Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ޔުނައިޓެޑް ވިކްޓްރީ ތިނަކަށް!

ވެލެންސިޔާ ވަނީ ހަތަރަކަށް ވެއްޓިފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 އެޕްރީލު 2022 | ބުރާސްފަތި 22:38
ޔުނައިޓެޑް ވިކްޓްރީން ލަނޑުޖެހުމށްފަހު އުފާފާޅުކުރަނީ

ޔުނައިޓެޑް ވިކްޓްރީން ލަނޑުޖެހުމށްފަހު އުފާފާޅުކުރަނީ

ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ޓީސީ ސްޕޯރޓްސް ކްލަބް ބަލިކޮށް, ޔުނައިޓެޑް ވިކްޓްރީން ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ. ޔޫވީން މެޗު ކާމިޔާބުކުރީ 3-2 ނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-1 ން ދެޓީމް އެއްވަރުވެގެންނެވެ. ފުރަތަމަ ލަނޑުޖަހާ ޔޫވީން ކުރި ހޯދީ 4 ވަނަ މިނިޓްގައެވެ. އެޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ ހައިޝަމްއެވެ. 27 ވަނަ މިނިޓްގައި ޓީސީއަށް އެއްވަރުކޮށްދިނީ ހަމްދޫން އަބުދުލްލަތީފެވެ. އޭނާ ލަނޑު ޖެހީ ހިލޭޖެހުމަކުންނެވެ. ދެވަނަ ހާފް ފަށައިގެން ހަތްވަނަ މިނިޓްގައި ޔޫވީން ދެވަނަ ފަހަރަށް ކުރި ހޯދީ މޮހްރީ އެއިސޫކޭގެ ލަނޑުންނެވެ. އަދި އަހުމަދު ބައްސާމް މުޙައްމަދު ނައީމްގެ ލަނޑުން ލީޑް ފުޅާކުރިއެވެ. ބައްސާމްގެ ލަނޑަށް ދެވަނަ މިނިޓްގައި ޓީސީގެ ހައިސަމް ރަޝީދު ލަނޑެއްޖަހާ އުއްމީދެއް ހޯދައިދިނެވެ. އެކަމަކު ނަތީޖާއަށް އިތުރު ބަދަލެއް ނައެވެ.

ޔުނައިޓެޑް ވިކްޓްރީ ތިންވަނައަށް ޖެހިލީ 10 މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު 9 މެޗުން 13 ޕޮއިންޓާއެކު އޮތް ވެލެންސިޔާ ހޮނިހިރުދުވަހުގެރޭ ގްރީން ސްޓްރީޓްސް ބަލިކޮށްގެން އަލުން ތިންވަނަ ހޯދޭނެއެވެ. ޓިސީ އޮތީ 10 މެޗުން 11 ޕޮއިންޓާއެކުއެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ވާދަކުރާނީ އެއްވަނާގައި އޮތް މާޒިޔާއާއި ފުލުގައި އޮތް ދަ ގްރާންޑޭއެވެ.

ދިވެހި ޕްރިމިއާ ލީގުދިރާގު ދިވެހި ޕްރިމިއާ ލީގުޓީސީ ސްޕޯޓްސް ކުލަބުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު