Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
"ހޭންޑް އޮފް ގޯޑް" ލަނޑު

މަރަޑޯނާ "ހޭންޑް އޮފް ގޯޑް" ލަނޑު ޖެހި ބޯޅަ ވިއްކާލަނީ

މިހާތަނަށް ކުޅުންތެރިއެއްގެ ޖާޒީ އެންމެ އަގުބޮޑުކޮށް ވިއްކާލާފައިވަނީ 10.1 މިލިއަން ޑޮލަރަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2022 | ހުކުރު 10:56
އިންގްލެންޑާއި ދެކޮޅަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން މަރަޑޯނާ

އިންގްލެންޑާއި ދެކޮޅަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން މަރަޑޯނާ

"ހޭންޑް އޮފް ގޯޑް"ގެ ނަމުން މަޝްހޫރުވެފައިވާ އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއެގޯ މަރަޑޯނާ ލަނޑު ޖެހި ބޯޅަ ނީލަމުގައި ވިއްކާލުމަށް ނިންމައިފިއެވެ.

މި ބޯޅަ ވިއްކާލުމަށް ހަމަޖެހިފައިވަނީ ލަންޑަނުގައި ހުންނަ ގްރަހަމް ބަޑް އޯކްޝަންގައެވެ. ބިޑް ކުރުމަށް ފުރުސަތު ހުޅުވާލާނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް މި ބޯޅަ ގަންނަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28ން ފެށިގެން އޮންލައިންކޮށް ނީލަމުގައި ރަޖިސްޓަރވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެެވެ. ބިޑު ކުރުން ފަށަން ހަމަޖެހިފައިވަނީ 3.4 މިލިއަން ޑޮލަރުންނެެވެ.

ހޭންޑް އޮފް ގޯޑުގެ ނަމުން މަޝްހޫރުވެފައިވާ މި ލަނޑު މަރަޑޯނާ ޖެހީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު ކުއާޓާ ފައިނަލް މެޗުގައެވެ. މި ލަނޑަކީ އެމެޗުގައި އިންގްލެންޑުގެ ގޯލު އޭރިއާތެރެއިން ފުންމައިގެން އަރާ އަތުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މަރަޑޯނާ ކާމިޔާބުކުރި ލަނޑެކެވެ.

ކުއާޓާ ފައިނަލުގައި 2-1ން އިންގްލެންޑުގެ މައްޗަށް އާޖެންޓީނާ ކުރިހޯދި މި މެޗުގައި މަރަޑޯނާ ވަނީ ދެލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން މަރަޑޯނާގެ ދެވަނަ ލަނޑު ޖެހީ އިންގްލެންޑުގެ ފަސް ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކީޕަރު ޕީޓަރ ޝިލްޓަން ކައިރިންވެސް ބޯޅަ ނައްޓާލާފައެވެ. އާޖެންޓީނާ އެެމެޗުން މޮޅުވީ މަރަޑޯނާ އަތުން ޖެހި ލަނޑަކީ ގޯލެއް ކަމަށް އެމެޗުގެ ރެފްރީ އަލީ ބިން ނަސީރު ނިންމުމުންނެވެ. ނަމަވެސް އޭގެ ގިނަ ދުވަސްތަކެއް ފަހުން މަރަޑޯނާ ވަނީ އޭނާ ލަނޑު ޖެހީ އަތުން ކަމަށް އެއްބަސްވެފައެވެ.

މެޗުގެ ރެފްރީ އަލީ ބިން ނަސީރުގެ މިލްކިއްޔާތުގައި މިހާރުވާ އެބޯޅަ ވިއްކާލުމާއި ގުޅޭގޮތުން އޭނާ ބުނީ އެބޯޅައަކީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކުރެވޭ ބޯޅައެއް ކަމަށެވެ. އަދި އޭނާ ޤަބޫލުކުރާ ގޮތުގައި މިއީ އެބޯޅަ ވިއްކާލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

އެމެޗުގައި މަރަޑޯނާ ލައިގެން ހުރި ޖާޒީވެސް ވަނީ މިދިޔަ މޭ މަހު ވިއްކާލާފައެވެ. ނީލަމަށް ލައިގެން އެޖާޒީ ވިއްކާލީ 9.3 މިލިއަން ޑޮލަރަށެވެ. އެއީ ޖާޒީ ވިކޭނެކަމަށް އަންދާޒާ ކުރިވަރަށްވުރެ ދެގުނައަށްވުރެ ބޮޑު އަގެކެވެ.

މިހާތަނަށް ކުޅުންތެރިއެއްގެ ޖާޒީ އެންމެ އަގުބޮޑުކޮށް ވިއްކާލާފައިވަނީ 10.1 މިލިއަން ޑޮލަރަށެވެ. އެއީ 1998 ވަނަ އަހަރު އެންބީއޭ ފައިނަލުގައި ބާސްކެޓް ލެޖެންޑު މިކޭލް ޖޯޑަން ކުޅުނު ޖާޒީއެވެ. އެޖާޒީ ނީލަމުގައި ވިއްކާލީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

ޑިއެގޯ މަރަޑޯނާއާޖެންޓީނާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު