Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ހަތަރު ވަނަ އެޕިސޯޑުގެ ޓްރެއިލަރ އާންމުކޮށްފި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އެޕްރީލު 2022 | ހުކުރު 12:38
"ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް" ސީޒަން 2 ތެރެއިން

"ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް" ސީޒަން 2 ތެރެއިން

ރާއްޖެޓީވީ އިން ގެނެސްދޭ ރިއަލިޓީ ޝޯވ "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް"ގެ ދެވަނަ ސީޒަންގެ 4 ވަނަ އެޕިސޯޑް ގެ ޓްރެއިލަރ މިވަނީ ދައްކާފައެވެ. މި އެޕިސޯޑްގައި ބައިވެރިންނަށް ޗެލެންޖްތަކެއް ފުރިހަމަ ކުރުމަށް ވަނީ ހަވާލުކޮށްފައެވެ.

އެލިމިނޭޝަންގައި ބައިވެރިން އެކަކު އަނެކަކަށް ވޯޓުދޭ ވަގުތު ޖެހުމުން އައްޒަ ވޯޓް ދިނީ ޝަރަފް ބޭރު ކުރުމަށެވެ. އަދި ރޯމަން ވެސް ވޯޓް ދިނީ ޝަރަފް ބޭރު ކުރުމަށެވެ. އެއީ އޭނާއަށް ހުރި ނުރައްކަލެއް ކަމަށް ބުނެއެވެ. ފަރީލާ ވޯޓް ދިނީ ވެސް ޓާސްކްއަށް ބެލުމަށްފަހު ޝަރަފް ބޭރު ކުރުމަށެވެ. ދޯނާ ވެސް ވޯޓް ދިނީ ޝަރަފް ބޭރު ކުރުމަށެވެ.

ޝޯގައި ޝަރަފް ބުނީ އޭނާއާ ދެކޮޅަށް ވޯޓް ދޭން ޖެހޭނީ ޓާސްކްތަކުގައި ރަނގަޅަށް ޕާފޯމް ނުކުރެވުމުން ކަމަށެވެ. އަދި ޝޯގައި އޭނާއާ ދެކޮޅަށް ވޯޓް ނުދޭނީ ކާކުތޯ އެހުމުން ޝަރަފް ބުނީ އޭނާއާ ދެކޮޅަށް ނޫރު ވޯޓް ނުލާނެ ކަމަށެވެ. ކަންތައް ދިމާވީ ވެސް އޭނަ ބުނި ގޮތަށެވެ. ނޫރު ޝަރަފް ޝޯ އިން ބޭރު ކުރުމަށް ވޯޓެއް ނުދެއެވެ. އެހެންކަމުން 4 ވަނަ އެޕިސޯޑުން އެލިމިނޭޓްވީ ޝަރަފްއެވެ.

ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވްއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯ އެވެ. މި ޝޯ ގެ ފުރަތަމަ ސީޒަން ކުރިއަށް ގެންދިޔައީ ދ. އަތޮޅުގެ 11 ފަޅު ރަށެއްގައެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ޝޯ ގެ ފުރަތަމަ ސީޒަންވެސް ފޭސްބުކް މެދުވެރިކޮށް 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

މިހާރުވަނީ ޝޯ ގެ ހަތަރު ވަނަ އެޕިސޯޑުގެ ޓްރެއިލަރ ވެސް އާންމުކޮށްފައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2023

އެންމެ ޝަރަފްވެރި މުބާރާތް "ޕްރީ ސީޒަން" މުބާރާތަކަށް!

15 އެޕްރީލު 2023
އެންމެ ޝަރަފްވެރި މުބާރާތް "ޕްރީ ސީޒަން" މުބާރާތަކަށް!
21 ނޮވެމްބަރު 2022

2024ގެ ރިޔާސީ ރޭސް: ބައިޑެންއާ ވާދަކުރައްވާނެކަމަށް ބެލެވޭ ޑިމޮކްރެޓުން

21 ނޮވެމްބަރު 2022
2024ގެ ރިޔާސީ ރޭސް: ބައިޑެންއާ ވާދަކުރައްވާނެކަމަށް ބެލެވޭ ޑިމޮކްރެޓުން
22 މެއި 2022

"ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް - ސީޒަން 2"ގެ ފައިނަލް ޝޯވ ރެކޯޑް އަދަދެއްގެ މީހުން ބަލައިފި

22 މެއި 2022
"ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް - ސީޒަން 2"ގެ ފައިނަލް ޝޯވ ރެކޯޑް އަދަދެއްގެ މީހުން ބަލައިފި
23 އެޕްރީލު 2022

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: 6 ބައިވެރިންގެ ވޯޓާއެކު، ސުހާ އެލިމިނޭޓްވެއްޖެ

23 އެޕްރީލު 2022
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: 6 ބައިވެރިންގެ ވޯޓާއެކު، ސުހާ އެލިމިނޭޓްވެއްޖެ
10 އެޕްރީލު 2022

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

10 އެޕްރީލު 2022
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު