Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގްރޭސް މުގާބޭ

މެޑަމް ގްރޭސް މުގާބޭ!

މުގާބޭ ވަނީ ގްރޭސް ވެރިކަމަށް ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 5 މާރިޗު 2017 | އާދީއްތަ 19:08
ޒިމްބާބުވޭ ރައީސްގެ އަބިކަނބަލުން ގްރޭސް

ޒިމްބާބުވޭ ރައީސްގެ އަބިކަނބަލުން ގްރޭސް

ޒިމްބާބުވޭގެ ފަސްޓްލޭޑީ މެޑަމް ގްރޭސް މުގާބޭ އަކީ ވަރުގަދަ ކަމަނާއެކެވެ. ރައީސް މުގާބޭ ވަނީ އެމަނިކުފާނަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނީ އަނބިކަނބަލުން ގްރޭސް މުގާބޭ ކަމަށް އިއުލާނު ކުރައްވާފަ އެވެ.

ޒިމްބާބުވޭގެ ވެރިކަމުގެ ބާރުގައި އުޅޭ ހުރިހާ ފަރާތްތައް ވެސް އެންމެ ބޮޑަށް ކިޔަމަންވަނީ ގްރޭސް އަށެވެ. ކެބިނެޓް މިނިސްޓަރުންތަކުން ފެށިގެން ސިފައިންނަށް ދަންދެން އުޅެނީ ގްރޭސްގެ ހިޔަނީގަ އެވެ. ގްރޭސްގެ މައިގަނޑު މަސައްކަތްޕުޅަކީ މުގާބޭ ޕްރޮމޯޓް ކުރުމެވެ. ކެމްޕޭންތައް ކުރެއްވުމުގައި ކުރީ ސަފުގައި އެންމެ ފޯރީގައި އުޅުއްވަނީ ގްރޭސް އާއި ގްރޭސްގެ ޓީމެވެ. މުގާބޭ އަށް ވުރެ ހަރަކާތްތެރިކޮށް ފެނިގެން ދަނީ ގްރޭސް އެވެ.

އުމުރުފުޅު މައްޗަށް ދިއުމުގެ ސަބަބުން ހަރަކާތްތެރިކަން ކުޑަވެފައިވާ، ރައީސް މުގާބޭ، އަނބި ކަނބަލުން ގްރޭސް ވެރިކަމަށް ގެނެއުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންދާ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތައް ދިޔައީ ބުނަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ރެލީއެއްގައި ގްރޭސް ވަނީ މިހާރު ވެސް ވެރިކަން ކުރައްވަނީ އެކަމަނާ ކަމަށް ވިދާޅުވެފަ އެވެ.

ޒިމްބާބުވޭގެ ނައިބު ރައީސް އެމާސަން ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް ފައި ވިއްދައިގެން ހުންނެވި ނަމަވެސް، އެ ފުރުސަތު މުގާބޭ ނުދެއްވާނެ ކަމަށް ދިރާސާކުރައްވާ ފަރާތްތަކުން ބުނެ އެވެ. އޭގެ ބަދަލުގައި ދެން ވެރިކަމަށް އަރާ ވަޑައިގަންނަވާނީ ގްރޭސް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. މުގާބޭގެ އުމުރުފުޅުން 93 އަހަރުވެފައިވާއިރު އަދި މިހާރު އާލާސްކަންފުޅާ އުޅުއްވާ އިރު، ނައިބު ރައީސްގެ ސަޕޯޓަރުން ގެންދަވަނީ ވެރިކަން ދޫކޮށްލެއްވުމަށް ގޮވާލަމުންނެވެ. ނަމަވެސް، މުގާބޭގެ ރައްދު ވަރަށް ސާފެވެ. ވެރިކަން ކުރައްވާނީ އެމަނިކުފާނު ނޫނީ ގްރޭސް އެވެ. ގްރޭސް ދާދި ފަހުން ވިދާޅުވީ، ސަންދޯކުގައި އޮންނަވައިގެންވެސް ކުރިއަށް އޮތް އިންތިޚާބުގައި މުގާބޭ ވާދަ ކުރައްވާނެ ކަމަށެވެ.

ގްރޭސްއާ ގުޅުވައިގެން ތަފާތު ވާހަކަތައް މީޑިއާގައި ފެންމަތިވެފައި އެބަހުއްޓެވެ. އެގޮތުން، ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީ އަށް ލަގްޒަރީ ގަނޑުވަރެއް ވިއްކެވި ވާހަކައާއި، ޒިމްބާބުވޭގެ އިގްތިސާދު އިދަޖެހިފައިވަނިކޮށް ޕެރިސް އަށް ވިޔަފާރި ދަތުރެއް ކުރައްވައި 120،000 އެމެރިކާ ޑޮލަރު ޚަރަދުކުރެއްވި ވާހަކަ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ދައުލަތުގެ ޚަޒާނާ އިން ފަސް މިލިއަން ޕައުންޑް ނެންގެވުމާއި، ނޫސްވެރިޔަކަށް ހަމަލާ ދެއްވުން ވެސް ފާހަގަކޮށްލެވެ އެވެ.

ދަރުމަ އަށް ގިނަ މަސައްކަތްތައް ވެސް ގްރޭސް ކުރައްވަ އެވެ. ދައުލަތުގެ ޚަޒާނާ އިން ފައިސާ ނަންގަވައިގެން ގްރޭސްގެ ނަންފުޅުގެ މަތީގައި ދަނޑުތަކާއި ކިރު އުފައްދާ ޕްލާންޓްތައް ވަނީ ގާއިމްކޮށްފަ އެވެ. އަދި ދައުލަތުގެ ޚަޒާނާގެ ފައިސާ އާއި ޗައިނާގެ ކޮންޓްރެކްޓަރުންނަށް ގައުމުން ބިން ދޫކުރައްވައިގެން ޔުނިވާސިޓީއަކާއި ހޮސްޕިޓަލެއް ވެސް ގްރޭސްގެ ނަންފުޅުގެ މަތީގައި އިމާރާތް ކޮށްފައިވެ އެވެ. މި ތަންތަނަކީ މުގާބޭ އަށް ތާއީދު އިތުރުކުރުމަށް ގްރޭސް ބޭނުން ކުރައްވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އެތަންތަނުގެ ޚިދުމަތް ލިބެނީ މުގާބޭ އަށް ތާއީދުކުރާ މީހުންނަށެވެ.

ގްރޭސްއާ ގުޅޭ ގޮތުން މިދިޔަ އަހަރު އިވުނު އެންމެ ވަރުގަދަ ވާހަކައަކީ 1.4 މިލިއަން ޑޮލަރުގެ އަގުބޮޑު ޑައިމަންޑް އަނގޮޓިއެއް ބައްލަވައިގަތް ވާހަކަ އެވެ. މި ހުރިހާ ކަންތައްތަކާއެކު ގްރޭސް އަކީ މުޅި ދުނިޔޭގައި ހުރި އެންމެ ކޮރަޕްޓް ފަސްޓް ލޭޑީ ކަމަށް ދުނިޔޭގެ އެކި މީޑިއާތަކުން ސިފަކުރަން ފެށި އެވެ.

ޒިމްބާބުވޭގެ ދައުލަތުގެ ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ގްރޭސްގެ ހަރަކާތްތަކަށް ފަންޑުކޮށް ދިނުން މަޖުބޫރުކުރުވާފައި ވާއިރު، އެގައުމުގެ ކުންފުނިތަކާއި ސިވިލް ސާވެންޓުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސް ނުދެވުނީ ގްރޭސްގެ އަގުބޮޑު ދިރިއުޅުމަށް ޚަރަދުކުރަން ޖެހުނީތީ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޒިމްބާބުވޭގެ 95 އިންސައްތަ މީހުންނަށް ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ ހިތާމައާއި ކުރިމަތިލާން ޖެހިފައިވާއިރު، ގްރޭސް ގެންދަވަނީ ދައުލަތުގެ ފައިސާ އިން މަޖާކޮށް އުފާކުރަމުންނެވެ. ގްރޭސް ވިދާޅުވާ ގޮތުންނަމަ ދައުލަތުގެ ފައިސާއަކީ އެކަމަނާގެ ވެސް ފައިސާ އެވެ. އެހެންކަމުން އެއިން އެކަމަނާ އަށް ވާ ބައި ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާބަހޭ މުގާބޭ، ސާބަހޭ މުގާބޭ

ސާބަހޭ މުގާބޭ، ސާބަހޭ މުގާބޭ

23 ޖުލައި 2018
އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

07 މެއި 2018
ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

20 މާރިޗު 2018
ރޮބަރޓް މުގާބޭ: އަނިޔާވެރި ވެރިއެއްގެ ދިގު ވެރިކަމުގެ ނިމުން

ރޮބަރޓް މުގާބޭ: އަނިޔާވެރި ވެރިއެއްގެ ދިގު ވެރިކަމުގެ ނިމުން

16 ނޮވެމްބަރު 2017
ރައީސް މުގާބޭގެ ވެރިކަމާ ވައްތަރީ ކޮންވެރިކަމެއް؟

ރައީސް މުގާބޭގެ ވެރިކަމާ ވައްތަރީ ކޮންވެރިކަމެއް؟

27 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު