Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ނިއު މެޗަކީ މާލޭ ލީގުގައި ވެލެންސިއާ ކުޅުނު އެންމެ ރަނގަޅު މެޗު: ފެސްކޯ

ރަނގަޅު ފުރުސަތުތަކެއްވެސް ވެލެންސިއާ އަށް ލިބި ބޭކާރުވި: ފެސްކޯ

ލީވާން އަލީ
ލީވާން އަލީ | 8 އެޕްރީލު 2017 | ހޮނިހިރު 00:35
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ)

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗަކީ މި ސީޒަނުގެ މާލޭ ލީގުގައި ވެލެންސިއާ އެންމެ ރަނގަޅަށް ކުޅުނު މެޗު ކަމަށް އެޓީމުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފެސްކޯ ބުނީ ލިބުނު ބޮޑު ބްރޭކާއެކު ޓީމުގެ ކުޅުން ރަނގަޅުވެއްޖެ ކަމަށާއި، މެޗުގައި ރަނގަޅު ފުރުސަތުތަކެއް ވެސް ވެލެންސިއާ އަށް ލިބި ބޭކާރުވި ކަމަށެވެ.

މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަންކަން ފާހަގަކުރަމުން ފެސްކޯ ބުނީ ޕޮއިންޓެއް ވަރު ވެސް ނުލިބުމުން އެއީ ވަރަށް ދެރަވާ ކަމެއް ކަމަށެވެ. އެގޮތުން 0-1 ގެ ނަތީޖާއިން ވެލެންސިއާ ބަލިވަމުންދިޔައިރު ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބުމަކީ ޓީމުގައި ކަންތައްތައް ރަނގަޅަށް ހުރިކަން ކަށަވަރުވެގެންދާ ކަމެއްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ފެސްކޯ ބުނީ ލިބޭ ކޮންމެ ފުރުސަތަކީ ވެސް ބޭނުންކުރެވޭނެ ފުރުސަތެއް ނޫން ކަމަށާއި، އެގޮތުން ރިލްވާންގެ ކުޅުމާ މެދުވެސް ހިތްހަމަނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފެސްކޯ ބުނީ ރިލްވާން ފަދަ ކުޅުންތެރިޔެއް އަތުން އެފަދަ ހުސްފުރުސަތުތަކެއް ބޭކާރުވުމަކީ އޭނާ އެދޭ ގޮތް ނޫން ކަމަށެވެ.

މެޗަށް މުހިންމު ހަތަރު ކުޅުންތެރިންނާ ނުލާ ކުޅެން ޖެހުމުން ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކުރަމުން ފެސްކޯ ބުނީ މާލޭ ލީގު ކުޅެމުންދަނިކޮށް ބައެއް ކުޅުންތެރިން އެ ކުޅުންތެރިން ވަޒީފާ އަދާކުރާތަނަށް ފުޓްސަލް ކުޅެން ދާކަމަށެވެ. އެގޮތުން އޭގެތެރެއިން ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މާލޭ ލީގަށް ބުރުނާރާ ގޮތަށް ފުޓްސަލް މުބާރާތްތައް ރާވަން އެފްއޭއެމް އިން ބާރުއަޅަންޖެހޭ ކަމަށް ފާހަގަކުރަމުން ފެސްކޯ ބުނީ އޭގެ ސަބަބުން ބައިވަރު ކްލަބްތަކަށް މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން މިކަންތައްތައް އެހެންގޮތަކަށް ރާވަން ޖެހޭ ކަމަށް ވެސް ފެސްކޯ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު