Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްކީރިތި ރަސޫލާ

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް

އިންސާނުން މިނެކިރާ މީޒާނުގައި އެންމެ ބަރު އެއްޗަކަށް ވާނީ ރިވެތި އަޚްލާގު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އެޕްރީލު 2022 | އާދީއްތަ 06:05
އަލް މަސްޖިދުލް ނަބަވީ

އަލް މަސްޖިދުލް ނަބަވީ

ކީރިތި ރަސޫލާ ﷺ އަކީ އެންމެހާ މީސްތަކުންނަށްވާ ނަމޫނާއެކެވެ. އެކަލޭގެފާނު ގެންނެވި ޝަރީޢަތް، ޢަމަލުފުޅުން ދައްކަވާފައިވެއެވެ. ޤުރުއާނުގައި ބާވާލައްވާފައިވާ ހުރިހާ ކަންތައްތަކެއް އެކަލޭގެފާނުވަނީ ޢަމަލުފުޅުން ދައްކަވައި، އަދި ފަސޭހައިން އެނގޭ ގޮތަށް މީސްތަކުންނަށް ކިޔައިދެއްވާފައެވެ.

އެކަލޭގެފާނު ގެންނެވި ޝަރީޢަތަކީ އެއީ އެންމެ ފަހުގެ ރިސާލަތުކަމާއި، އެއްވެސް އުނި އިތުރުކަމެއްނައިސް މި ޝަރީޢަތް ޤިޔާމަތާ ހަމައަށް ދެމި އޮންނާނެކަމަށް ވިދާޅުވެފައިވެއެވެ. ކީރިތި ރަސޫލާ ﷺ ގެނެސްދެއްވި ރިސާލަތު މީސްތަކުންނާހަމައަށް ފޯރުކޮށްދެއްވާފައިވެއެވެ. އަދި ކީރިތި ޤުރުއާނުގައި އެކަލޭގެފާނާ ގުޅޭ ގޮތުންވާ ވާހަކަތަކަށް ބަލާއިރު، ކީރިތި ރަސޫލާ ﷺ އަކީ މީސްތަކުންނަށް ވާ ނަމޫނާއެއްކަން އެނގިގެން ދެއެވެ.

އިސްލާމްދީނުގައި އަޚްލާޤަށް ވަރަށް މަތިވެރިކަމެއް ދެއްވާފައިވާއިރު ކީރިތި ރަސޫލާ ﷺ އަކީ އެންމެ ރިވެތި އަޚްލާގުގެ ވެރިޔާއެވެ. އިންސާނުން މިނެކިރާ މީޒާނުގައި އެންމެ ބަރު އެއްޗަކަށް ވާނީ ރިވެތި އަޚްލާގެވެ. މީސްތަކުންގެ ތެރެއިން އެންމެ ގިނަބަޔަކު ސުވަރުގެ ވައްދަވާ އެއްސަބަބަކީވެސް ރިވެތި އަޚްލާޤެވެ.

ކީރިތި ރަސޫލާ ﷺގެ ހަޔާތްޕުޅަށް ބައްލަވާއިރު، އެކަލޭގެފާނު ރިވެތި އަޚްލާގުގެ ސިފަތަކުން ޒީނަތްތެރިކޮށްދެއްވާތޯ ދުޢާކުރައްވައެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް ރިވެތި އަޚްލާޤު ލިބިގަތުމަށް ވާރިދުވެފައިވާ ދުޢާތަކަށް ކުރަންޖެހެއެވެ. އަދި އެކަންކަމަށް މާތްﷲ އަށް ގިނަގިނައިން ދުއާ ދަންނަވަންޖެހެއެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅަކީ އެކި ކަންކަމުގައި ނަމޫނާ ނެގިދާނެ ކަމެކެވެ. އެކަލޭގެފާނު އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަލުންނާއެކު ވަގުތު ހޭދަކުރެއްވިގޮތާއި އެކިކަންކަމުގައި އަނބިއަނބި ކަނބަލުންނާ މަޝްވަރާކުރެއްވުމާއި، އަނބިއަނބި ކަނބަލުންނަށް އެންމެ ލޯބިވާ ނަމުން މުޚާތަބް ކުރައްވައެވެ. މިއީ ހުސް ނަމޫނާ ނެގިދާނެ ކަންކަމެވެ.

ކީރިތި ރަސޫލާ ﷺ ގެ ހަޔާތްޕުޅަށް ވިސްނައި އެކަލޭގެފާނު ކަންތައް ކުރެއްވިގޮތަށް ކަންކަން އެބަކުރެވޭތޯ އެއީ މިއަދު ވިސްނާލަން ޖެހޭކަމެކެވެ. އެގޮތުން މީސްތަކުންނަށް އޯގާތެރިވުމާއި އަވަށްޓެރިންނަށް ކަމޭހިތުމާއި، މިކަންކަމަށް ވިސްނައި، އަޅުގަނޑުމެން އެކަލޭގެފާނު ނަމޫނާއަކަށް ބަލަންޖެހެއެވެ. އެގޮތަށް އަމަލުކޮށް އެކަލޭގެފާނު ދެއްކެވި ނަމޫނާއާ އެއްގޮތަށް އުޅެން ޖެހެއެވެ.

މާތް ﷲގެ ރުހިވޮޑިގަތުން ބޭނުންވާ މީހަކުނަމަ ކީރިތި ރަސޫލާ ﷺގެ ހަޔާތްފުޅުން ނަމޫނާ ލިބިގަތުމަށް އަންގަވާފައިވެއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ޙާދިސާއެއް ކިޔަންވާނީ، ބަލަންވާނީ އެއިން އިބްރަތް ލިބިގަނެ އެއިން ނަމޫނާ ލިބިގަތުމަށެވެ. އަޑުއެހުމުގެ ހުނަރަކީ މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް މުހިންމުކަމެކެވެ. އެއީވެސް ރަސޫލާގެ ހަޔާތްޕުޅުން ދަސްކުރަންޖެހޭ ނަމޫނާއެކެވެ.

ކީރިތި ރަސޫލާ ﷺ ކުޑަކުދިންނާއި މުސްކުޅި މީހުންނާމެދު ޢަމަލުކުރެއްވި އޯގާތެރި ގޮތްތަކަކީ ވެސް ނަމޫނާއެކެވެ. ބޮޑެތި މީހުންނަށް އިޚްތިރާމްކުރުމަށް ރަސޫލާ ﷺ އިރުޝާދުދެއްވާފައިވެއެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައްތަކަށް ޢަމަލުކޮށް، ރަސޫލާގެ ސިޔަރަތު އިތުރަށް ބަލައި ދިރާސާކޮށް އޭގައިވާ ގޮތަށް އުޅުން ބަދަލުކޮށް އެކަލޭގެފާނު ނަމޫނާއަކަށް ބަލައިގެން ދިރިއުޅުން ކުރިއަށްގެންދިޔުމަކީ ދިރިއުޅުމުގައި ލުއިފަސޭހަތަކާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމެކެވެ.

ކީރިތި ރަސޫލާ ﷺއިސްލާމް ދީންމަސްޖިދުއް ނަބަވީ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2024

މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް

05 އޮކްޓޯބަރު 2024
މި ދައުރުގައި ކުރެވޭ މަސައްކަތުން ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ: މިނިސްޓަރު ޝަހީމް
22 ޖޫން 2024

އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

22 ޖޫން 2024
އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ
05 އެޕްރީލު 2023

ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު

05 އެޕްރީލު 2023
ގެއަކީ ނިއުމަތެއް، ގެއާ ގުޅޭ ރީތި އާދަތައް ދަސްކުރަން ޖެހޭ: ޝެއިޚު އަލީ ޒާހިރު
25 މާރިޗު 2023

ނަބިއްޔާގެ ސީރަތުން، ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ: ޑރ. ޢަލީ ޒާހިރު

25 މާރިޗު 2023
ނަބިއްޔާގެ ސީރަތުން، ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ: ޑރ. ޢަލީ ޒާހިރު
26 ސެޕްޓެމްބަރު 2022

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދީނުން ބޭރުވާ މީހުންނަށް ދޭނެ އަދަބެއް ކަނޑައެޅިފައި އޮންނަން ޖެހޭ: ގާސިމް

26 ސެޕްޓެމްބަރު 2022
ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދީނުން ބޭރުވާ މީހުންނަށް ދޭނެ އަދަބެއް ކަނޑައެޅިފައި އޮންނަން ޖެހޭ: ގާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު