Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމުގެ އުންމީދު އެބައޮތް: ޏ އަތޮޅު ތައުލީމީ މަރުކަޒު

މުބާރާތް އޮންނާނީ ގދ. ތިނަދޫގައި، ސެޕްޓެމްބަރު 11ން 15ގެ ނިޔަލަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 25 އޯގަސްޓު 2022 | ބުރާސްފަތި 15:51
ޏ އަތޮޅު ތައުލީމީ މަރުކަޒުގެ އެތުލެޓިކްސް ޓީމު

ޏ އަތޮޅު ތައުލީމީ މަރުކަޒުގެ އެތުލެޓިކްސް ޓީމު

މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމުގެ އުންމީދު އެބައޮތްކަމަށް ޏ އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ.

މުބާރާތާ ގުޅޭގޮތުން ރާއްޖެޓީވީއަށް ދިން އިންޓަރވިއުއެއްގައި ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގް ޓީޗަރު އަހުމަދު ފިރާޝް ވިދާޅުވީ، މިއަހަރުގެ އިންޓަރސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް ޓީމުން ހޯދިފަދަ ރަނގަޅު ކާމިޔާބީތަކެއް ކުރިއަށް އޮތް މުބާރާތުގައި ހޯދުމަށް އުންމީދުކުރާކަމަށެވެ. ނަމަވެސް ފަރިތަކުރަން ލިބުނު ވަގުތު މަދުވުމުން، އެންމެ ރަނގަޅު ނަތީޖާ ނެރުމަށް ދަތިތަކެއް ހުރިކަން ފިރާޝް ފާހަގަކުރިއެވެ.

މުބާރާތުގައި ބައިވެރިވުމަށް ޏ އަތޮޅު ތައުލީމީ މަރުކަޒުގެ 70 ވަރަކަށް ދަރިވަރުން މިހާރު އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ފިރާޝް ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭގައި މުބާރާތުގައި ބައިވެރިވާ ޓީމު އެކުލަވާލާނެކަމަށެވެ. އަދި ޓީމުގައި ގާތްގަނޑަކަށް 40 ވަރަކަށް އެތުލީޓުން ހިމަނަން ނިންމާފައިވާކަން ފިރާޝް ފާހަގަކުރިއެވެ.

މުބާރާތާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ފިރާޝް ވަނީ މިފަދަ ގިނަ މުބާރާތްތައް ދަރިވަރުންނަށް ލިބުމަކީ އެދަރިވަރުންގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ބުނެފައެވެ. އަދި މިފަދަ މުބާރާތްތައް ދުރާލާ ރޭވިއްޖެނަމަ ދަރިވަރުންނަށް އެކަށީގެންވާ ފަރިތަކުރުން ލިބި، ނަތީޖާތައް ރަނގަޅުކުރެވޭނެކަން ފިރާޝް ފާހަގަކުރިއެވެ.

ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ނަމުގައި ރާއްޖޭގެ ހުރިހާ ސްކޫލަތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 24 ސްކޫލަކުން ބައިވެރިވެފައިވެއެވެ. މުބާރާތް އޮންނާނީ ގދ. ތިނަދޫގައި، ސެޕްޓެމްބަރު 11ން 15ގެ ނިޔަލަށެވެ.

މި މުބާރާތް ހިންގުމަށް ގދ އަތޮޅު ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު