Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ

އޮޅުވާލައިގެން ހޯދާ ފައިސާ ގިނަ ފަހަރު ޖަމާކުރަނީ އަތޮޅުތެރޭ އެކައުންޓަކަށް: ފުލުހުން

13 މެއި 2022 | ހުކުރު 03:52

މި ދުވަސްކޮޅު އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފަސް ޓްރެންޑެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 މެއި 2022 | ހުކުރު 03:52
އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ހަސަން

އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ހަސަން

އޮޅުވާލައިގެން ނަގާ ފައިސާ ގިނަ ފަހަރު ޖަމާކޮށްފައި ހުންނަނީ އަތޮޅުތެރޭގެ އެކައުންޓުތަކަށް ކަން ތަހުޤީޤުތަކުން ފާހަަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި މާފަންނު ޕޮލިސްގެ އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ހަސަން ވިދާޅުވީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުގައި އާއްމުކޮށް އަތޮޅުތެރޭގެ ބޭންކް އެކައުންޓަކަށް އެ ފައިސާ ޖަމާކޮށްފައި ހުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ތަހުޤީޤުތަކުގައި ދެކުނާއި އުތުރުގައި ވެސް މިގޮތަށް ފާހަގަ ކޮށްލެވޭ ރަށްތަކެއް އެބަހުރި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ރަށްތަކާ ގުޅޭ އިތުރު ތަފްސީލެއް އިބްރާހިމް ނުދެއްވައެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ 2020 ވަނަ އަހަރުގެ ލޮކްޑައުންއާއެކު އެކި ގޮތްގޮތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވިކަން ފާހަގަކުރެވޭ ކަމަށެވެ. އޭގެ ގިނަ އަދަދެއްގެ މައްސަލަތައް ފުލުހަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ބައެއް މައްސަލަތުގައި ފައިސާ އަނބުރާ ހޯދިފައިވާ ކަމަށާއި އަތޮޅުތެރޭގެ އެކައުންޓްތަކަށް އޮޅުވާލައިގެން ހޯދާ ފައިސާ ޖަމާކުރުމުގެ ސަބަބުން ތަހުޤީޤުތައް ކުރިއަށްގެންދަން ދަތިތަކާ ދިމާވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 15 ޓްރެންޑެއް ފާހަގަކުރެވިފައިވާއިރު މި ފަހުން ބޭނުން ކުރަމުން ދަނީ ފަސް ޓްރެންޑެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެޗްޑީސީގެ ނަމުގައި ފްލެޓް ލިބިއްޖެ ކަމަށް ބުނެ މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ގަލޮޅު ޕޮލިސްގެ އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިސްމާއިލް ވިދާޅުވީ އެޗްޑީސީގެ ނަމުގައި ފްލެޓް ލިބުނުކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގައި ފްލެޓަކަށް ކުރިމަތި ނުލާއިރު ވެސް ފައިސާ ދައްކާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށާއި ކުރިމަތި ނުލާ އެއްވެސް ކަމެއްގައި މީހަކު ފައިސާ ހޯދަން ގުޅައިގެން ފައިސާ އަދި އެމީހާގެ ޒާތީ މައުލޫމާތާއި އެކައުންޓުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އޭނާ އެދިލެއްވިއެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގައި އެކެއްގެ ނަންމަތީގައި ގިނަ އަދަދެއްގެ ސިމް ނަގާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ސިމްތައް ގިނަ ފަހަރު ނަގާފައި ހުންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއް ނުވަތަ ރާއްޖޭގައި ނެތް ބިދޭސީއެއްގެ ނަންމަތީގައި ކަމަށެވެ. މީގެ ސަބަބުން ތަޙުޤީޤު ކުރިއަށްގެންދާން ދަތިތަކާ ދިމާވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ފުލުހުން ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގައި ވީހާވެސް އަވަހަށް ބޭންކަށް ގުޅައި އެކަން ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ފުލުހުންނަށް ވީހާވެސް އަވަހަށް އެ މައްސަލަ ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!
23 ޑިސެމްބަރު 2025

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!
21 ޑިސެމްބަރު 2025

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް