Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ޖުމުލަ 11 ފަންނާނުން ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަންގައި ބައިވެރިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 މާރިޗު 2022 | ހުކުރު 13:38
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ޓްރެއިލަރުގެ ބައެއް މަންޒަރުތައް

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ޓްރެއިލަރުގެ ބައެއް މަންޒަރުތައް

މިދިޔަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ރާއްޖެޓީވީން ގެނެސްދިން ރިއަލިޓީ ޝޯވ "ސެލެބްރިޓީ ރޭސް" ވަނީ އާންމުންގެ މަގުބޫލުކަން ހޯދާފައެވެ. އެގޮތުން އެންމެ ފަހުން ގެނެސްދިން ޝޯވ ތިންލައްކައަށްވުރެން ގިނަ މީހުން ވަނީ ބަލާފައެވެ. 

މިއަހަރުވެސް މިޝޯވގެ ދެވަނަ ސީޒަން ގެނެސްދިނުމަށް ރާއްޖެޓީވީން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ސެލެބްރިޓީ ރޭހަކީ ރިއަލިޓީ ޝޯވއަކަށްވާއިރު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ވަނީ ލޯންޗުކޮށްފައެވެ. އަދި އޭގެފަހުން ޝޯވގެ ބައިވެރިން ދައްކުވައިދޭ ޓްރެއިލަރެއްވެސް ވަނީ ރިލީޒްކޮށްފައެވެ.

ރާއްޖެޓީވީން އަނެއްކާވެސް މިވަނީ ޝޯވގެ ބައެއް މަންޒަރުތައް ދައްކުވައިދޭ އިތުރު ޓްރެއިލަރެއް ލޯންޗުކޮށްފައެވެ. މި ޓްރެއިލަރުން ބައިވެރިން ބައެއް ތަމްރީނުތައް ފުރިހަމަ ކުރާތަން ފެނިގެންދެއެވެ. އަދި ޓާކްސްތަކަށް ފުރިހަމައަށް ތައްޔާރުވެގެން ތިބިއިރު، މޫދުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ޓާސްކުތައްވެސް ބައިވެރިން ފުރިހަމަ ކުރާތަން ފެނިގެންދެއެވެ.

މިއަހަރުގެ ޝޯވގައި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިންގެ އިތުރުން، މޮޑެލިންގ ދާއިރާއިން މަޝްހޫރު ފަރާތްތަކާއި، ޓީވީ ޝޯވ ހުށައަޅައިދޭ ފަރާތްތައްވެސް ބައިވެރިވެއެވެ. އެގޮތުން ރިޝްމީ، އައްޒަ، ފުބޫ، ރޯމަން، ދޮނާ، އިފްނާޒް އަދި ފަރީލާގެ އިތުރުން، މޮޑެލިންގ ދާއިރާގައި ޙަރަކާތްތެރިވާ ނޫރު އަދި ޓީވީ ޝޯވ ހުށައެޅުންތެރިންގެ ތެރެއިން ޝަބާ އަދި ސުހާ އާއި، ކޮރިއޯގްރަފީގެ ދާއިރާއިން މަޤްބޫލު ރިޗާރޑު މިފަހަރުގެ ސީޒަންގައި ފެނިގެންދާނެއެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ރާއްޖެޓީވީން އުފައްދާ ރިއަލިޓީ ޝޯވ ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2 ގެ މެއިން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އަދި ރާއްޖޭގެ މަޤްބޫލު ޕްރެޒެންޓަރެއް ކަމަށްވާ އާމިރު ސަލީމެވެ. އަދި ކޯ ހޯސްޓެއްގެ ގޮތުގައި އެމްއެންޑީއެފްގެ ބޭކަނބަލެއް ކަމަށްވާ ހައްވާ ނަޖްލާ ފެނިގެންދާނެއެވެ. ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯއެވެ. މި ޝޯވގެ ފުރަތަމަ ސީޒަން ކުރިއަށް ގެންދިޔައީ ދ. އަތޮޅުގެ 11 ފަޅު ރަށެއްގައެވެ.

މިދިޔަ އަހަރުގެ ޝޯވ ފަދައިން މިއަހަރުގެ ޝޯއަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް މިވަނީ ބެލެވިފައެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް

އިތުރަށް ކިޔާލަން

04 ޖޫން 2022

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

04 ޖޫން 2022
އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
07 މެއި 2022

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

07 މެއި 2022
އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
23 އެޕްރީލު 2022

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: 6 ބައިވެރިންގެ ވޯޓާއެކު، ސުހާ އެލިމިނޭޓްވެއްޖެ

23 އެޕްރީލު 2022
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: 6 ބައިވެރިންގެ ވޯޓާއެކު، ސުހާ އެލިމިނޭޓްވެއްޖެ
15 އެޕްރީލު 2022

"ރިޝްމީ އާއި ޝަބާ ޝޯވްއިން އެލިމިނޭޓްވެއްޖެ"

15 އެޕްރީލު 2022
"ރިޝްމީ އާއި ޝަބާ ޝޯވްއިން އެލިމިނޭޓްވެއްޖެ"
15 އެޕްރީލު 2022

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

15 އެޕްރީލު 2022
"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު