Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީނަށް އިންޒާރު ދިން މައްސަލަ މަޖިލީހަށް

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި

4 މެއި 2022 | ބުދަ 06:59

ރައީސް ޔާމިނަށް އިންޒާރު ދީފައިވަނީ މޯލްޑިވްސް ޔޫތު ފޯސް ޓްވިޓާގައި އާއްމުކުރި ވީޑިއޯއެއްގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 މެއި 2022 | ބުދަ 06:59
އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫނެވެ. އެ މައްސަލަ ބަލައިދެއްވުމަށް އެދިވަޑައިގެން ޣައްސާން މަޖިލީހަށް ސިޓީ ފޮނުއްވީ އަންގާރަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޣައްސާން ފޮނުއްވެވި ސިޓީގައި ވިދާޅުވީ މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން އާއްމު ކުރި ވީޑިއޯއެއްގައި ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އެ ވީޑިއޯގައި ފެންނަ މީހާގެ ވާހަކަތަކުން އެމަނިކުފާނަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް އެސިޓީގައި ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހަރަކާތްތަކެއް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ. އެ ފަރާތްތަކުގެ ޓްވިޓާއިން އާއްމުކޮށްފައިވާ ވީޑިއޯގައި ވަނީ އިންޑިއާގެ އަގު ވައްޓާލުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ ކަންކަން ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި އިންޑިއާ އައުޓް ހަރަކާތައް ފާޑުކިޔައި ރައީސް ޔާމީން "ސައިޒު" ކޮށްލާނެ ކަމަށް ވެސް އެ ވީޑިއޯގައިވަނީ ބުނެފައެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެ ހަވީރު ވަގުތުގައި މޯލްޑިވްސް ޔޫތު ފޯސްއިން ވަނީ، ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ކުރިމައްޗަށް އެއްވެ މުޒާހަރާ ވެސް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަމުންދިޔައީ ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށް ލުމަށެވެ.

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ އިދިކޮޅު ކޯލިޝަނުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
09 ނޮވެމްބަރު 2025

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

09 ނޮވެމްބަރު 2025
މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
29 އޮކްޓޯބަރު 2024

މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން

29 އޮކްޓޯބަރު 2024
މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން
14 އޮކްޓޯބަރު 2024

މުރައިދޫގެ މުވައްޒަފުންނާއި މުސާރައާއި ގުޅޭ މައްސަލަ ކުރިއަށް ދިޔަ ކޮމިޓީ ސިއްރުކޮށްފި

14 އޮކްޓޯބަރު 2024
މުރައިދޫގެ މުވައްޒަފުންނާއި މުސާރައާއި ގުޅޭ މައްސަލަ ކުރިއަށް ދިޔަ ކޮމިޓީ ސިއްރުކޮށްފި
29 އޯގަސްޓު 2024

ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ވިސްނުން އަބްދުއްރަހީމްގެ އެބަ ހުރި - ކުރީގެ ރައީސް ޔާމީން

29 އޯގަސްޓު 2024
ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ވިސްނުން އަބްދުއްރަހީމްގެ އެބަ ހުރި - ކުރީގެ ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް