Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއިލް-ފަލަސްތީން

ފާއިތުވި ދެ ހުކުރުގައި އަގްސާ މިސްކިތުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި މީހުންގެ އަދަދު 200ން މައްޗަށް

ހުކުރު ދުވަހުގެ މި ހަމަނުޖެހުންތަކުގައި އިސްރާއިލް ސިފައިން ރަބަރު ވަޒަން ބޭނުންކޮށްގެން ހަމަލާތައް ވަނީ ދީފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 އެޕްރީލު 2022 | ހޮނިހިރު 15:22
އިސްރާއިލް ސިފައިންނާ ފަލަސްތީންގެ އާންމު ރައްޔިތުންނާ ދެމެދު މިވަނީ ވިދިވިދިގެން ދެ ހުކުރު ދުވަހު އަގްސާ މިސްކިތުގައި ކުރިމަތިލުންތައް ހިނގާފައި

އިސްރާއިލް ސިފައިންނާ ފަލަސްތީންގެ އާންމު ރައްޔިތުންނާ ދެމެދު މިވަނީ ވިދިވިދިގެން ދެ ހުކުރު ދުވަހު އަގްސާ މިސްކިތުގައި ކުރިމަތިލުންތައް ހިނގާފައި

އަލް-އަގްސާ މިސްކިތުގައި އިސްރާއިލްގެ ސިފައިންނާ ފަލަސްތީންގެ އާންމު ރައްޔިތުންނާ ދެމެދު ވިދި ވިދިގެން ދެ ހުކުރު ދުވަހު ކުރިމަތިލުންތައް ހިނގާފައިވާއިރު، މި ކުރިމަތިލުންތަކުގައި އަނިޔާވި މީހުންގެ އަދަދު ވަނީ 200ން މައްޗަށް އަރާފައެވެ.

ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުން ފާއިތުވި ހުކުރު ދުވަހު އަނެއްކާވެސް އިސްރާއިލްގެ ސިފައިންނާ ފަލަސްތީންގެ އާންމު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.

އިސްރާއިލުން ބުނަނީ ގާޒާއިން އެގައުމަށް ދެ ރޮކެޓް ހަމަލާ ފޮނުވާލާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ރޮކެޓް ހަމަލާ ފެއިލްވި ނަމަވެސް ދެ ވަނަ ހަމަލާ އެގައުމުގެ ބޯޑަރަށް އަމާޒުވެފައިވާ ކަމަށް އިސްރާއިލާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވެއެވެ.

ފަލަސްތީނުން ބުނަމުން އަންނަނީ އެގައުމުގެ މުސްލިމު ރައްޔިތުންނަށް އަގްސާ މިސްކިތުގައި ނަމާދުކޮށް އަޅުކަން ކުރުމުގެ ފުރުސަތު އިސްރާއިލުން ނުދޭ ކަމަށެވެ. މިސްކިތުގައި އިސްރާއިލް ސިފައިން ހަމަނުޖެހުން ހިންގާކަމަށް ފަލަސްތީންގެ ރައްޔިތުން ބުނަމުންދާއިރު އިސްރާއިލުން ދަނީ މިކަން ދޮގުކުރަމުންނެވެ.

އިސްރާއިލުން ބުނަނީ އެގައުމުގެ ސިފައިން މުސްލިމުން އަޅުކަން ކުރާ ސަރަހައްދަށް ދާން ޖެހުނީ ފަލަސްތީންގެ އާންމު ރައްޔިތުން ހިލަ އަދި ހަވާ ބޭނުންކޮށްގެން ޔަހޫދީންނަށް ހަމަލާދޭން ފެށުމުންކަމަށެވެ.

ހުކުރު ދުވަހުގެ މި ހަމަނުޖެހުންތަކުގައި އިސްރާއިލް ސިފައިން ރަބަރު ވަޒަން ބޭނުންކޮށްގެން ނަމާދަށް ގޮސްތިބި މީހުންނަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ އިރު، ޑްރޯން ބޭނުން ކޮށްގެން އިސްރާއީލް ސިފައިން ވަނީ މިސްކިތުގައި ތިބި މީހުންނަށް އަމާޒުކޮށް ކަރުނަ ގޭސްވެސް ޖަހައިފައެވެ. މީގެ ސަބަބުން އެތަނުގައި ތިބި އެތައް ހާސް ރައްޔިތުންނަށް ވަނި ނޭވާ ހާސްވުމުގެ މައްސަލަ ކުރިމަތި ވެފައެވެ.

މީގެ ކުރީ ހަފުތާގެ ހުކުރު ދުވަހު އަގްސާ މިސްކިތުގައި ހިނގާދިޔަ ހަމަނުޖެހުމުގައި ފަލަސްތީނުގެ 158 މީހަކަށްވަނީ އަނިޔާވެފައެވެ. އަދި 400ށްވުރެ ގިނަ މީހުން ހައްޔަރު ކުރިއެވެ. މާޗް މަހުން ފެށިގެން ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި 29 މީހަކު ވަނީ މަރުވެފައެވެ.

އިސްރާއިލް ސިފައިންގެ އަނިޔާވެރި ހަމަލާތައް ކޮންމެ ރަމްޟާން މަހަކުވެސް އިތުރު ކުރާކަން ފާހަގަ ކުރެވިފަވެއެވެ.

ފަލަސްތީނުއިޒްރޭލްއަލް-އަގްސާ މިސްކިތް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު