Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑައިވިންގއަށް ފޭބި މީހަކު ހާލުދެރަވުން

ހާލު ދެރަވި ޑައިވަރު އިތުރުފަރުވާއަށް ކަނޑިންމަ ރިސޯޓަށް

މިހާދިސާ ހިނގިގޮތް އަދި ސާފެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 މެއި 2022 | ހޯމަ 17:27
ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީ

ޏ. ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިންގއަށް ފޭބި ދެ މީހުންގެ ތެރެއިން ހާލު ސީރިއަސް މީހާ އިތުރު ފަރުވާއަށް ދ. ކަނޑިންމަ ރިސޯޓަށް ފޮނުވާލައިފިއެވެ.

ފުވައްމުލަކުން "ރާއްޖެއެމްވީ"އާ ވާހަކަދެއްކި މީހަކު ބުނީ, ހާލު ސީރިއަސް މީހާ ކަނޑިންމަ ރިސޯޓަށް ފޮނުވާލާފައިވަނީ ހެލިކޮޕްޓަރުގައި ކަމަށެވެ. އެރިސޯޓަށް ފޮނުވާލާފައިވަނީ ހޯމަ ދުވަހުގެ އިރުއޮއްސުނުތަނާއެވެ. ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ޚާއްސަ އާލާތްތައް ކަމަށްވާ ޗެމްބަރއެއް ފުވައްމުލަކާ އެންމެ ކައިރިން ހުންނަނީ ކަނޑިންމަ ރިސޯޓްގައެވެ.

Advertisement - newsAdvertisement

މިހާދިސާ ހިނގިގޮތް އަދި ސާފުނުވާކަމަށް ފުވައްމުލަކުން ވާހަކަދެއްކި މީހާ ބުންޏެވެ.

މިހާދިސާގައި ޑައިވްކުރަން ދެން ފޭބި މީހާ ނުފެނިގެން އަންނަނީ ހޯދަމުންނެވެ.

އެކަމާގުޅިގެން އެމްއެންޑީއެފުން ބުނީ، މިމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ފަށާފައިވާކަމަށެވެ. ފުވައްމުލަކު "ޓައިގަރ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިންގއަށް ފޭބި މިމީހާ ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ހަވީރު 15:36ހާއިރުއެވެ.

މިހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިމީހާ ޑައިވިންގއަށް ފޭބީ ހޯމަ ދުވަހުގެ 14:30ހާއިރު ކަމަށާއި، ފީނަން ފޭބިއިރު އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސެއް ކަމަށާއި، އަޅައިހެން ހުރީ ކަޅުކުލައިގެ މާސްކެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލިގެން ހޯދަމުން އަންނަ ޑައިވަރަކީ ތަޖުރިބާ ކާރު ޑައިވަރެއްކަމުގައިވާ މުހައްމަދު ސައީދު (ސައިއްޓޭ)އެވެ. ސައިއްޓޭއަކީ ފުވައްމުލަކު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ޑައިވިންގ މާސްޓަރެކެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191ށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު، މިމީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަހައްދުން ދަތުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް

23 ފެބުރުއަރީ 2017
ދޮރުން ދޮރަށް ކެމްޕޭނުން ރައްޔިތުންގެ ހާލު ދެނެގަނެވޭ، މުޅި ރާއްޖޭގައި ހަރަކާތް ހިންގާނަން: ހަސަން ހަތީފް
19 ފެބުރުއަރީ 2017

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު