Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

މާތް الله ހަނދުމަކުރުމުން އެއްކިބާވާ މީހަކީ ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެއް: ޚުތުބާ

އަޅާގެ އަމަލުތަކުގެ ތެރެއިން ގިޔާމަތް ދުވަހު، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 މެއި 2025 | ހުކުރު 08:20
ހުކުރު ނަމާދުގެ ތެރެއިން

ހުކުރު ނަމާދުގެ ތެރެއިން

މާތް الله ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ގުރްއާނަށާއި، ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ތަގުވާވެރީންނަކީ، މާތް الله ހަނދުމަކުރާމީހުން މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތްﷲގެ ހަޟުރަތަށް އެންމެހައި މީސްތަކުން ރުޖޫއަކުރެއްވޭނޭ ދުވަހަށް، ރައްކާތެރިވެ ބިރުވެތިވެވޭނީ، މާތްﷲ އަށް ފުރިހަމަ ގޮތުގައި އީމާންވެ، އެ ކަލާނގެ ހަނދުމަކޮށްގެން ކަމަށާއި، ސުވަރުގޭގެ މަތިވެރި ސަވާބަށް އުންމީދުކޮށް، ނަރަކައިގެ ވޭންދެނިވި އަޒާބުގެ މަތީން ހަނދާންކޮށްގެން ކަމަށެވެ.

Advertisement - newsAdvertisement

މާތް الله ހަނދުމަކުރުމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި އަމަލަކީ ނަމާދު ގާއިމްކުރުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތް اللهއަށް އީމާންވުމަށް ފަހު، އެކަލާނގެ މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި އަޅުކަމަކީ ނަމާދު ކަމަށެވެ.

އަޅާގެ އަމަލުތަކުގެ ތެރެއިން ގިޔާމަތް ދުވަހު، އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި ކަމަށާއި، ނަމާދު ގާއިމުކުރުމަކީ މަރު އަމާންވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ކަށްވަޅުގެ އެކަނިވެރިކަމުންނާއި، އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި، ގިޔާމަތް ދުވަހުގެ ނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމުގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެ މީހަކު ކަނު މީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ. އެ މީހާ ދަންނަވާނެތެވެ. އަޅުގެ ވެރި ރަސްކަލާކޮ! ކަނުމީހެއްގެ ގޮތުގައި މި އަޅާ މަޙްޝަރަށް ފޮނުއްވެވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މި އަޅާ ވީމެވެ. އެ ކަލާނގެ ވަޙީކުރައްވާނެތެވެ. ހަމަ އެ ފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ކަލެޔާ ހަމަޔަށް އައެވެ. ފަހެ، އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމަ އެ ފަދައިން، މި އަދު ކަލޭގެ މަތީން ހަނދާން ނައްތައިލެވޭނެތެވެ.
ހުކުރު ޚުތުބާ

މާތްﷲއަށް ހަނދުމަކުރުމާއި، ނަމާދު ގާއިމުކުރުމާއި، ހެޔޮ އަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފުސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާހިޝު އަމަލުތައްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، ޖުވާކުޅުން ފަދަ ފާހިޝު އަމަލުތައް ކަމަށެވެ. މި އަމަލުތަކަކީ ޝައިތާނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށް ޓަކައި، ނުހަނު ޒީނަތްތެރިކޮށް، އޭނާއާ ކުރިމަތިކުރުވާ ކަންތައްތަކެއް ކަމަށެވެ.

މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ "ޝައިޠާނާ އެދޭކަން ކަށަވަރީ ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަ ތިބީ އެ ކަންތައްތައް ހުއްޓައިލާންހެއްޔެވެ؟ (އެބަހީ: ތިޔަބައިމީހުން އެކަންތައްތައް ހުއްޓައިލާށެވެ!)"
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ބިރުވެރިކަން ބޮޑުވެގެންވާ ގިޔާމަތް ދުވަސް އޮތީ ދާދި ކައިރީގައި ކަމަށާއި، އެއީ ﷲގެ ހަޟުރަތަށް މީސްތަކުން ހާޒިރުކުރެއްވޭނޭ ދުވަސް ކަމަށެވެ. ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް، ނަރަކަވަންތަވެރީން ނަރަކައަށް ވަންނަ ދުވަސް ކަމަށާއި، އެދުވަހަށް ތައްޔާރުވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ޚުތުބާގައި ބުނީ ދުންޔަވީ ކަންކަމުގައި އިންސާނީ ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަންކަން ރާވައި، ކުރިޔަށް ދެވިދާނެ ކަމަށާއި، ނަމަވެސް އުޚްރަވީ ކަންކަން ރާވާން އެނގޭނީ، ގުރްއާނާއި، ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلمގެ ސައްހަ ޙަދީޘްތަކުގެ އަލީގައި ކަމަށެވެ.

ގިޔާމަތްދުވަހާ މެދު ކަންކަން ރާވައި، އެ ދުވަހަށް ތައްޔާރުވާން ޖެހޭނީ، މި ދެ އަސްލުގެ އަލީގައި ކަމަށާއި، މާތް ﷲ ހަނދުމަކޮށްގެން ކަމަށެވެ. އަދި މާތްﷲއަށް ހަނދުމަކުރުމުގެ މާނައަކީ، ތިބާ އާހިރަތްދުވަހުގެ ހަޔާތާ މެދު ފަރުވާތެރިވެ، ހެޔޮ އަމަލުކުރުންމަތީ އުމުރު ހޭދަކުރުން ކަމަށާއި، މަރު ހަނދާންކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބިންހެލުމެއް އަތުވެދާނެތީ، ނުވަތަ ސުނާމީއެއް އަރައިފާނެތީ، ނުވަތަ ފުރާޅުތައް އުކައިލައި، ގަސްތައް މުލުން ލުހެލައި، ގެދޮރު ސުންނާފަތިކޮށްލައިފަނިވި ގަދަ ކޮޅިގަނޑުތައް ދެކެ ތިބާ ބިރުގަންނަ އިރު، އެއްވެސް ޝައްކެއްނެތި، ކަށަވަރުވަނިވި ދުވަހާ މެދު، ބިރުވެތިވާން ހަނދާންނެތޭކަމީ އަޖައިބެއް ކަމަށާއި، އެ ދުވަހަށް ތައްޔާރު ނުވެވޭކަމީ ހިތާމަހުރި ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި އަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރީން އެ ފަދަ އަމަލުތައްކުރުން މަތީ ގާއިމުވެތިބުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލުނު ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދޭ: ޑރ ޖަމީލް

ގެއްލުނު ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދޭ: ޑރ ޖަމީލް

16 ނޮވެމްބަރު 2017
އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން

އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން

13 ނޮވެމްބަރު 2017
ފްލެޓްތަކުގެ މައްސަލައިގައި އިދިކޮޅު މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީން މަލާމާތް ކޮށްފި!

ފްލެޓްތަކުގެ މައްސަލައިގައި އިދިކޮޅު މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީން މަލާމާތް ކޮށްފި!

17 ސެޕްޓެމްބަރު 2017
ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް

ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް

14 ސެޕްޓެމްބަރު 2017
އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތް ދަނީ ފެންނަމުން: ރައީސް މައުމޫން

އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތް ދަނީ ފެންނަމުން: ރައީސް މައުމޫން

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު