Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް-19 ރާއްޖޭގެ ހާލަތު

ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވީ 37 މީހުން، ޕޮޒިޓިވް ކޭސްއެއް ނުފެންނަ އެއްދުވަސް

އަތޮޅުތަކުން 205 މީހުން ވަނީ ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 އެޕްރީލު 2022 | ހޯމަ 16:29
ކޮވިޑަށް ޓެސްޓުކުރަނީ

ކޮވިޑަށް ޓެސްޓުކުރަނީ

ފާއިތުވި ހަފްތާތެރޭގައި މާލެ ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 37 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޭޕްރީލް 17ން 25ށް ރާއްޖޭގެ ކޮވިޑް-19ގެ ތަފާސްހިސާބުތައް އެޗްޕީއޭއިން ހާމަކޮށްފައިވާއިރު މިމުއްދަތުގައި އަތޮޅުތަކުން 205 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެހެނިހެން ހިސާބުތަކުން 46 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ފާއިތުވި ހަފްތާ މުޅި ރާއްޖެއިން ކޮވިޑްއަށް ޕޮޒިޓިވްވެފައިވަނީ 288 މީހުންނެވެ.

Advertisement - newsAdvertisement

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރީލް މަހުގެ 23 ވަނަ ދުވަހު މާލެ ސަރަހައްދުން އެއްވެސް ކޭސްއެއް ރިކޯޑް ކުރެވިފައެއްނުވެއެވެ. ފާއިތުވި ހަފްތާ މާލެ ސަރަހައްދުން އެންމެ ގިނައިން ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 19 ވަނަ ދުވަހުއެވެ. އެއީ 12 މީހުންނެވެ. އޭގެކުރިން އޭޕްރީލް 17 އަދި 18 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ މިއިން ކޮންމެ ދުވަހަކު 7 މީހުންނެވެ.

އަތޮޅުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ އޭޕްރީލް 19ގައެވެ. އެއީ 68 މީހުންނެވެ. އެންމެ މަދުން މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 12 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 179،171ށް އަރާފައެވެ. އަދި 298 މީހުން ވަނީ ނިޔާވެފައެވެ.

ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،579ށް އަރާފައެވެ. ދެޑޯޒް 383،925 މީހުން ޖަހާފައިވާއިރު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 158،566ށް އަރާފައެވެ.

ކޮވިޑް-19އެޗްޕީއޭ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު