Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒިޔަދަމްގެ މަރުގެ މައްސަލަ

ޒިޔަދަމްގެ މަރު: ޚުލާސާ ބަޔާން އިއްވުން ކުރިއަށް

25 އެޕްރީލު 2022 | ހޯމަ 10:02

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އެޕްރީލު 2022 | ހޯމަ 10:02
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް | ރާއްޖެއެމްވީ

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ މާރޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30ހާއިރުއެވެ. މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އެރަށު ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

Advertisement - newsAdvertisement

މި ދެ މީހުންގެ މައްޗަށްވެސް ދައުލަތުން އުފުލާފައިވާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ, 2015 ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ 10:30ހާއިރު އެރަށު ވަގުތީހިޔާ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް, ޝަނޫނާއި ސިފާމް, އޭނާގެ ފަލަމަސްގަނޑަށް 8 އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ.

އަދި އެ ހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެ ދެ މީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާކަމަށް ދައުލަތުން އުފުލި ދަައުވާގައި ބުނެފައިވެއެވެ.

ޒިޔަދަމް މަރާލުމުގެ ދައުވާގެ އިތުރުން، އިތުރު ދެ ދައުވާއެއް އޭރު ޝަނޫންގެ މައްޗަށް އުފުލާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ މިހާރު ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ތާވަލު ކުރެވިފައި އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ޚުލާސާ ބަޔާން އިއްވުމެވެ. އެގޮތުން ފުރަތަމަ ދައުލަތަށް ވަނީ ފުރުސަތު ދެއްވާފައެވެ.

ދައުލަތުގެ ވަކީލު އެންމެ ފުރަތަމަ ވަނީ ޝަނޫންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއާ ގުޅޭ ޚުލާސާ ރިޕޯޓު އިއްވަވާފައެވެ. އެގޮތުން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައިވަނީ, ބަޔަކު ޒިޔަދަމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދަނިކޮށް އޭގެތެރެއިން މީހަކަށް ޝަނޫން ހަމަލާދިން ކަމަށް ބުނެއެވެ. މި މައްސަލައާ ގުޅޭގޮތުން ހެކިބަސް ދީފައިވާ ސިއްރު ހެކިވެރިން ވަނީ އެ މަންޒަރު ފެނުނުކަމަށް ބުނެ ހެކިބަސް ދީފައެވެ.

ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ, ޒިޔަދަމް މަރާލި ފަހުން ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކިކަމަށް ބުނެއެވެ. އެގޮތުން އެމީހާއަށް އިންޒާރުދީ، ބިރު ދައްކާފައިވާކަމަށް ސާބިތުކޮށްދިނުމަށް 7 ސިއްރު ހެއްކެއްވެސް ދައުލަތުން އޭރު ހުށައެޅިއެވެ. އޭގެ ތެރެއިން ބައެއް ސިއްރު ހެކިން ވަނީ ޝަނޫން އިންޒާރު ދީފައިވަނީ ޒިޔަދަމްގެ ބައްޕައަށް ކަމަށް ބުނެފައެވެ. އެގޮތުން "ލޮލަށް ވަޅި ޖަހާނެ" ކަމަށް ބުނެ އިންޒާރު ދީފައިވާކަމަށް ބައެއް ސިއްރު ހެކިން ބުނެއެވެ.

އެއަށްފަހު ދައުލަތުން ވަނީ ޝަނޫންއާއި ސިފާމްގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާ ގުޅިގެންވެސް ހެއްކާއި ގުޅޭގޮތުންނާއި ޚުލާސާ ގޮތުން ވާހަކަ ދައްކަވާފައެވެ.

ދައުލަތުން ބުނާ ގޮތުގައި ޒިޔަދަމްގެ ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވެފައިވެއެވެ. އެމީހުންގެ ތެރޭގައި ހިންގި މާރާމާރީގައި ފުރަތަމަ ޝަނޫން ވަޅި ހަރާފައިވަނީ ޒިޔަދަމްގެ ފައިގެ ފަލަމަސްގަނޑަށް ކަމަށް ދައުލަތުން ހުށައެޅި ހެކިތަކާއި ޙަވާލާދީ ޚުލާސާ ރިޕޯޓުގައި ފާހަގަކުރިއެވެ. އަދި އެހިސާބުން ޒިޔަދަމް ދުވެފައި ގޮސް ގެއަކަށް ވަނުމުން، އޭނާގެ ފަހަތުން ގޮސް، އޭނާއަށް ޙަމަލާދީ މަރާލީކަމަށް ދައުލަތުން ބުނެއެވެ.

ޝަނޫންގެ މައްޗަށް މި ދައުވާއާ ގުޅިގެން 9 ސިއްރު ހެއްކާކާއި، 10 ސީން އޮފް ކްރައިމް ރިޕޯޓުގެ އިތުރުންވެސް އިތުރު ކިތާބީ އަދި ޝަފަހީ ހެއްކެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން ބައެއް ސިއްރު ހެކިވެރިން ހާޒިރު ކުރެވިފައެއް ނުވެއެވެ.

ދައުލަތުން ޝަނޫންގެ މައްޗަށް ކުރާ ދައުވާތަކާއި ސިފާމްގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން ޚުލާސާ ގޮތެއްގައި ވާހަކަ ދައްކަވާފައިވާއިރު، ޝަރީއަތުގެ ވަގުތު ހަމަވިއިރުވެސް ދައުލަތުގެ ޚުލާސާ މުޅިން ނުނިމެއެވެ. ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ހުށައަޅާފައިވާ ޤާނޫނީ ނުކުތާތަކާއި، ދިފާއުގެ ޚުލާސާގެ ބައި ކުރިއަށް ގެންދެވުމަށް ނިންމަވާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އީދު ބަންދަށް ފަހު ފެށޭ ހަފްތާގައެވެ.

ކްރިމިނަލް ކޯޓްމީހުން މެރުން

އެންމެ ހިނގާ

1

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

2

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

3

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

4

ގުޅޭގޮތް ނުވި ބޭރުގެ 8 ކުންފުންޏެއްގެ ނަން އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!

20 ސެޕްޓެމްބަރު 2026
ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!
20 ސެޕްޓެމްބަރު 2026

ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި

20 ސެޕްޓެމްބަރު 2026
ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި
20 ސެޕްޓެމްބަރު 2026

އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް

20 ސެޕްޓެމްބަރު 2026
އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް
18 ސެޕްޓެމްބަރު 2026

ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފި

18 ސެޕްޓެމްބަރު 2026
ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފި
17 ސެޕްޓެމްބަރު 2026

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި

17 ސެޕްޓެމްބަރު 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި
16 ސެޕްޓެމްބަރު 2026

ޝާހް އަލޮމްގެ މަރު: ގާތިލުގެ ކިބައިން މަރަށްމަރު ހިފަން އާއިލާއިން ބޭނުންނުވާތީ އޭނާ އުމުރަށް ޖަލަށް!

16 ސެޕްޓެމްބަރު 2026
ޝާހް އަލޮމްގެ މަރު: ގާތިލުގެ ކިބައިން މަރަށްމަރު ހިފަން އާއިލާއިން ބޭނުންނުވާތީ އޭނާ އުމުރަށް ޖަލަށް!
10 ސެޕްޓެމްބަރު 2026

ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!

10 ސެޕްޓެމްބަރު 2026
ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!
08 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

08 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
07 ސެޕްޓެމްބަރު 2026

އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް

07 ސެޕްޓެމްބަރު 2026
އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް
06 ސެޕްޓެމްބަރު 2026

ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން

06 ސެޕްޓެމްބަރު 2026
ފުލުހުން އެދުނީ މައިމޫން އިތުރު 15 ދުވަހަށް ބަންދު ކުރަން، ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް