Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިއަކީ ކާކު؟ ސަލާހު؟ ޑި ބުރައިނާ؟

14 މެއި 2022 | ހޮނިހިރު 03:37

އަށް ކުޅުންތެރިއަކު ވަނީ ޝޯޓްލިސްޓް ކޮށްފަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 14 މެއި 2022 | ހޮނިހިރު 03:37
އެވޯޑަށް ވާދަކުރާ ކެވިން ޑި ބުރައިނާ: ފޮޓޯ-މެންޗެސްޓަރ ސިޓީ

އެވޯޑަށް ވާދަކުރާ ކެވިން ޑި ބުރައިނާ: ފޮޓޯ-މެންޗެސްޓަރ ސިޓީ

އިނގިރޭސި ޕްރިމިއަރ ލީގުގެ މިސީޒަންގެ އެންމެ މޮޅު ކުޅުންތެރިއަކީ ކާކު ހެއްޔެވެ؟ ސީޒަން ނިމެންދާއިރު ލީގު ޗެމްޕިއަންޓީމްއަކީ ކޮބައިތޯ އުފެދޭ ސުވާލާއެކު ދެން އޮތް އެންމެ ބޮޑު ސުވާލަކީ މިއީއެވެ.

ލީގުގައި އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށްވެސް އަދި ލިވަޕޫލަށްވެސް ބާކީ އޮތީ ދެ މެޗެވެ. ތިން ޕޮއިންޓްގެ ލީޑަކާއެކު އެއްވަނައިގައި އޮތީ ސިޓީއެވެ. ދެ މެޗުން ސިޓީއަށް ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންވެސް ސިޓީއަށް ލީގު ލިބިދާނެއެވެ. ލިވަޕޫލްއަށް ފުރުޞަތު އޮތީ ސިޓީ ބަލިވެގެންނެވެ. ލީގަށް ވާދަކުރާ ދެޓީމުންކުރެ ކޮންމެ ޓީމަކުން ދެ ކުޅުންތެރިން އަންނަނީ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރަމުންނެވެ.

ސިޓީން އެވޯޑަށް ވާދަކުރަނީ މިޑްފީލްޑަރ ކެވިން ޑި ބުރައިނާއާއި, ޑިފެންޑަރ ކާންސޭލޯއެވެ. ލިވަޕޫލުން ވާދަކުރަނީ ފޯވާޑް މުޙައްމަދު ސަލާހުއާއި, ކަނާތު ބެކް 23 އަހަރުގެ އަލެގްޒެންޑަރ އާނޯލްޑްއެވެ. އެހެން ޓީމްޔަކުން އެވޯޑަށް ވާދަލުރަނީ ވެސްޓްހޭމްގެ ވިންގަރ ބޮވެން, އާސެނަލްގެ ފޯވާޑް ބުކާޔޯ ސާކާ, ޓޮޓެންހަމްގެ ފޯވާޑް ސޮން, ސައުތްހެމްޓަންގެ ކެޕްޓަން ޖޭމްސްއެވެ. މީގެތެރެއިން އެވޯޑަށް އެންމެ ބޮޑަށް ވާދަކުރާނެކަމަށް ބެލެވެނީ މީގެކުރިން މިއެވޯޑް ހޯދާފައިވާ ސިޓީގެ ޑި ބުރައިނާއާއި, ލިވަޕޫލްގެ ސަލާހުއެވެ.

ސަލާހު ހުރީ ލީގުގެ ލަނޑު ލިސްޓްގެ ކުރީގައެވެ. އޭނާ ރަންބޫޓްގެ ލިސްޓްގެ ކުރީގައި ހުރީ 22 ގޯލް ޖަހައިގެންނެވެ. އެކަމަކު ލަނޑެއްގެ ފަރަޤަކާއެކު ޓޮޓެންހަމްގެ ސޮން ދެވަނައިގައި ހުރުމުން ރަންބޫޓް އަދި ޔަޤީނެއް ނޫނެވެ. ޑި ބުރައިނާ ވަނީ ސީޒަންގައި 15 ގޯލް ޖަހާފައެވެ. އޭގެތެރޭގައި އެންމެ ފަހުން ވުލްވްސް ކޮޅަށް ޖެހި ހަތަރު ލަނޑު ހިމެނެއެވެ. 15 ގޯލް ޖެހުމުގެ އިތުރުން ހަތް ގޯލް ޖަހަން ފުރުޞަތު ފަހިކޮށްދިނެވެ. މިދިޔަ ސީޒަންގައި އެވޯޑް އުފުލާލީ ސިޓީގެ ޑިފެންޑަރ ރުބެން ޑިއާސްއެވެ. އެކަމަކު މިސީޒަންގައި އަނިޔާގެ ސަބަބުން އޭނާއަށް މެޗުތަކެއް ގެއްލުނެވެ.

އެވޯޑް ލިބޭ ކުޅުންތެރިއެއް ކަނޑައަޅާނީ ޓީމްތަކުގެ ކެޕްޓަނުންނާއި, ޕެނަލިސްޓުންގެ އިތުރުން ޢާއްމު ވޯޓުންނެވެ. ޢާއްމު ވޯޓް ދެނީ ޕްރިމިއަރ ލީގު ވެބްސައިޓް މެދުވެރިކޮށެވެ.

ޕްރިމިއަރ ލީގުކެވިން ޑި ބްރޭނާމުހައްމަދު ސަލާހު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް