Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޗަރުންގެ މުސާރަ

ޓީޗަރުންގެ މުސާރައަށް އައި ބަދަލާއެކު ދާއިރާގައި މީހުން ހިފެހެއްޓުމަށް އިތުރު ބާރެއް ލިބިގެންދާނެ - މިނިސްޓަރ

ބަދަލާއިއެކު މުދަރިއްސުންނަށް އަބުރުވެރިކަމާއިއެކު ދިރިއުޅޭވޭނެ ވަރުގެ އެއްޗެއް ލިބިގެންދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 1 މެއި 2022 | އާދީއްތަ 16:31
އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓަރ

އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓަރ

މުސާރައަށް ގެނައި ބަދަލާއެކު ދާއިރާގައި ޓީޗަރުން ހިފެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށް ގެނައި ބަދަލާ ގުޅޭ ގޮތުން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓީޗަރުންނަށް ދެމުންދާ މުސާރައާއި އެމީހުން ކުރާ މަސައްކަތާއި މިހާރު ނުބައްދަލު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރައީސްގެ އިސްނެންގެވުމުގެ ދަށުން ތައުލީމީ ދާއިރާގެ ދިރާސާއެއް ހަދާފައިވާ ކަމަށާއި، އެ ދިރާސާއިން ފާހަގަވި ގޮތުގައި ތައުލީމީ ދާއިރާއަށް އަލަށް މީހުން ނުކުތުން މަދުވަނީ ލިބޭ މުސާރަ ކުޑަކަމުން ކަމަށެވެ. އެހެންކަމުން މުސާރައަށް ގެނައި ބަދަލާއެކު އަލަށް ދާއިރާއަށް މީހުން ވަނުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޓީޗަރުން މިކުރާ މަސައްކަތަކީ ހަގީގަތުގައި އަގު ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ. އެހެން ކަމުން މަސައްކަތް ކުރަނީ އެ ކުރާ މަސައްކަތަށް ހައްގު އަގު ދެވޭތޯ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު މިއައި ހެޔޮ ބަދަލާއިއެކު މުދަރިއްސުންނަށް އަބުރުވެރިކަމާއިއެކު ދިރިއުޅޭވޭނެ ވަރުގެ އެއްޗެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި މި ބަދަލާއެކީ ޓީޗަރުންގެ މުސާރަތައް 56 އިންސައްތަ ބޮޑުވާނެއެވެ.

ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ، 5 ރޭންކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރަ 10،000ން 13،000ށް އިތުރުވެގެންދާއިރު، ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ 13،000ން 19،000ށް ބޮޑުވެގެންދެއެވެ. މާސްޓަރސް ފެންވަރުގެ ޓީޗަރުންގެ މުސާރަ 15،000ން 20،000ށް އިތުރުވެގެންދެއެވެ.

ޓީޗަރުންގެ މުސާރައަށް މި އައި ބޮޑު ބަދަލުގެ އަސަރު ރާއްޖޭގައި މަސައްކަތްކުރާ 6815 ޓީޗަރުންގެ މުސާރައިން ފެންނާނެއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު