Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ރުޅި ކޮންޓްރޯލް ކުރުން

އިސްލާމްދީނުގައި ރުޅި ކޮންޓްރޯލް ކުރުމަށް ބޭނުން ކުރެވިދާނެ ފަސް ގޮތެއް

ގިނައިން ރުޅިވެރިކަން ދެއްކެނީ ފަހުން ހިތާމަކުރަންޖެހޭ އަދި ފަހުން ވިސްނާއިރު މޮޔަކަމަކަށް ހީވާ ޒުވާބުތަކުގައެވެ. ފާފަތަކާއި ހިތާމައަށް މަގުފަހިކުރާ މިބާވަތުގެ ރުޅި އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވިދާނެ އެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2024 | ބުދަ 07:13
ރުޅި ގަދަވެ ކޮންޓްރޯލް ނުވާނެހެން ހީވާ ކޮންމެ ފަހަރަކު، އެކަމަށް ޚާއްސަ ދުޢާ ކުރެވިދާނެ

ރުޅި ގަދަވެ ކޮންޓްރޯލް ނުވާނެހެން ހީވާ ކޮންމެ ފަހަރަކު، އެކަމަށް ޚާއްސަ ދުޢާ ކުރެވިދާނެ

ރުޅިއަކީ މައްސަލަތަކާއި ނުރައްކާތަކަށް ޖަވާބުދާރީވުމުގައި ގިނަފަހަރަށް ދުޅަހެޔޮ އިހުސާސެކެވެ. ނަމަވެސް ކޮންޓްރޯލް ނުކުރެވޭ ފަހަރު ރުޅި ގެއްލުންދެނިވި އެއްޗަކަށް ވެ، އަހަރެމެންގެ ގުޅުންތަކަށް އަސަރުކޮށް، އަހަރެމެންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރެއެވެ. ނަމަވެސް އިސްލާމްދީން ރުޅިއާ ބެހޭ ގޮތުން ބުނަނީ ކީކޭ ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ޞާލިޙު އަޅުތަކުންގެ ސިފަތަކުގެ ތެރޭގައި އެމީހުންގެ ރުޅި ކޮންޓްރޯލް ކުރުން ހިމަނުއްވާފައިވެއެވެ: "އެމީހުން ތަނަވަސްކަމުގައްޔާއި ދަތިކަމުގައި ހޭދަކުރާ މީހުންނެވެ. އަދި ރުޅި މަޑުޖައްސާ މީހުންނެވެ. އަދި މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އަދި ﷲ އިޙްސާންތެރިންދެކެ ލޯބިވެވޮޑިގަންނަވައެވެ." (ޤުރްއާން 3:134)

އަހަރެމެންގެ ރުޅި ކޮންޓްރޯލް ކުރުމަކީ ނަބަވީ ޙަދީޘްތަކުގައިވެސް އަބަދުވެސް ބާރުއަޅުއްވާފައިވާ ކަމެކެވެ. އަބޫ ހުރައިރާ (ރަޟިއަﷲ ޢަންހު) ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "މީހަކު ނަބިއްޔާ ﷺ އަށް ދެންނެވިއެވެ. "އަހަންނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރުޅި ނާންނާށެވެ." އޭނާ އެ ސުވާލު އެތައް ފަހަރަކު ތަކުރާރުކުރިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. "ރުޅި ނާންނާށެވެ" (ޞަޙީޙުލް ބުޚާރީ، ނަންބަރު 6166) 

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް، ގިނައިން ރުޅިވެރިކަން ދެއްކެނީ ޒަވާޖީ ދެބަސްވުންތަކުގައެވެ. އެއީ ފަހުން ހިތާމަކުރަންޖެހޭ އަދި ފަހުން ވިސްނާއިރު މޮޔަކަމަކަށް ހީވާ ޒުވާބުތަކުގައެވެ. އެހެންވީމާ، ފާފަތަކާއި ހިތާމައަށް މަގުފަހިކުރާ މިބާވަތުގެ ރުޅި އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ނަބަވީ ސުންނަތުން ނަގާފައިވާ ރުޅި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ފަސް ކަމެއް ކިޔާލަ ދޭނަމެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. "މީހަކު ރުޅިއައިސްފިނަމަ، أعوذُ باللهِ مِنَ الشيطانِ الرجيم ކިޔައިފިނަމަ، އޭނާގެ ރުޅި ދާނެއެވެ." (ޞަޙީޙުލް ޖާމިޢުއް ޞަޣީރު، ނަންބަރު 695) މިކަން އެހެން ރިވާޔަތެއްގައިވެސް ބަޔާންވެގެންވެއެވެ: "ދެ މީހަކު ނަބިއްޔާ ﷺ ގެ ޙަޟްރަތުގައި އެކަކު އަނެކަކަށް ހަޑިހުތުރު ބަސްތައް ބުންޏެވެ. ދެން އެއިން މީހެއްގެ ލޯ ރަތްވެ، ކަރުގެ ނާރުތައް ފުއްޕާލިއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. "އަހަރެން ބަހެއް ދަންނަމެވެ. މި (މީހާ) އެ ބަސް ބުނެފިނަމަ، އޭނާއަށް (ރުޅި) ފިލައިދާނެއެވެ. އަހަރެން ﷲ ގެ ޙަޟްރަތުން ލަޢުނަތްލެވިފައިވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކަން އެދެމެވެ..." (ސުނަން އަބީ ދާވޫދު، ނަންބަރު 4781) މި ރިވާޔަތްތައް ޤުރުއާނުގެ އާޔަތަކާވެސް އެއްގޮތެވެ. "އަދި ޝައިޠާނާގެ ފަރާތުން ވަސްވާހެއް ކަލޭގެފާނަށް އަތުވެއްޖެނަމަ، ފަހެ، ﷲ ގެ ޙަޟްރަތުން ރައްކާތެރިކަން އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، އައްސަވާވޮޑިގެންވާ، ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ޤުރުއާން 7:200). މިއިން ސާފުކޮށް ދޭހަވަނީ ރުޅިއަކީ ހަމަކަށަވަރުންވެސް ޝައިޠާނާގެ ވަސްވާހެއްކަމެވެ. ހަމައެކަނި އެކަން ހަނދާންކުރުމުންވެސް ބައެއް މީހުންގެ ރުޅި ކޮންޓްރޯލްކުރުމަށް އެހީތެރިވެދާނެއެވެ. އެހެންކަމުން، ފުރަތަމަ ގޮތަކީ، ޤުރުއާނުގެ އާޔަތެއްގައި އަދި އެތައް ނަބަވީ ޙަދީޘެއްގައި ތަކުރާރުކޮށް ބަޔާންވެގެންވާ ގޮތަށް، މިފަދައިން ކިޔުމެވެ: أعوذُ باللهِ مِنَ الشيطانِ الرجيم އަހަރެން ﷲ ގެ ޙަޟްރަތުން ލަޢުނަތްލެވިފައިވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކަން އެދެމެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ރުޅިއައިސްފިނަމަ، އަދި އޭނާ ހުރީ ތެދުވެގެން ކަމުގައިވާނަމަ، އިށީނދެގަންނާށެވެ. އޭރުން އޭނާގެ ރުޅި ދާނެއެވެ. އަދި އެހެން ނުވެއްޖެނަމަ، އޮށޯވެގަންނާށެވެ." (ޞަޙީޙު އިބްނު ޙިއްބާން، ނަންބަރު 5688)އެބަހީ، ރުޅިއައިސްފިނަމަ، ޖިސްމާނީ ޙާލަތު ބަދަލުކުރާށެވެ. ތެދުވެގެން ހުރިނަމަ، އިށީނދެގަންނާށެވެ. އިށީނދެގެން ހުރިނަމަ، އޮށޯވެގަންނާށެވެ. މިކަމުން ހަށިގަނޑުގެ ގަދަފަދަކަން މަޑުޖެހި، ކުއްލިއަކަށް ހަށިގަނޑާއި ނޭވާލުމުގެ ވައްޓަފާޅިއަށް ސަމާލުކަން ލިބެއެވެ. އެގޮތަށްވެސް ނުވެއްޖެނަމަ، ނުވަތަ މިހާރުވެސް އޮށޯވެފައި އޮތްނަމަ، ރުޅިއަރުވާ މީހާ ނުވަތަ ޙާލަތުން ދުރަށް ދާށެވެ. ޖިސްމާނީ ގޮތުން ދުރުވުމުން ހިތްހަމަޖެހި، ކަންކަން ސާފުކޮށް ދެނެގަތުމަށް އެހީތެރިވެދޭނެއެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ރުޅިއަތުވެއްޖެނަމަ، އޭނާ ހަނުހުންނާށެވެ." (މުސްނަދު އަޙްމަދު، ނަންބަރު 2137) އަހަރެމެންގެ ތެރެއިން ކިތައް މީހުންތޯ ރުޅިގަދަވެގެން ފަހުން ދެރަވެ، މަޢާފަށް އެދެންޖެހޭ ވާހަކަތައް ދައްކާފައިވަނީ؟ ރުޅިއައުމަކީ އާންމުކޮށް ދިމާވާ ކަމެއް ނަމަވެސް، ވާހަކަދެއްކުމުގެ ކުރިން އިޙްސާސްތައް މަޑުޖެހެންދެން މަޑުކުރުމުން އޭގެ ނޭދެވޭ ނަތީޖާތައް ކުޑަކުރެވިދާނެއެވެ. މިގޮތަށް މަޑުކުރުމުން އަވަސްއަވަހަށް ދެކެވޭ ވާހަކަތަކާއި އޭގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތައް ހުއްޓުވިދާނެއެވެ.

ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ރުޅިއަންނަނީ ޝައިޠާނާގެ ފަރާތުންނެވެ. އަދި ޝައިޠާނާ ހެއްދެވީ އަލިފާނުންނެވެ. އަލިފާން ނިއްވާލެވެނީ ފެނުންނެވެ. ވީމާ، ތިޔަބައިމީހުންނަށް ރުޅިއަތުވެއްޖެނަމަ، ފެނުން ވުޟޫކުރާށެވެ." (ސުނަން އަބީ ދާވޫދު، ނަންބަރު 4784)މި ޙަދީޘުން ދޭހަވަނީ ވުޟޫކުރުމުން ޖިސްމާނީގޮތުންނާއި ރޫޙާނީގޮތުން ހިތްހަމަޖެހުން ލިބިދާނެކަމެވެ. އިތުރު ފައިދާއެއްގެ ގޮތުގައި، އަހަރެމެންގެ އިޙްސާސްތައް މަޑުޖެހުމުގެ އިތުރުން، އަހަރެމެންގެ ސަމާލުކަން ވަގުތީ ފިކުރުތަކުން އާޚިރަތްދުވަހާ ދިމާއަށް ބަދަލުކޮށްދެއެވެ. އެއީ މުއުމިނުންގެ ހައިސިއްޔަތުން އަހަރެމެންގެ އެންމެ މަތިވެރި މަޤްޞަދެވެ.

އަބޫ ދަރުދާ (رضي الله عنه) ވިދާޅުވިއެވެ. "އަހުރެން ދެންނެވީމެވެ. 'އޭ ﷲގެ ރަސޫލާއެވެ! ސުވަރުގެއަށް ވައްދާނެ ޢަމަލެއްގެ ވާހަކަ އަހުރެންނަށް ކިޔައިދެއްވާށެވެ.' ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. 'ރުޅިނާންނާށެވެ. އޭރުން ތިބާ ސުވަރުގެ ވަންނާނެއެވެ." (އަލްމުޢުޖަމުލް އަވްސަޠު ލިއްޠަބަރާނީ، ނަންބަރު 2353)އަދި ރުޅި ކޮންޓްރޯލްކުރުމުން ޢަޒާބުން ސަލާމަތްވެދާނެކަމަށް ބަޔާންކުރާ ރިވާޔަތްތަކެއްވެސް ވެއެވެ. އިބްނު ޢުމަރު (رضي الله عنه) ރިވާކުރެއްވިއެވެ: "ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "މީހަކު އޭނާގެ ދޫ ހިފަހައްޓައިފިނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ އައިބުތައް ފޮރުއްވާނެއެވެ. މީހަކު އޭނާގެ ރުޅި ކޮންޓްރޯލްކޮށްފިނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާ އެކަލާނގެ ޢަޒާބުން ސަލާމަތްކުރައްވާނެއެވެ. އަދި މީހަކު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މަޢާފަށް އެދިއްޖެނަމަ، އެކަލާނގެ އޭނާގެ މަޢާފަށް އެދުން ޤަބޫލުކުރައްވާނެއެވެ." (އިބްނު އަބީ ދުންޔާ، ނަންބަރު 21)

މަތީގައިވާ ގޮތްތަކުގެ އިތުރުން، ރުޅިއައިސް ކޮންޓްރޯލް ގެއްލިދާނެކަމަށް ހީވާ ކޮންމެ ފަހަރަކު، އަންނަނިވި ދުޢާ ކިޔާށެވެ. އުއްމު ސަލަމާ (رضي الله عنها) ވިދާޅުވިއެވެ. އަހުރެން ދެންނެވީމެވެ: "އޭ ﷲގެ ރަސޫލާއެވެ! އަހުރެން އަމިއްލައަށް ދުޢާކުރުމަށް ދުޢާއެއް އަހުރެންނަށް އުނގަންނައިދެއްވަފާނުތޯއެވެ؟" ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ކިޔާށެވެ: اللَّهُمَّ اغْفِرْ لِي ذَنْبِي، وَأَذْهِبْ غَيْظَ قَلْبِي، وَأَعِذْنِي مِنْ مُضِلاتِ الْفِتَنِ مَا أَحْيَيْتَنَا. އޭ ރަސޫލާ ﷺ ގެ ވެރި އިލާހެވެ! އަޅުގެ ފާފަތައް ފުއްސަވާނދޭވެ. އަޅުގެ ހިތުގެ ރުޅި ފިލުއްވައިދެއްވާނދޭވެ. އަދި އިބަ އިލާހު އަޅަމެން ދިރުއްވާހައި ހިނދަކު މަގުފުރެދުމުގެ ފިތުނަތަކުން އަޅު ސަލާމަތްކޮށްދެއްވާނދޭވެ." (މުސްނަދު އަޙްމަދު، ނަންބަރު 26576)

ކޮމެންޓް

އިތުރަށް ކިޔާލަން

އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.

އިޙްސާންތެރިންނަކީ ރުޅި އަންނަ ހިނދު ކެތްތެރިވާ މީހުންނެވެ.

08 މެއި 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު