Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރުއްގަސްތައް ނަގާ މައްސަލަ

ރިސޯޓުތައް ހިއްކާއިރު އެތަންތަން ފެހި ކުރުމުގެ ދުރު ރާސްތާ ޕްލޭނެއް އޮންނަންވާނެ: ނައީމް

27 އެޕްރީލު 2022 | ބުދަ 17:38

ކޮންމެހެން ބޭނުމެއް ނެތަސް ބައެއް ފަހަރު ކައުންސިލްތަކުން ރުއްގަސްތައް ނަގައިގެން ވިއްކާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 އެޕްރީލު 2022 | ބުދަ 17:38
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް

ރިސޯޓުތައް ހިއްކާއިރު އެތަންތަން ފެހި ކުރުމުގެ ދުރު ރާސްތާ ޕްލޭނެއް އޮންނަންވާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ހޭޅިފަށުގައްޔާއި އެތަން މިތާނގައި ހެދިފައި ހުންނަ ރުއްތައް މީހުންގެ ރުއްތަކާއި ބަންޑާރަ ރުއްތައް ނަގައިގެން މަގު ހެދުމުގެ ނަމުގައި އަދި ކޮންމެހެން ބޭނުމެއް ނެތަސް ބައެއް ފަހަރު ކައުންސިލްތަކުން ރުއްގަސްތައް ނަގައިގެން ވިއްކާ ކަމަށެވެ.

Advertisement - newsAdvertisement

ބޭނުމެއް އޮވެގެން ނަގާ ރުއްގަސްތަކާއި ބޭނުމެއް ނެތިގެން ސީދާ ރިސޯޓުތަކަށް ގެންދިޔުމުގެ ބޭނުމުގައި ނަގާ ރުއްގަސްތައް ވެސް ހިމެނޭ ކަމަށާއި މިކަމަށް ހައްލު އެބައޮތް ކަމަށާއި ނަމަވެސް އެ ހައްލާ ދިމާލަށް އަދި މަސައްކަތް ނުކުރެވޭ ކަމަށް ނައީމް ވިދާޅުވިއެވެ.

ފަޅު ހިއްކައިގެން ހަދާ ރިސޯޓްތައް ފެހި ކުރުމަށް ރުއްގަސް ނަގާ މައްސަލަ ބޮޑުވެފައިވާއިރު ތިމާވެއްޓަށް ބެލުމެއްނެތި އެތައް ސަތޭކަ ރުކެއް އެތައް ރަށަކުން ނަގައިގެން ގެންދިޔަ މައްސަލައެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.

ކުރީގެ ގަވައިދު ބުނާގޮތުން 10 ރުކަށްވުރެ ގިނައިން ނަގާނަމަ އީއައިއޭ ހަދަން ޖެހެ އެވެ. ނަމަވެސް 2017 ގައި އެ ގަވައިދަށް ގެނައި އިސްލާހުގައި ބުނަނީ 200 ރުއް ނުވަތަ 8،250 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ސާފު ކުރާނަމަ އީއައިއޭ ހަދަން ނުޖެހޭނެކަމަށެވެ.

ރުއްގަސް އުފުރުމާއި ބެހޭ ޤަވާއިދެއް މިހާރުވެސް އެބައޮތްކަން ފާހަގަކުރައްވާ ނައީމް ވިދާޅުވީ އެއްވެސް ބޭނުމެއް ނެތި ރިސޯޓުތަކަށް ރުއްގަސް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނައީމް ވިދާޅުވީ ރުއްގަހާއި ބެހޭގޮތުން އަލަށް ހަދާ ޤަވާއިދުގައި ވަރަށް ގިނަކަންތައް ބަލަން ހުންނާނެ ކަމަށެވެ. މިހާރު ޤަވާއިދު އޮތީ އެންމެ ފަހުގެ ޑްރާފްޓް ސްޓޭޖްގައި ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

މަގޫ ހިރުންދު ދިއްގާ ފަދަ ގަސްތައް ހައްދައިގެން ބައެއް މީހުން ބޮޑެތި ކުރާ ކަމަށާއި އެކަން ކުރަނީ ސީދާ ގަސްތައް ބޭރު ކުރުމުގެ ނިޔަތުގައި ކަމަށް ވެސް ނައީމް ވިދާޅުވިއެވެ. އެކަން ބައެއް މީހުން ފަށައިގެން އުޅޭއިރު ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

އީއައިއޭ ހަދަން ޖެހޭ ވަރަށް ގިނަ ޕްރޮޖެކްޓްތަކުގައި އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެންމެ ފަހުގެ ތިން އަހަރު ވަރަށް ގިނަ އީއައިއޭ ދޫކުރެވިފައިވާ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

އީޕީއޭފަލަ ސުރުޚީ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް