ. ގޮމޭޒަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް، އަދި މާ ބޮޑު ގޯހެއް ފެންނަން ނެތް ކަމުގައެވެ. މީގެ އިތުރުން ގޮމޭޒް ޑްރެސިން ރޫމުގައި އިން ވަގުތު އޭނާއާ ވާހަދަ ދެކެވުނު ކަމަށާއި، އޭނާ ހުރީ ރަނގަޅު މޫޑެއްގައި ކަމަށް ކްލޮޕް ބުންޏެވެ. އަދި އިތުރު އެއްޗެއް ބުނެވޭނީ އޭނާގެ ފައިގެ ސްކޭނެއް ހެދުމަށްފަހު ކަމަށެވެ.

ރޭގެ މެޗަށް ކްލޮޕް ނެރެފައިވަނީ ޒުވާން ޓީމެކެވެ. ލިވަޕޫލްގެ ފުލް 11 ގެ ބަދަލުގައި ރޭގެ މެޗު ކްލޮޕް ފެށީ 9 ބަދަލަކާއެކުއެވެ. ރޭގެ މެޗުގައި މުޙައްމަދު ޞަލާހާއި، ސަޑިއޯ މާނޭ އަދި ފަދަ މުހިންމު ކުޅުންތެރިން ފެނިފައެއް ނުވެއެވެ. އެފްއޭ ކަޕްގެ ފައިނަލް މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ސަލާހުއާއި ވެންޑައިކު ބަދަލުކުރިއެވެ. ނަމަވެސް ކްލޮޕް ބުނީ މި ދެ ކުޅުންތެރިންނަށް މާބޮޑު އަނިޔާއެއް ނުވާކަމަށާއި، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސަލާހު ވެސް އަދި ވެންޑައިކު ވެސް ފިޓުވާނެކަމަށެވެ.

އޭގެ ކުރިން ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ވޮލްވާހެމްޕްޓަނާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް މި ދެ ކުޅުންތެރިން ފެންނާނެކަމަށް ކްލޮޕް ބުންޏެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް