Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބުންޑަސްލީގާ

ޖެހިޖެހިގެން 10 ވަނަ ފަހަރަށް ބަޔާނުން ބުންޑަސްލީގާ ކާމިޔާބުކޮށްފި!

24 އެޕްރީލު 2022 | އާދީއްތަ 00:21

މި މޮޅާއެކު ބަޔާންގެ ތޯމަސް މުލަރ ވެފައިވަނީ 11 ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 24 އެޕްރީލު 2022 | އާދީއްތަ 00:21
ބަޔާނުން ބުންޑަސްލީގާ ކާމިޔާބުކުރުން

ބަޔާނުން ބުންޑަސްލީގާ ކާމިޔާބުކުރުން

ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކުން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކޮށްފިއެވެ.

ބަޔާނުން މުބާރާތް ކަށަވަރުކުރީ ހޮނިހިރު ދުވަހުގެރޭ ބޮރޫޝިޔާ ޑޯޓްމަންޑް ބަލިކޮށްގެންނެވެ. ތާވަލުގެ ދެވަނާގައި އޮތް ޑޯޓްމަންޑް ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި 15 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ސާޖް ގިނާބްރީއެވެ. އޭގެ ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ރޮބާޓް ލެވަންޑޮސްކީއެވެ. ނަމަވެސް ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޑޯޓްމަންޑަށް ފަރަގު ކުޑަކޮށްދިނީ ކޭންއެވެ. މެޗުގެ ފަހު ލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ މުސިއަލާއެވެ.

އަމިއްލަ ދަނޑުގައި ކުޅެގެން ބަޔާނުން މުބާރާތް ކާމިޔާބުކުރީ ލީގުގައި ބާކީ ތިން މެޗު ނުކުޅެ އޮއްވައެވެ. މިއީ ބަޔާނުން ބުންްޑަސްލީގާ ކާމިޔާބުކުރި 31 ވަނަ ފަހަރެވެ. އަދި މިއީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ލީގެއް ޖެހިޖެހިގެން 10 ފަހަރަށް ޓީމަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ބަޔާނުން މުބާރާތް ކާމިޔާބުކުރިއިރު، އެޓީމުން ވަނީ 31 މެޗު ކުޅެގެން 75 ޕޮއިންޓު ހޯދާފައެވެ. ދެވަނާގައި އޮތް ޑޯޓްމަންޑަށް 31 މެޗުން ލިބުނީ 63 ޕޮއިންޓެވެ.

މިއީ ބަޔާނުގެ ކޯޗުކުމާއި އަލަށް ހަވާލުވި ހޫލިއަން ނާގަލްސްމަންގެ ކޯޗިންގ ކެރިއަރުގައި ލިބުނު ފުރަތަމަ ތަށްޓެވެ. ހަމައެހެންމެ މި މޮޅާއެކު ބަޔާންގެ ތޯމަސް މުލަރ ވެފައިވަނީ 11 ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ބަޔާން މިއުނިކްބުންޑެސްލީގާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް