Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަރަޑޯނާގެ ޖަރޒީ ރެކޯޑު އަގަކަށް ވިއްކާލުން

މަރަޑޯނާ ވޯރލްޑް ކަޕުގައި ކުޅުނު ޖަރޒީއެއް 7.1 މިލިއަން ޕައުންޑަށް ވިއްކާލައިފި

މިއީ އެތުލީޓެއްގެ ޖަރޒީއެއް މިހާތަނަށް ވިއްކާލި އެންމެ ބޮޑު އަގު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 މެއި 2022 | ބުދަ 17:10
ރެކޯޑު އަގަކަށް ވިއްކާލި، މަރަޑޯނާގެ ޖަރޒީ

ރެކޯޑު އަގަކަށް ވިއްކާލި، މަރަޑޯނާގެ ޖަރޒީ

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑު ޑިއެގޯ މަރަޑޯނާ 1986 ވަނަ އަހަރުގެ ވޯރލްޑް ކަޕުގައި ކުޅުނުއިރު ލައިގެން ހުރި ޖަރޒީއެއް 7.1 މިލިއަން ޕައުންޑަށް ވިއްކާލައިފިއެވެ.

މިއީ އެތުލީޓެއްގެ ޖަރޒީއެއް މިހާތަނަށް ވިއްކާލި އެންމެ ބޮޑު އަގެވެ. ރެކޯޑު އަގަކަށް ވިއްކާލާފައިވާ މި ޖަރޒީއަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުގައި އިންގްލެންޑާއި އާޖެންޓީނާ ބައްދަލުކުރި ކުއާޓަރ ފައިނަލް މެޗުގައި މަރަޑޯނާ ލައިގެން ހުރި ޖަރޒީއެވެ. އުމުރުން 25 އަހަރުގައި މަރަޑޯނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި އާޖެންޓީނާ މޮޅުކޮށްދީގެން އެފަހަރުގެ މުބާރާތުން އިންގްލެންޑު ކަޓުވާލާފައެވެ.

މި ޖަރޒީ ޚާއްސަވަނީވެސް ސަބަބުތަކަކާލައިގެންއެވެ. މި މެޗުގައި މަރަޑޯނާ ވަނީ ދެލަނޑު ޖަހާފައެވެ. އެއީ ދުނިޔޭގެ ފެންވަރުގައި އަދިވެސް ނަން މަޝްހޫރުކޮށް ފާހަގަކުރާ ދެލަނޑެވެ. އޭގެ ތެރެއިން ފުރަތަމަ ލަނޑު މަޝްހޫރުވެފައި ވަނީ "ހޭންޑް އޮފް ގޯޑް ގޯލް"ގެ ނަމުންނެވެ. އެލަނޑު މަރަޑޯނާ ޖެހީ މަތިމަތިން އައި ބޯޅައަކަށް އިންގްލެންޑުގެ ކީޕަރު ޕީޓާ ޝިލްޓަން ފުންމާފައިވަނިކޮށް މަރަޑޯނާގެ އަތުން ޖަހައިގެންނެވެ.

ދެވަނަ ލަނޑަކީ ދަނޑުގެ މެދުތެރެއިން ބޯޅަ ހޯދައި، އިންގްލެންޑުގެ މުޅި ޑިފެންސްލައިން ބީޓް ކުރުމަށްފަހު މަރަޑޯނާ ޖެހި ލަނޑެކެވެ. މި ލަނޑު ވަނީ ފީފާގެ ގޯލް އޮފްދަ ސެންޗުރީއަށްވެސް ހޮވިފައެވެ.

މި މެޗަށްފަހު މަރަަޑޯނާ ވަނީ އޭނާގެ ޖަރޒީ އިންގްލެންޑުގެ މިޑްފީލްޑަރު ސްޓީވް ހޮޖްއާއެކު ބަދަލުކޮށްފައެވެ. އުމުރުން 60 އަހަރުގައި 2020 ވަނަ އަހަރު މަރަޑޯނާ މަރުވުމުން, ޓޮޓެންހަމަށްވެސް ކުޅުނު 59 އަހަރުގެ ސްޓީވް ބުނީ އެޖަރޒީ ނުވިއްކާނެ ކަމަށެވެ. ނަމަވެސް ނިމުނު އޭޕްރިލް މަހުގައި އޮތް އޯކްޝަނެއްގައި އެޖަރޒީ ވަނީ ވިއްކާލާފައެވެ.

ޑިއެގޯ މަރަޑޯނާ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2022

މަރަޑޯނާ "ހޭންޑް އޮފް ގޯޑް" ލަނޑު ޖެހި ބޯޅަ ވިއްކާލަނީ

14 އޮކްޓޯބަރު 2022
މަރަޑޯނާ "ހޭންޑް އޮފް ގޯޑް" ލަނޑު ޖެހި ބޯޅަ ވިއްކާލަނީ
26 ޖޫން 2022

އިހުމާލުވުމުގެ ދައުވާ، މަރަޑޯނާގެ މެޑިކަލް ޓީމުގެ މައްޗަށް އުފުލައިފި

26 ޖޫން 2022
އިހުމާލުވުމުގެ ދައުވާ، މަރަޑޯނާގެ މެޑިކަލް ޓީމުގެ މައްޗަށް އުފުލައިފި
08 އެޕްރީލު 2017

ނިއު މެޗަކީ މާލޭ ލީގުގައި ވެލެންސިއާ ކުޅުނު އެންމެ ރަނގަޅު މެޗު: ފެސްކޯ

08 އެޕްރީލު 2017
ނިއު މެޗަކީ މާލޭ ލީގުގައި ވެލެންސިއާ ކުޅުނު އެންމެ ރަނގަޅު މެޗު: ފެސްކޯ
07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
20 މާރިޗު 2017

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު