Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނެލް މެސީ

މެސީ އަދި ބާސެލޯނާއަށް ދާނެ ކަމަށް އުންމީދުކުރަން: ޖޯޖް

16 މެއި 2022 | ހޯމަ 05:34

މި ސީޒަނުގައި މެސީ ވަނީ ޕީއެސްޖީއަށް ބަދަލުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2022 | ހޯމަ 05:34
ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނެލް މެސީ ކޮންމެ ވެސް ދުވަހަކުން އަދި ބާސެލޯނާއަށް ދާނެ ކަމަށް އުންމީދު ކުރާކަމަށް އޭނާގެ ބައްޕަ ޖޯޖް މެސީ ބުނެފިއެވެ.

މި ސީޒަނުގައި މެސީ ވަނީ ބާސާ ދޫކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވެފައެވެ. ގިނަ ދުވަސްތަކަކަށްފަހު މެސީ ބާސާ ދޫކޮށްލާފައިވަނީ އެ ކުލަބުގައި މަޑުކުރެވޭނެ ގޮތެއް ނެތުމުންނެވެ. މެސީ އަކީ އެ ކުލަބުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ޓީމަށް 520 މެޗު ކުޅެދީ 474 ލަނޑު ޖަހައިފައެވެ. އަދި މެސީ ވަނީ ބާސާއާއެކު ސްޕެނިޝް ލަލީގާ 10 ފަަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން 7 ފަހަރު ކޮޕާ ޑެލްރޭ އަދި ސުޕަ ކަޕް ކާމިޔާބުކޮށްފައިވެއެވެ. އަދި 4 ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ޔުއެފާ ސުޕަ ކަޕާއި ފީފާ ކުލަބް ވޯލްޑް ކަޕް 3 ފަހަރު ކާމިޔާބުކުރިއެވެ.

މި ސީޒަނަށްފަހު މެސީ ޕީއެސްޖީ ދޫކޮށްލާނެކަމުގެ އަޑުތައް ފެތުރެމުން ދަނިކޮށް ބާސާގެ ރައީސް ބުނީ މެސީ އަނބުރާ އެ ކުލަބަށް ގެނައުމުގެ ވިސްނުމެެއް ނެތް ކަމަށެވެ. ނަމަވެސް ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މެސީއަށްޓަކައި ބާސާގެ ދޮރު އަބަދު ވެސް ހުޅުވިފައި ހުންނާނެކަމާއި، އެ ކުލަބުން މެސީއަށް އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ޓުވިޓާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން މެސީ ބާސާއަށް ބަދަލުވެދާނެތޯ އޭނާގެ ބައްޕަ ޖޯޖް ގާތު އެހުމުން ބުނީ ކޮންމެސް ދުވަހަކުން އެކަން ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މެސީ ޕީއެސްޖީއަށް ބަދަލުވެ މި ސީޒަނުގައި ވަނީ އެ ކުލަބާއެކު ފްރާންސް ލީގު ހޯދައިފައެވެ. މެސީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 25 މެޗުގައި ވަނީ 6 ލަނޑު ޖަހާފައެވެ. މެސީ ވަނީ އޭނާގެ ކެރިއަރުގައި 7 ފަހަރު ބެލެންޑޯ އެވޯޑު ހޯދާފައެވެ. އޭނާ އަކީ އެ އެވޯޑު އެންމެ ގިނަ ފަަހަރު ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
26 ޖެނުއަރީ 2017

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް