Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައި ސްޕީޑް ފެރީ ނިޒާމު

ހައި ސްޕީޑް ފެރީ ނިޒާމުގެ ފުރަތަމަ ފިޔަވަހި ހދ އަތޮޅުގެ ރަށްތަކުގައި ފެށުމަށް ދަތުރުތައް ތާވަލުކޮށްފި

1 މެއި 2022 | އާދީއްތަ 22:19

ޒޯން 1 ގެ އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުގެ ރަށްތަކަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މެއި 2022 | އާދީއްތަ 22:19
ހައި ސްޕީޑް ފެރީ - ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓުގެ ދަތުރުތައް ފެށިގެން ދާނެ

ހައި ސްޕީޑް ފެރީ - ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓުގެ ދަތުރުތައް ފެށިގެން ދާނެ

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ހދ އަތޮޅުގެ ރަށްތަކުގައި ފެށުމަށް ތާވަލު ކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ފަހުގެ މައުލޫމާތުތައް ހިއްސާ ކޮށްފައެވެ.

Advertisement - newsAdvertisement

އެމްޓީސީސީން ބުނީ، އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ އަތޮޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުގެ ރަށްތަކަށް ކަމަށެވެ. އެގޮތުން މެއި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ހދ އަތޮޅުގެ 13 ރަށް ހިމެނޭހެން 5 ރޫޓުގެ ދަތުރުތައް ފެށިގެން ދާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ޒޯން 1 ގައި ދެން ހިމެނޭ ރަށްތަކަކީ ހއ އަދި ށ އަތޮޅުގެ ރަށްތަކެވެ.

މި ޙިދުމަތަކީ މުޅިން އަލަށް ފެށޭ ޙިދުމަތަކަށް ވުމާއެކު ރައްޔިތުން އަހުލުވެރިވުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، ޢީދު ބަންދަށް ދަތުރުތައް ފެށިގެންދިޔުމާ އެކު ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 10 މެއިގެ ނިޔަލަށް ހދ އަތޮޅުގައި ކުރެވޭ ދަތުރުތައް ފޯރުކޮށްދޭނީ މުޅިން ހިލޭ ކަމަށެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި ޙިދުމަތް ފެށުމަށް ބޭނުންވާ 4 ސްޕީޑް ފެރީވެސް މިހާރު ވަނީ ހދ އަތޮޅަށް ބަނދަރުކުރެވި ދަތުރުތައް ފެށުމަށް ތައްޔާރުކުރެވިފައެވެ.

އެމްޓީސީސީން ވަނީ މި ފެރީތަކުގައި ހުންނާނެ ޚިދުމަތްތަކުގެ ތަފްސީލުތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ފެރީތަކެކެވެ. އަދި މިހާރު ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއިއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކުރެވިފައެވެ.

އެއަރކޯން ކުރެވިފައިވާ މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައި ހުންނާނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުންނާނެއެވެ.

ފެރީގައި ފާޙާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަ ކުރެވިފައި ހުންނާނެއެވެ. އަދި އާރްޓީއެލް ގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.

އެމްޓީސީސީން ބުނާ ގޮތުގައި އާރް.ޓީ.އެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށެވެ. އަދި މި މުއްދަތަށް ފަހު 11 މެއި 2022 އިން ފެށިގެން އާރް.ޓީ.އެލްގެ ފެރީ ޚިދުމަތައް ކަނޑައެޅިފައިވާ ރޭޓްތަކުގައި ފައިސާ ނެގެމުން ދާނެކަންވެސް ކުންފުނިން ފާހަގަ ކުރެއެވެ.

އާރް.ޓީ.އެލްގެ ފެރީ ޚިދުމަތައް ފައިސާ ނަގަން ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ޖާގަ ހޯދުންވެސް ހުއްޓާލެވޭނެކަމަށް ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން މިހާރު ވަނީ ދަތުރުތަކުގެޝެޑިއުލްވެސްއާންމުކޮށްފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް