Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6ގެ ހަމަލާ

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އަނދުން ހުސައިން ސިޔާސީ ޑްރާމާ ކުޅުއްވާކަމުގެ ތުހުމަތު

ކޮމިޓީން ފުރަތަމަ މަޝްވަރާ ކުރައްވާފައިވަނީ 12 މެއި 2022 ގައި ބޭއްވެވި ބައްދަލުވުމުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 މެއި 2022 | އަންގާރަ 07:41
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން ކޮމިޓީގެ ލަފާއަކަށް އެދިފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއިން ދިރާސާކުރުން

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން ކޮމިޓީގެ ލަފާއަކަށް އެދިފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީއިން ދިރާސާކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާ ގުޅުވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ ދެވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ކޮމިޓީން ފުރަތަމަ މަޝްވަރާ ކުރައްވާފައިވަނީ 12 މެއި 2022 ގައި ބޭއްވެވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އަނދުން ހުސައިން ފޮނުއްވާފައިވާ ސިޓީއާއި ގުޅޭގޮތުން ކޮމިޓީގެ ލަފާއަކަށް އެދި ހުށައަޅާފައިވާ މައްސަލަ ވަނީ ދިރާސާ ކޮށްފައެވެ. އާންމު ކޮމިޓީއަށް ހުށައެޅިފައިވަނީ އެ ސިޓީއާ ގުޅިގެން މަޖިލީހުގެ ސެކްރެޓޭރިއޭޓަށް ލަފައެއް އެރުވުމެވެ.

Advertisement - newsAdvertisement

މި ސިޓީގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް އަމާޒުކޮށް، ދީނީ ހަރުކަށި ފިކުރުގެ ބަޔަކުކަމަށް ތުހުމަތު ކުރެވޭ ބަޔަކު ދިން ބޮމުގެ ހަމަލާގެ ފަހަތުގައި އަނދުން ހުސައިންގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ ގޮތަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ރައީސް ނަޝީދު ކުރައްވާފައިވާކަމަށެވެ.

އެގޮތުން ރައީސް ނަޝީދު މި ތުހުމަތުތައް ކުރައްވާފައިވަނީ 8 މެއި 2022ގައި ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ދެއްކެވި ވާހަކަފުޅެއްގައިކަމަށް ވަނީ ވިދާޅުވެފައެވެ.

އަނދުން ހުސައިން ވަނީ އެ ވާހަކަފުޅުތަކަކީ އޭނާގެ ހައްޤުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނާނެފަދަ ވާހަކަތަކެއްކަމަށް ވިދާޅުވެ, އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށައެޅުއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

އަދި މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށައެޅުމަށްޓަކައި 8 މެއި 2022 ވަނަ ދުވަހުގެ 19:01އާ 20:26އާ ދެެމެދު ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވާފައިވާ އެންމެހާ މެސެޖުތަކުގެ ކޮޕީ ލިބޭނެގޮތް ހައްދަވައިދެއްވުމަށް މަޖިލީހުގައި ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި އަނދުން ހުސައިނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ވިދާޅުވީ، ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ރޭވުންތައް ފޮރުވުމުގައި އޭނާ ސަރުކާރަށް ވާގިވެރިވަމުންދާ ކަމަށެވެ.

ކޮމިޓީން ގޮތެއް ނިންމެވުމުގެ ކުރިން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބައްލަވައި، މި މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ކޮމިޓީން އެ ދުވަހު އޮތީ ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން އަންގާރަ ދުވަހު ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، އެފަދަ ގޮތަކަށް މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވާ މެސެޖަކާއި ގުޅިގެން މީގެ ކުރިން މައުލޫމާތު ދެވިފައިވޭތޯ އިދާރީ ގޮތުން ޗެކު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިފަދަ ވަޓްސްއަޕް ގްރޫޕެއް ފުރަތަމަ އުފައްދާފައިވަނީވެސް 19 ވަނަ މަޖިލީހުގައިކަމަށް މަޖިލީހުގެ އަމީންއާންމު މައުލޫމާތު ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޙަސަން ލަތީފް ވަނީ އޭނާގެ އަމިއްލަފުޅު ޚިޔާލުވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަކީ އެއްވެސް ހިފެހެއްޓުމެއް ނެތި މެމްބަރުން ޙިޔާލުފާޅު ކުރައްވަމުންދާ ގްރޫޕެއްކަން ފާހަގަކުރައްވައި ޙަސަން ވިދާޅުވީ، އެ ވާހަކަތައް އާންމުވާން މެމްބަރުން ބޭނުންފުޅު ނުވެދާނެ ކަމަށެވެ. އެހެން ވިދާޅުވަނީ ވަކި މި މައްސަލައާ ގުޅިގެން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޙަސަން ލަތީފް ދެކިވަޑައިގަންނަވާ ގޮތުގައި އެކަމަކީ އެހެން މެމްބަރުންގެ މަސްލަޙަތުވެސް ހިމެނޭނެ ކަމެކެވެ. ވުމާއެކު، ކޮމިޓީން ނިންމުމެއް ނިންމައި، މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ދެކެވުނު ވާހަކަތަކެއް ދޫކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ތަހުޤީޤީ އިދާރާއަކުން ބޭނުންވެގެން ބުނެފިނަމަ، އެ މައުލޫމާތު ދޫކުރުމަށް މަޖިލީހަށް ނިންމިދާނެކަމަށް ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަކީ ތަފާތު އެކި ބާވަތުގެ ވާހަކަތައް ދެކެވޭ ގްރޫޕެއް ކަމަށެވެ. އެގޮތުން ގްރޫޕުގައި ބޭއަދަބީ ބަހުން ވާހަކަ ދެއްކެވުމުން މެމްބަރަކު ގްރޫޕުން ވަކި ކުރެއްވިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މެމްބަރު ޝަހީމް ހުށައަޅުއްވާފައިވާ މައްސަލައިގައި އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބަޔާން ކުރައްވާފައިވާއިރު، އެއީވެސް ކޮމިޓީން ބަލަންޖެހޭ ކަންކަން ކަމަށް ބިގޭ ވިދާޅުވިއެވެ. އެގޮތުން މިއީ މިއަދު އެއް މެމްބަރަކަށް ދިމާވި ކަމެއް ނަމަވެސް، ކޮންމެ މެމްބަރެއްގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ސަމާލުކަން ދޭންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ހުންނެވިފަދަ މަޤާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ އަސާސެއް ނެތް ވާހަކަފުޅެއް ދެއްކެވުމަކީ މެމްބަރު އަނދުން ހުސެއިންގެ ފުރާނައަށްވެސް ނުރައްކަލެއް ކުރިމަތިވެގެން ދިއުމުގެ އިހްތިމާލު އޮތް ކަމެއްކަމަށް އަނދުން ހުސެއިން ހުށައެޅުއްވި މި މައްސަލައިގައި ވިދާޅުވެފައިވެއެވެ.

ބިގޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، މެމްބަރުން މެސެޖު ކުރައްވާނީ އެ މެސެޖެއް އާންމުވެދާނެކަމަށް ބައްލަވައިގެން ނޫން ކަމަށާއި، މެސެޖުތައް އެގޮތަށް ދޫކުރެއްވުމަކީވެސް މެމްބަރުންގެ ޙައްޤަށް އުނިކަމެއް އައިސްދާނެ ކަމެއް ކަމަށެވެ.

ޙަސަން ލަތީފްގެ އެ ވާހަކަފުޅަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ތާއީދު ކުރައްވާފައެވެ. އޭނާވެސް ވަނީ ތަހުޤީޤީ އިދާރާއަކުން އެދިއްޖެނަމަ އެ މައުލޫމާތު ފޯރުކޮށްދިނުން ރަނގަޅުކަމަށް ވިދާޅުވެފައެވެ.

މެމްބަރު ޝިޔާން ވަނީ މިއީ ސިޔާސީ ގޮތުން ކުޅުއްވާ ޑްރާމާއެއްކަމަށްވެސް ވިދާޅުވެފައެވެ.

މެމްބަރު ޝިޔާން ވަނީ މެސެޖުތައް ދޫކުރުމަކީ 3 ވަނަ ފަރާތެއްގެ މަސްލަޙަތު ހިމެނޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެ، ހަމައެކަނި ތަހުޤީޤީ އިދާރާއަކުން އެދިއްޖެނަމަ އެ މައުލޫމާތު ފޯރުކޮށްދިނުމަށް ފެނިވަޑައިގަންނަވާކަމަށް ހުށައަޅުއްވާފައެވެ.

މެމްބަރު ޝިޔާންގެ އެ ހުށައެޅުއްވުން ކޮމިޓީން ފާހެއް ނުވިއެވެ. ވުމާއެކު، މެމްބަރު ޙަސަން ލަތީފް ވަނީ އަނެއްކާވެސް ކޮމިޓީގެ ލަފަޔަކާއި ގުޅޭގޮތުން މެމްބަރުންނަށް ވާހަކަދެއްކެވުމަށް ފުރުސަތު ދެއްވާފައެވެ.

ކޮމިޓީގެ މުޤައްރިރު ތަކުރާރުކޮށް ސުވާލު ކުރެއްވުމުންވެސް ކޮމިޓީގެ މެމްބަރަކު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ވުމާއެކު، އަންގާރަ ދުވަހުގެ ބައްދަލުވުންވެސް ނިމިގެން ދިޔައީ އެ މައްސަލައަށް ވަކި ގޮތެއް ނުނިމިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު