Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 20

އެމްޑީޕީ އެއޮތްގޮސް ރޭސް ނިންމަނީ، އެހެން ޕާޓީތައް ކޮބާ؟

15 ޖެނުއަރީ 2020 | ބުދަ 12:56

އެމްޑީޕީން ގެންދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ކުރަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ޖެނުއަރީ 2020 | ބުދަ 12:56
އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު, ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، ވަގުތު މިދަނީ ކުޑަތަން ވަމުންނެވެ. އިންތިޚާބަށް ކުރިމަތިލުމަށް މާލަސްތަކެއް ނުވެ، އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކުރާނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ދަނީ، އެކޮމިޝަނަށް ޤާނޫނުން މަތިކޮށްފައިވާ އަދި އެކޮމިޝަނުން ނިންމާފައިވާ ތާވަލުތަކާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރަމުންނެވެ.

މީގެ ކުރިންވެސް ލޯކަލް ކައުންސިލް ތިން އިންތިޚާބެއް ބާއްވާފައި ވެއެވެ. އެއިން ކޮންމެ އިންތިޚާބެއްގައިވެސް އެންމެ ކާމިޔާބު ޕާޓީއަކީ މިހާރު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އެވެ. ސަރުކާރާ އިދިކޮޅުގައި އޮތަސް އެމްޑީޕީ ފާހަގަ ކުރެވެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި، އަދި އެހެން އިންތިޚާބުތަކުގައި ވެސް އެންމެ ބޮޑެތި ކާމިޔާބުތައް ހޯދާ ޕާޓީގެ ގޮތުގައެވެ. އެގޮތުން، އެންމެ ފާހަގަކޮށްލެވެނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ސަރުކާރުގެ ހުރިހާ ވަޞީލަތްތަކާއި، މުވައްޒަފުން ބޭނުންކޮށްގެން، އަދި ނުވިތާކަށް ދައުލަތުގެ އެތައް މިލިއަން ރުފިޔާއިން ވައްކަންކޮށްގެން، ކެމްޕެއިން ކުރިއިރު، އިދިކޮޅުގައި އޮވެ، އެމްޑީޕީން މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން، މުޅި ރާއްޖެއިން ހޯދި ކާމިޔާބެވެ.

ކެމްޕެއިނަކީ އެމްޑީޕީއަށް ވަރަށް ފަރިތަ އެއްޗެކެވެ. ކެމްޕެއިން ކުރުމާއި، އެކަން ކުރުމުގެ ރޫޙު ހުރީވެސް އެމްޑީޕީގައެވެ. އެމްޑީޕީގެ ޢާންމު މެންބަރުން ޕާޓީއަށް މަސައްކަތްކޮށް، ކެމްޕެއިން ކޮށްދެނީ ފައިސާއަކަށް ނޫނެވެ. ނުވިތާކަށް އެމީހަކަށް ވީވަރަކުން ޕާޓީގެ ކަންކަމަށް ޚަރަދު ކުރާ މީހުން ވެސް ވަކި މަދެއް ނޫނެވެ. އެހެންކަމުން އެމްޑީޕީއާ އެހެން ޕާޓީތަކާއި ވަރަށް ތަފާތެވެ. އެ ތަފާތު ކެމްޕެއިން ތަކުންނާއި، އިންތިޚާބުތަކުގެ ނަތީޖާތަކުން އެދަނީ ފެންނަމުންނެވެ.

އިންތިޚާބު ބޯމަތިވެގެން އުޅޭއިރު، އެމްޑީޕީން ނޫން ބަޔަކު ކެމްޕެއިނެއް ކުރާތަނެއް ނުފެނެ އެވެ. އެމްޑީޕީން ވަނީ އެޕާޓީގެ ޓިކެޓުގައި ކައުންސިލްތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެޕާޓީން ބާއްވާ ޕްރައިމަރީއަށް ހުޅުވާލާފައެވެ. އެގޮތުން ހުޅުވާލި މުއްދަތު ނިމުނުމުއިރު، މާލެ ސިޓީ އަށް 49 ކެންޑިޑޭޓުން، އައްޑޫ ސިޓީއަށް 44 ކެންޑިޑޭޓުން އަދި ފުވައްމުލައް ސިޓީ އަށް 15 ކެންޑިޑޭޓުން ވާދަ ކުރެއެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ރައީސްގެ މާޤާމުތަކަށް 53 ކެންޑިޑޭޓުން ވާދަކުރެއެވެ. ރަށު ކައުންސިލްތަކަށް 1067 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، ދާދިފަހުން ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ކުޅުދުއްފުށި ސިޓީގެ ކައުންސިލަށް ކުރިމަތި ލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީން އެޕާޓީގެ ޕްރައިމަރީގެ ޙަރަކާތްތައް ހިންގަމުން، ކެމްޕެއިން ވެސް އެވަނީ "އެޖެންޑާ 19 ރަށަށް" ނަމުގައި ފަށާފަ އެވެ. އެގޮތުން މިހާރު އެމްޑީޕީން 300 މެންބަރުން ހިމެނޭ ވަފުދެއް ކަނޑުމަގުން ފުރައިގެން ރާއްޖޭގެ އެންމެ އުތުރުގައި އެދަނީ "އެޖެންޑާ 19 ރަށަށް، ތިލަދުންމަތީ ދަތުރު" ނަމުގައި ކެމްޕެއިން ކުރަމުންނެވެ.

އެކަމަކު އެމްޑީޕީ ފިޔަވާ ދެން ހުރި ޕާޓީތަކުން އަދި އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ. ޕީޕީއެމުން އުޅެނީ އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން ގިނަކަމުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އިތުރަށް ވަގުތު ދީގެންނެވެ. ޖުމްހޫރީ ޕާޓީން ބުނަނީ ހުރިހާ ކައުންސިލަކަށް ވާދަކުރާނެ ކަމަށެވެ. ދެން ހުރި ޕާޓީތަކުން ވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެކަމަށް ބުނެއެވެ.

މިދާވަރުން ދަންޏާ، ކައުންސިލްތަކުގެ އިންތިޚާބުގެ ރޭސް އެމްޑީޕީން ނިންމާއިރު، ކައިރި ހިސާބަކުން އެހެން ޕާޓީތައް ފެންނާނެ ކަމާމެދު ޝައްކެވެ.

ޚާއްޞަކޮށް، އިދިކޮޅު ޕީޕީއެމް ކޯލިޝަން އުޅޭނީ ޝަކުވާތަކާއިގެންނެވެ. އަދި ވެސް ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރާތަނެއް ނުފެނެ އެވެ. އަދި ވެސް އުޅެނީ، ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއިން ވައްކަން ކޮށްފައިވާ، އިދިކޮޅު ކޯލިޝަނުގެ ލީޑަރު ޖަލުން ނުނެރެވިގެން ނެވެ. މިއީވެސް ފާޑެއްގެ ކަމެކެވެ. އިދިކޮޅު ލީޑަރު ޖަލުން ސަލާމަތް ކުރާ ވާހަކަ އިދިކޮޅު ކޯލިޝަނުގެ އިސްބޭފުޅުން ދައްކަވާއިރު، ކުރަނީ ކޮންކަމެއްތޯ އެވެ. ކުރާކަމެއް ނުއެއް ފެނެއެވެ. އިދިކޮޅު ލީޑަރު ޖަލަށްލިތާ ކައިރީގައި ދެތިން ރެއަކު، ޕާޓީ އޮފީސް ކުރިމަތީ މުޒާހާތައް ކުރިއެެވެ. ނަމަވެސް އެކަން ވެސް "ވައިވެގެން" އެންމެފަހުން ހުއްޓާލީއެވެ. ދެން މިދައްކަނީ މުޅިންވެސް "ހޮޅި ވާހަކަ" ތަކެވެ.

ކެމްޕެއިން ނުކުރެވިގެން އުޅެނީވެސް އިދިކޮޅު ލީޑަރު ޖަލުން ނުނެރެވިގެން ކަމަށް ބުނާއިރު، އެއީ ކެމްޕެއިން ކުރަން ދަންނަ، އަދި ލާމަރުކަޒީ ނިޒާމާ މުޅިން ދެކޮޅު ބޭފުޅެކެވެ. ވީމާ، ކެމްޕެއިން ކުރެވެން އޮތީ، އިދިކޮޅު ލީޑަރު ޖަލުން ނެރެގެން ކަމަށްވާނަމަ، އިތުރު ބަހަނާއެއް ނުދައްކާ ކައުންސިލުތަކުގެ އިންތިޚާބުގައި ބައިވެރިވުމަށް ވުރެ، ނުވުން މާރަނގަޅުވާނެ ނޫންތޯ އެވެ. އަދި އަމުދުން ލާމަރުކަޒީ ނިޒާމަށް ގަޔާނުވާ، ލީޑަރެއް ގޮވައިގެން ކުރާނެ ކެމްޕެއިން އޮންނާނެ ތޯއެވެ.

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2017

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!
09 ސެޕްޓެމްބަރު 2017

އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު

09 ސެޕްޓެމްބަރު 2017
އެހެން މީހުންނަށް ހަމްދަރުދީވުމުގައި ދިވެހިންގެ ލާމަސީލު މިސާލު
06 އޯގަސްޓު 2017

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!
26 ޖޫން 2017

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް
15 ޖޫން 2017

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް
01 މެއި 2017

ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް

01 މެއި 2017
ހިންނަވަރު: އެމްޑީޕީން ސިއްކަ ޖަހާފައިވާ ރަށެއް
05 މާރިޗު 2017

މެޑަމް ގްރޭސް މުގާބޭ!

05 މާރިޗު 2017
މެޑަމް ގްރޭސް މުގާބޭ!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
07 ފެބުރުއަރީ 2017

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް