Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮމުގެ ހަމަލާ

ކާބުލްގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާގައި 50ށްވުރެ ގިނަ މީހުން މަރުވެއްޖެ

29 އެޕްރީލު 2022 | ހުކުރު 17:37

ހަމަލާ ކުށްވެރިކޮށް މިކަމުގެ ފަހަތުގައި ތިބި މީހުން ހޯދާނެ ކަމަށް ތާލިބާނުން ބުނެފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 އެޕްރީލު 2022 | ހުކުރު 17:37
ބޮމުގެ ހަމަލާދިން ސަރަހައްދުގައި އެމްބިއުލާންސެއް ހަރަކާތްތެރިވަނީ

ބޮމުގެ ހަމަލާދިން ސަރަހައްދުގައި އެމްބިއުލާންސެއް ހަރަކާތްތެރިވަނީ

އަފްގާނިސްތާންގެ ވެރިރަށް ކާބުލްގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 50ށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތުގައެވެ. ފަހަކަށް އައިސް މިގޮތަށް ދެމުން އަންނަ ހަމަލާތައް އަމާޒުވަމުން އަންނަނީ އާންމު ރައްޔިތުންނަށް ކަމަށް ހުކުރު ދުވަހުގެ ހަމަލާ އަމާޒުވި މިސްކިތުގެ އިމާމު ވިދާޅުވިއެވެ.

ހުކުރު ދުވަހު ބޮމުގެ ހަމަލާ ދީފައިވަނީ ކާބުލްގެ ހުޅަނގުގައި ހުންނަ ޚަލީފާ ސާހިބު މިސްކިތަށެވެ.

ހަމަލާދިންވަގުތަކީ ހުކުރު ނަމާދަށްފަހު ގިނަ އަދަދެއްގެ އާންމު ރައްޔިތުން ކީރިތި ޤުރުއާން ކިޔެވުމަށާ ޒިކުރު ކުރުމަށް މިސްކިތުގައި މަޑުކޮށްލައިގެން ތިބި ވަގުތެވެ. މި ހަމަލާއަކީ ޖާނުން ފިދާވެގެން ދީފައިވާ ހަމަލާއެއް ކަމަށްވަނީ ބެލެވިފައެވެ.

"ކަޅު ދުން މުޅި ހިސާބަށް ފެތުރިގެން ދިޔައީ. ގަބޫލު ކުރެވޭ ގޮތުގައި މިއީ ޖާނުން ފިދާވެގެން ދީފައިވާ ހަމަލާއެއް. ބޮން ހަރުކޮށްފައި ހުރި މީހާ އާންމު ރައްޔިތުންނާއެކު ޒިކުރު ކުރުމުގައި އިންކަމަށް ބޮޑަން ބެލެވެނީ" މިސްކިތުގެ ހެޑް ފާޒިލް ވިދާޅުވިއެވެ.

ކާބުލްގައި ހުންނަ އިމަރޖެންސީ ހޮސްޕިޓަލާ ހަވާލާދީ ރޮއިޓާރސްގައި ބުނެފައިވަނީ 21 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި، ހޮސްޕިޓަލަށް ގެނައި އިރުވެސް ދެ މީހުން މަރުވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ގިނަ މީހުންގެ ހާލު ވަރަށް ދެރަ ކަމަށެވެ.

މިހަމަލާއާ ގުޅިގެން ތާލިބާންގެ ތަރުޖަމާނު ޒަބިހުއްލާ މުޖާހިދު ވިދާޅުވީ، އެ ހަމަލާ ކުށްވެރިކުރާކަމަށާއި، މިކަމުގެ ފަހަތުގައި ތިބި މީހުން ހޯދައި އަދަބު ދެއްވާނެކަމަށެވެ.

އަފްގާނިސްތާންގެ މިސްކިތަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. އަދި މިކަމުގެ ފަހަތުގައި ތިބީ ކޮންބައެއް ކަން އަދި ހާމަވެފައެއް ނުވައެވެ.

މި ރަމަޟާން މަހު ދިން ބައެއް ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް