Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން

ޖަލުތައް ބޮޑު ކުރަން ޖެހޭ: ރައީސް ޔާމީން

11 މެއި 2022 | ބުދަ 07:49

ފަނޑިޔާރުން ކުރައްވާ ކަންކަމާ ފާޑު ކިޔެންޖެހޭކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މެއި 2022 | ބުދަ 07:49
ޕީޕީއެމްގެ ކެމްޕޭން ޙަރަކާތެއްގައި ރައީސް ޔާމީނު ވާހަކަފުޅުދައްކަވަނީ

ޕީޕީއެމްގެ ކެމްޕޭން ޙަރަކާތެއްގައި ރައީސް ޔާމީނު ވާހަކަފުޅުދައްކަވަނީ

ޖަލުތައް މިހާރަަށްވުރެ ބޮޑުކުރަން ޖެހޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކެމްޕޭން ޙަރަކާތެއްގައި އަންގާރަ ދުވަހު ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، މިއަދުގެ ސަރުކާރުންވެސް ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީނު ވިދާޅުވީ، މި ސަރުކާރުގައި އެއްވެސް ކަމެއް އަދުލުގެ މިންގަނޑުން ފަނޑިޔާރުން ނިންމެވުމަށް ދޫކޮށްނުލާކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ ތެރޭގައިވެސް އެ ފަނޑިޔާރަކަށް ކުރެވޭ ކަންކަމާމެދު ވިސްނާވަޑައިގަންނަވަން ޖެހޭ ފަރާތްތައް އެބަތިބި ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެ މާއްދާއަށް ބަދަލު ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަނޑިޔާރުން ކުރައްވާ ކަންކަމާ ފާޑުކިއުމާއި، އެ ވާހަކަތައް ނޫސްތަކުން ލިއުމާއި، ރައްޔިތުންނަށް އެ އަޑު އިއްވުމަކީ ކުރަންޖެހޭ ކަންކަންކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެއްވެސް ފަނޑިޔާރަކީ އަދުލު އިންސާފު އެއްކިބާ ކޮށްފައި ސަރުކާރުތަކުން ބޭނުންވާގޮތަށް ކަންކަން ކުރައްވަން ތިއްބަވާ ބައެއް ނޫންކަމަށްވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ މުޤައްދަސްކަން ދައްކުވައިދޭން ޖެހޭނީ އެ ފަނޑިޔާރުން ކުރައްވާ ޙުކުމުންނެވެ. އެއީ ރައްޔިތުންނަށްވެސް އިންސާފުވެރި ޙުކުމެއްގޮތުގައި ފެންނަންޖެހޭކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެ ވާހަކައިގެ ތެރެއިން ރައީސް ޔާމީނު ވަނީ ބައެއް ފަނޑިޔާރުންނަށްވެސް އިންޒާރު ދެއްވައި، ޖަލުތައް މިހާރަށްވުރެ ބޮޑުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރުންނާ ބެހޭ ގޮތުން ވާހަކަ ދެކެވެންވާނެ ކަން ފާހަގަކުރައްވާ ރައީސް ޔާމީނު އިތުރަށް ވިދާޅުވީ، ފަނޑިޔާރުގެއާއި ފަނޑިޔާރުންގެ މުޤައްދަސްކަން ކަމަށް ބަޔާންކޮށް އެ ވާހަކަތައް ނުދެއްކޭ ގޮތަށް ޤާނޫނުގައި ލިޔެފައި އޮތް އޮތުމަކީ ބޮޑު ގޯހެއްކަމަށެވެ.

ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ގޮވުން ހުއްޓުވުމާއި ގުޅޭ ޤަރާރަކީ ތަންފީޒު ކުރެވިގެންވާނެ ޤަރާރެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.

އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާކަން ބަޔާން ކުރައްވައި، ރައީސް ޞާލިޙު އެ ޤަރާރު ނެރުއްވާފައިވަނީ 21 އޭޕްރީލް 2022 ގައެވެ.

ރައީސް ޞާލިޙު އެގޮތަށް ޤަރާރު ނެރުއްވުމާއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގެންދަނީ އިންޑިޔާ އައުޓް ލިޔުމުގައި އަކުރުތައް ބަދަލުކޮށްގެން އަނެއްކާވެސް ގޭއްގޭގައި ބެނަރތައް ހަރުކުރަމުންނެވެ.

ރައީސް ޔާމީންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް