Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑައިވިންގއަށް ފޭބި މީހަކު ހޯދަނީ

ޑައިވިންގއަށް ފޭބި މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މިހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެމްއެންޑީއެފުން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 މެއި 2022 | ހޯމަ 13:17
ފުވައްމުލަައް ސިޓީ

ފުވައްމުލަައް ސިޓީ

ޏ. ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިންގއަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު، މިމީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަހައްދުން ދަތުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.

އެކަމާގުޅިގެން އެމްއެންޑީއެފުން ބުނީ، މިމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ފަށާފައިވާކަމަށެވެ. ފުވައްމުލަކު "ޓައިގަރ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިންގއަށް ފޭބި މިމީހާ ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 15:36ހާއިރުއެވެ.

Advertisement - newsAdvertisement

މިހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިމީހާ ޑައިވިންގއަށް ފޭބީ ހޯމަ ދުވަހުގެ 14:30ހާއިރު ކަމަށާއި، ފީނަން ފޭބިއިރު އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސެއް ކަމަށާއި، އަޅައިހެން ހުރީ ކަޅުކުލައިގެ މާސްކެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑައިވިންގއަށް ދިޔައީ ދެ މީހުންނެވެ. އެތަނުން އެކަކު ފެނިފައިވާއިރު އެމީހާގެ ހާލު ސީރިއަސްއެވެ. ގެއްލިގެން ހޯދަމުންދާ މީހާ އަކީ ފުވައްމުލަކު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ޑައިވިންގ މާސްޓަރެކެވެ. މިމީހާއަކީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މީހެކެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191ށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު