Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްޓީސީސީގެ ކުއާޓަރ ރިޕޯޓު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އެމްޓީސީސީއަށް ބޮޑު ފައިދާއެއް

1 މެއި 2022 | އާދީއްތަ 04:14

ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 75.31 މިލިއަން ރުފިޔާ ލިބިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 މެއި 2022 | އާދީއްތަ 04:14
އެމްޓީސީސީ އިމާރާތް

އެމްޓީސީސީ އިމާރާތް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް ބޮޑު ފައިދާއެއް ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ވަނީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާ އާންމުކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 75.31 މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ލިބިފައެވެ. މިއީ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއާއި އަޅާބަލާއިރު 3.79 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނިން ވަނީ ބޮޑު އަދަދަކުން ވިޔަފާރިކޮށް ބޮޑު ފައިދާއެއް ހޯދާފައެވެ. ފުރަތަމަ ކުއާޓަރުގައި 550.4 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 88.62 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުނިން ކޮށްފައިވަނީ 423 މިލިއަން ރުފިޔާގެ ވިޔަފާރިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 88.6 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވެއެވެ. ފާއިތު އަހަރުގެ މި މުއްދަތުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 82.2 މިލިއަން ރުފިޔާއެވެ. މިއާއެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާގެ ގޮތުގައި 75.31 މިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މި ނަތީޖާއާއިއެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 7.96 ރުފިޔާއަށް އަރާފައެވެ. ޓެކުހަށް ކެނޑުމަށްފަހު މި އަދަދު ވަނީ 64 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އެމްޓީސީސީން ވަނީ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެކި މަރުހަލާގައި ޖުމްލަ 108 މަޝްރޫއެއްގެ މަސައްކަތް ކުންފުނިން ދަނީ ކުރަމުންނެވެ. އަދި މި ކުއާޓަރުގެ ތެރޭގައި 8 މަޝްރޫއެއްގެ މަސައްކަތްވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި 14 މަޝްރޫއެއްގެ އަމަލީ މަސައްކަތް މި ކުއާޓަރުގައި ފަށާފައިވާއިރު، އައު 15 މަޝްރޫއެއްގެ މަސައްކަތް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

ކުންފުނިން ފޯރުކޮށްދޭ އާންމު ދަތުރުފަތުރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މާލެއާއި ހުޅުމާލެ ފޭސް 2 އާދެމެދު ސީދާ ބަސް ރޫޓެއް އިތުރުކޮށް، މިކުއާޓަރުގެ ތެރޭގައި ޚިދުމަތްދޭން ފަށާފައިވެއެވެ. ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތު އެކި މާކެޓިންގ ހަރަކާތްތަކެއްވެސް މިކުއާޓަރު ތެރޭގައިވަނީ ހިންގާފައެވެ. އަދި ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރަށްރަށަށް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކްތަކެއް ކޮށްދީފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ބޮޑު ފައިދާއެއް ލިބިފައިވާއިރު، މިދިޔަ އަހަރު ނިމުނުއިރު ކުންފުންޏަށް ވަނީ ކުންފުނީގެ ދިގު ތާރީޚުގައިވެސް ލިބިފައިނުވާވަރުގެ ބޮޑު ފައިދާއެއް ލިބިފައެވެ. މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 271.82 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 232 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލާ، ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިޢާޔަތްކޮށް މުރާޖާ ކުރަމުންދާކަމަށެވެ. އަދި ވިޔަފާރިތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަޤުސަދުތައް ހާސިލްކުރުމަށް ފިޔަވަޅުތައް އަޅައި، މިފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަމުގައިވެސް އެމްޓީސީސީން ބުނެއެވެ. އަދި އީޖާދީ ތަރައްޤީއަށް ހިތްވަރުދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިސްލާޙުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
09 މެއި 2017

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް