Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސްލީގު

ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ފައިނަލްގެ ކުރިން ފައިނަލަކަށް!

4 މެއި 2022 | ބުދަ 07:29

ރެއާލްއާއި ސިޓީ ވާދަކުރާ ސެމީފައިނަލް ދެވަނަ ލެގު މިރޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 މެއި 2022 | ބުދަ 07:29
ރެއާލްގެ ކުޅުންތެރިން ޕްރެކްޓިސްގައި: ފޮޓޯ-ރެއާލް މެޑްރިޑް

ރެއާލްގެ ކުޅުންތެރިން ޕްރެކްޓިސްގައި: ފޮޓޯ-ރެއާލް މެޑްރިޑް

ޔުއެފާ ޗެމްޕިއަންސްލީގުގެ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަ ދެބާރު, މެންޗެސްޓަރ ސިޓީއާއި ރެއާލް މެޑްރިޑް "ބޮޑު" ފައިނަލަކަށް މިރޭ ނިކުންނާނެއެވެ. ޗެމްޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގަށް ދެޓީމް ރެއާލް މެޑްރިޑްގެ ދަނޑުގައި ނިކުންނައިރު އެއް ގޯލުން ކުރީގައި އޮތީ ސިޓީއެވެ. އެއީ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގު 3-2 ން ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ލެގުގެ މެޗަށްފަހު ރެއާލްގެ ކެޕްޓްން ބެންޒިމާ ބުނެފައިވަނީ ދެވަނަ ލެގުގެ މެޗަކީ ރެއާލްގެ ސަޕޯޓަރުންގެ އެހީ އެންމެ ބޮޑަށް ބޭނުންވާނެ މެޗުކަމަށެވެ. ސަޕޯޓަރުންގެ އެހީގައި މެޗު އަނބުރާލެވޭނެކަމަށާއި, ފައިނަލްގެ އުއްމީދު އެބައޮތްކަމަށެވެ. ކޯޗު ކާލޯ އެންޗެލޮޓީ ބުނީ ފަހަތަށް ފައިބައިގެން ޑިފެންސް ކުރަން އުޅެފިނަމަ ބޮނޑި ލިބޭނެކަމަށާއި, ރިކްސް ނަގަން ޖެހޭނެކަމަށެވެ. ރިސްކް ނަގައިގެން މިސީޒަންގައި ރެއާލްއަށް ކާމިޔާބީތަކެއް ލިބިފައިވާކަމަށާއި, އެކަމުގައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފޯވާޑުންނަށް އޮތް އިތުބާރުކަމަށެވެ. ލަލީގާގެ ޗެމްޕިއަންކަން ހޯދައިގެން އިތުބާރާއެކު އޮތް ޓީމްގެ ކޯޗަށް އޮތް ހިތްހަމަޖެހުމަކީ އަމިއްލަ ދަނޑުގައި ދެވަނަ ލެގު ކުޅުމެވެ. ހޯމް އެޑްވާންޓޭޖް ނެގޭނެކަމަށް އެންޗެލޮޓީ ޤަބޫލުކުރެއެވެ. ސިޓީ ބަލިކޮށް ފައިނަލަށް ދަތުރުކުރެވިއްޖެނަމަ އެކަން ވާނީ 35 އަހަރުގެ މޮޑްރިޗް ރެއާލްއާއެކު ދަތުރުކުރާނެ ފަސްވަނަ ޗެމްޕިއަންސްލީގު ފައިނަލަށެވެ.

އަނިޔާއަށްފަހު ކަސެމީރޯ އެނބުރި އައުމަކީ ރެއާލްއަށް އޮތް ހިތްހަމަޖެހުމެކެވެ. ނަމަވެސް ޑޭވިޑް އަލަބާ ފިޓެއް ނޫނެވެ. ސިޓީއަށް ބަލާއިރު ކަންސޭލޯ ސަސްޕެންޝަނަށްފަހު ދެވަނަ ލެގުގައި ކުޅުމުގެ ފުރުޞަތު ބޮޑެވެ. ކައިލް ވޯކާ އަނިޔާއަށްފަހު ވަނީ ޓީމާ ގުޅިފައެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ވާނެގޮތް އެއްވެސް މީހަކަށް ނޭންގޭނެކަމަށާއި, ފުޓްބޯޅަ މެޗެއްގެ ނަތީޖާ ނިކުންނާނެގޮތް ނޭންގޭނެކަމަށެވެ. ބައެއް ފަހަރު ހައްޤު ނަތީޖާ ނުލިބޭކަމަށާއި, ބައެއް ފަހަރު ހައްޤު ނޫން ނަތީޖާ ލިބޭކަމަށެވެ.

ރެއާލް ފަހަތަށް ޖައްސާލެއްވިއްޖެނަމަ އެކަން ވެގެންދާނީ ސިޓީ ވިދިދިގެން ޗެމްޕިއަންސްލީގުގެ ފައިނަލްގައި ކުޅޭ ދެވަނަ ފަހަރަށެވެ. އެންމެ ފަހުން ފައިނަލްގައި ސިޓީ ބަލިވީ ޗެލްސީ އަތުންނެވެ. ރެއާލްއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. 13 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ރެއާލްއިން ވަނީ މިހަފްތާގައި 35 ވަނަ ފަހަރަށް ލަލީގާގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. ރެއާލްއާއި ސިޓީ ވާދަކުރާ ސެމީފައިނަލް ދެވަނަ ލެގު ފަށާނީ ބުދަ ދުވަހުގެރޭ 12 ޖަހާއިރުއެވެ. ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ލިވަޕޫލެވެ.

ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްމެންޗެސްޓަރ ސިޓީ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް