Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަރަޑޯނާގެ މަރުގެ މައްސަލަ

އިހުމާލުވުމުގެ ދައުވާ، މަރަޑޯނާގެ މެޑިކަލް ޓީމުގެ މައްޗަށް އުފުލައިފި

މަރަޑޯނާގެ މެޑިކަލް ޓީމުން ވަނީ ދައުވާއަށް އިންކާރުކޮށްފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 26 ޖޫން 2022 | އާދީއްތަ 13:01
އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާއަށް ނިސްބަތްވާ ގްރެފިޓީއެއް

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާއަށް ނިސްބަތްވާ ގްރެފިޓީއެއް

ފަރުވާދިނުމުގައި އިހުމާލުވިކަމުގެ ދައުވާ، ފުޓްބޯޅަ ލެޖެންޑު ޑިއޭގޯ މަރަޑޯނާގެ މެޑިކަލް ޓީމުގެ މައްޗަށް އުފުލައިފިއެވެ. ދައުވާ އުފުލާފައިވަނީ އޭނާގެ މެޑިކަލް ޓީމުގައި ހިމެނޭ 8 މީހުންގެ މައްޗަށެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވީ ހާރޓްއެޓޭކެއްގެ ސަބަބުންނެވެ. އޭގެ ކުރިން އޭނާގެ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މަރަޑޯނާ މަރުވީ އެ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މަރަޑޯނާ މަރުވުމުގައި، ސިއްހީ ކަންތައްތަކާބެހޭ ފަރާތްތަކުގެ އިހުމާލެއް އޮތްކަމަށް އޭނާގެ އާއިލާއިން މީގެ ކުރިންވެސް ތުހުމަތުކޮށްފައިވާއިރު، މަރަޑޯނާގެ ވަކީލު މަޓިއަސް މޯލާ ވަނީ، އޭނާ މަރުވި ދުވަހު އެމްބިއުލަންސްއަށް ގުޅައިގެން އެ އައުން ލަސްވި މައްސަލައާއި، ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު ދެ ހަފުތާއެއްހާ ދުވަސް ފަހުން ގެއަށް ބަދަލުކުރި މީހެއްގެ ސިއްހީ ކަންތައްތައް ބެލުމުގައި ހޮސްޕިޓަލުން އިހުމާލުވެފައިވާ މައްސަލަ ހުށަހަޅާފައެވެ.

މަރަޑޯނާ މަރުވިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން މިހާރު މިވަނީ އޭނާގެ މެޑިކަލް ޓީމުގައި މަސައްކަތްކުރި 8 މީހުންގެ މައްޗަށްވެސް، އިހުމާލުވުމުގެ ދައުވާ އުފުލާފައެވެ. މި މައްސަލާގައި ވާގޮތުން، މެޑިކަލް ޓީމުން އެކަށީގެންވާ ފަރުވާ މަރަޑޯނާއަށް ދިންނަމަ އޭނާގެ ފުރާނަ ސަލާމަތްކުރެވޭނެއެވެ.

ނަމަވެސް ދައުވާ ލިބޭ މަރަޑޯނާގެ މެޑިކަލް ޓީމުން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި މި މައްސަލަ ވީހާވެސް އަވަހަކަށް ކޯޓުން ބޭރުކުރުމަށްވެސް މި ފަރާތްތަކުގެ ވަކީލުން އެދިފައިވެއެވެ.

އާޖެންޓީނާއަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާއަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ލެޖެންޑެކެވެ.

ޑިއެގޯ މަރަޑޯނާއާޖެންޓީނާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
20 މާރިޗު 2025

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް
19 މާރިޗު 2025

ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!

19 މާރިޗު 2025
ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!
18 މާރިޗު 2025

މެސީ ނުހިމަނައި، އާޖެންޓީނާގެ ސްކޮޑު އިއުލާން ކޮށްފި

18 މާރިޗު 2025
މެސީ ނުހިމަނައި، އާޖެންޓީނާގެ ސްކޮޑު އިއުލާން ކޮށްފި
18 ފެބުރުއަރީ 2025

އެކްސް ގައި ކުރެއްވުނު ޕޯސްޓަކާ ގުޅިގެން އާޖެންޓިނާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި

18 ފެބުރުއަރީ 2025
އެކްސް ގައި ކުރެއްވުނު ޕޯސްޓަކާ ގުޅިގެން އާޖެންޓިނާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި
25 ނޮވެމްބަރު 2024

އާޖެންޓީނާ އިން އިންޑިއާގައި މެޗެއް ކުޅެނީ

25 ނޮވެމްބަރު 2024
އާޖެންޓީނާ އިން އިންޑިއާގައި މެޗެއް ކުޅެނީ
20 ނޮވެމްބަރު 2024

ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި

20 ނޮވެމްބަރު 2024
ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް