Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާންގައި ދެމުންދާ ބޮމުގެ ހަމަލާތައް

އަނެއްކާވެސް ކާބުލްގައި ބޮމުގެ ހަމަލާއެއް ދީފި

1 މެއި 2022 | އާދީއްތަ 05:59

މި ހަމަލާގައި އަންހެނަކު މަރުވެފައިވާއިރު، އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 މެއި 2022 | އާދީއްތަ 05:59
މިރަމަޟާން މަހު އަފްޣާނިސްތާންގެ އެކި ހިސާބުތަކުގައި ބޮމުގެ ހަމަލާތައްދީ، ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބި، އެތައް ބައެެއްގެ ފުރާނަ ވަނީ ގެއްލިފައި

މިރަމަޟާން މަހު އަފްޣާނިސްތާންގެ އެކި ހިސާބުތަކުގައި ބޮމުގެ ހަމަލާތައްދީ، ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބި، އެތައް ބައެެއްގެ ފުރާނަ ވަނީ ގެއްލިފައި

އަފްޣާނިސްތާންގެ ވެރިރަށް، ކާބުލްގައި އަނެއްކާވެސް ބޮމުގެ ހަމަލާއެއް ދީފިއެވެ.

ހުކުރު ދުވަހު ކާބުލްގެ މިސްކިތެއްގައި ދިން ވަރުގަދަ ބޮމުގެ ހަމަލާއަށް ފަހު ހޮނިހިރު ދުވަހުވެސް އެސިޓީގައި މިވަނީ ބޮމުުގެ އިތުރު ހަމަލާއެއް ދީފައެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ހޮނޮހިރު ދުވަހުގެ ބޮމުގެ ހަމަލާދީފައި ވަނީ އާންމުންނާއެކު ދަތުރުކުރަމުން ދިޔަ ވޭނަކަށެވެ. މި ހަމަލާގައި އަންހެނަކު މަރުވެފައިވާއިރު، އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޮނިހިރު ދުވަހުގެ މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގާފައިވާ ކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ޚަލިފާ ޝާހިބް މިސްކިތަށް މީހުން ގޮސްތިބި ވަގުތު އެމިސްކިތުގައި ދިން ބޮމުގެ ހަމަލާގައި 60ށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މިހަމަލާއަކީ ހުކުރު ނަމާދުކޮށް ނިންމުމަށްފަހު ޒިކުރު ކުރަން މިސްކިތުގައި މަޑުކޮށްގެން ތިބި މީހުންގެ ތެރޭގައި ޖާނުން ފިދާވެގެން މީހަކު ދިން ހަމަލާއެއް ކަމަށް ބެލެވޭކަމަށް އެމިސްކިތުގެ އެންމެ އިސްފަރާތާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

އަފްޣާނިސްތާންގެ ސަރުކާރާ މިހާރު ހަވާލުވެފައިވާ ތާލިބާން ޖަމާއަތުގެ ތަރުޖަމާނަކު ވަނީ ހުކުރު ދުވަހުގެ މި ހަމަލާ ކުށްވެރިކޮށް އެކަން ކުރި މީހުން ހޯދާ އަދަބު ދޭނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ހުކުރު ދުވަހުގެ މިހަމަލާ ދިން މީހުން އަދި ކަށަވަރުކުރެވިފައި ނުވާއިރު، މިމަހުގެ ތެރޭގައި އަފްޣާނިސްތާންގެ އެކި ހިސާބުތަކުގައި ދިން ބައެއް ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ ނަގާފައެވެ.

މިރަމަޟާން މަހު އަފްޣާނިސްތާންގެ އެކި ހިސާބުތަކުގައި ވަނީ މިފަދަ އެތައް ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެތައް ބައެެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އަފްޣާނިސްތާނުގެ އެމަރޖެންސީ ހޮސްޕިޓަލުން ވަނީ މި އޭޕްރިލް މަހު އެކަނިވެސް ކާބުލްގައި ދިން މިފަދަ ހަމަލާތަކުގެ ސަބަބުން 100ށް ވުރެ ގިނަ މީހުންނަށް ފަރުވާދިން ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
23 ޖެނުއަރީ 2017

ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި

23 ޖެނުއަރީ 2017
ތާލިބާނުން ޑޮަނަލްޑް ޓްރަމްޕަށް އިންޒާރު ދީފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް