ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 23:24
ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހަ
ފަލަސްތީނުގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހަ
އަލްޖަޒީރާ
އަލްޖަޒީރާގެ ނޫސްވެރިޔާގެ މަރު
އަލްޖަޒީރާގެ ނޫސްވެރިޔާ މަރާލީ އިސްރާއިލުން، އެމައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގުކުރަން ޖެހޭ: ފަލަސްތީންގެ ރައީސް
 
އެމެރިކާއިންވެސް ވަނީ މިކަން ކުށްވެރިކޮށް އެކަމުގެ ތަހުގީގެއް ހިންގަންޖެހޭނެ ކަމަށް ބުނެފައި
 
ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވަނީ މިކަމުގެ ތަހުގީގެއް ކުރަން އެގައުމުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ދާނެ ކަމަށް ވިދާޅުވެފައި
 
ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީގެ މަރުގެ ޒިންމާ އިސްރާއިލް ސަރުކާރުން ފުރިހަމައަށް ނަގަންޖެހޭނެ ކަމަށް ފަލަސްތީންގެ ރައީސް ވިދާޅުވި

އަލްޖަޒީރާގެ ނޫސްވެރިޔާ މަރާލީ އިސްރާއިލުން ކަމަށާއި އެކަމުގެ ބައިނަލްއަގުވާމީ ތަހުގީގެއް ކުރަންޖެހޭ ކަމަށް ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

ފަލަސްތީންގެ ރައީސް ވަނީ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުންދިޔަ އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީގެ މަރުގެ ޒިންމާ އިސްރާއިލް ސަރުކާރުން ފުރިހަމައަށް ނަގަންޖެހޭނެ ކަމަށް ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ މަރުވެފައި ވަނީ ބުދަ ދުވަހު އިސްރާއިލްގެ ސިފައިން ޖެނިންގައި ދިން ހަމަލާތަކެއްގައި އޭނާގެ ބޮލަށް އެރި ވަޒަނެއްގެ ސަބަބުންނެވެ. ޝީރީން މަރާލިކަމުގެ ތުހުމަތު އަލްޖަޒީރާ އަދި ގަތަރުން ވަނީ އިސްރާއިލަށް ކޮށްފައެވެ.

ޝިީރީންގެ މަރާ ގުޅިގެން ހިތާމަކުރާކަމަށް ބުނެ އިސްރާއިލުން ވަނީ އޭނާ މަރުވެފައި ވަނީ ފަލަސްތީންގެ މީހެއްގެ ބަޑިން ދިން ހަމަލާއެއްގައި ކަމަށް އެކަށީގެންވާ ކަމަށް ބުނެފައެވެ. އެގައުމުން ވަނީ ފަލަސްތީނާއެކު ގުޅިގެން ޖޮއިންޓް ތަހުގީގެއް ކުރިއަށް ގެންދަން ހުށަހަޅައި ޝީރީންގެ ބޮލަށް އެރި ވަޒަން، އިތުރު ތަހުގީގުކުރުމަށް އެގައުމަށް ދިނުމަށް އެދިފައެވެ.

މިކަމާ ގުޅިގެން ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވަނީ އިސްރާއިލްގެ ހުށަހެޅުމަށް އެގައުމުން ނޫނެކޭ ބުނާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ނޫނެކޭ ވިދާޅުވެފައި މިވަނީ ޝީރީންގެ މަރަކީ އިސްރާއިލް ސިފައިންގެ ސަބަބުން ހިނގި ކަމަކަށް ވެފައި އެގައުމުން އިސްރާއިލަށް އިތުބާރު ނުކުރާތީ ކަމަށް ވިދާޅުވެފައެވެ.

ފަލަސްތީނުގެ ރައީސް ވަނީ މިކަމުގެ ތަހުގީގެއް ކުރަން އެގައުމުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ދާނެ ކަމަށް ވިދާޅުވެފައެވެ.

އިސްރާއިލްގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓްވެސް ވަނީ ފަލަސްތީނުން ޖޮއިންޓް އިންވެސްޓިގޭޝަނަށް ނޫނެކޭ ބުނެފައިވާކަން ކަށަވަރުކޮށްދީފައެވެ.

އަލްޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ޝީރީން އަބޫ އަޚްލީހަށް އިސްރާއީލުގެ ސިފައިން ހަމަލާދީފައިވަނީ މަސައްކަތުގައި އުޅެމުންދަނިކޮށެވެ. އޭނާއަށް ހަމަލާ އަމާޒުވި އިރު އޭނާ ހުރީ ނޫސްވެރިއެއްކަން އެނގޭ ގޮތަށް ޕްރެސް ޖެކެޓްވެސް އަޅައި ބޮލުގައި ހެލްމެޓްވެސް އަޅައިގެންނެވެ.

ނޫސްވެރިޔާގެ މަރު ބައިނަލްއަގުވާމީ ގައުމުތަކާއި އަރަބި ގައުމުތަކުން ކުއްވެރިކޮށްފައިވާއިރު، އެމެރިކާއިންވެސް ވަނީ މިކަން ކުށްވެރިކޮށް އެކަމުގެ ތަހުގީގެއް ހިންގަންޖެހޭނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް
13 މެއި 2022 | ހުކުރު 01:49
އަހަންމާ
އިސްރާއީލާއި ދެކޮޅަށް ކުރެވޭނެ ބައިނަލް އަގުވާމީ ތަހުގީގެއް ނޯންނާނެ....