Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ނޫރައްދީން ބަންޑާރައިން ދިވެހި ސިފައިން އުފެއްދެވިތާ 130 އަހަރު

ސިފައިންގެ ފުރަތަމަ ވެރިޔަކީ މީރުބަހުރު އިސްމާޢީލް ދީދީ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 21 އެޕްރީލު 2022 | ބުރާސްފަތި 06:22
ދިވެހި ސިފަައިންގެ އިހުގެ ފޮޓޯއެއް

ދިވެހި ސިފަައިންގެ އިހުގެ ފޮޓޯއެއް

ދިވެހި ޤައުމު އުފެދުނީއްސުރެ ދިފާއީ ނިޒާމު ގާއިމުވެފައިވުމުން ހާސްއަހަރުގެ ދިފާއީ ތާރީޚެއް އެބައޮތް މިއަދު 21 އޭޕުރީލު 2022 މިއީ ދިވެހި ސިފައިންގެ ދުވަހެވެ.

ސިފައިންނަކީ ޤައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތަކޮށް ދިފާއުކުރުމަށް ހަށިގަނޑާއި ފުރާނައިން ޤައުމަށްޓަކައި ގުރުބާންވާ ގައުމީ މުވާތިނުންނެވެ.

ވީމާ، ސިފައިންގެ މުއައްސަސާއަކީ ޤައުމީ އެންމެ މުހިންމު މުއައްސަސާއެވެ.

ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރެވެނީ، މީގެ 130 އަހަރުކުރިން، އައްސުލްޠާން އިބްރާހީމް ނޫރައްދީން ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (ނޫރައްދީން ބަންޑާރައިން)ގެ ރަސްކަމުގައި، 21 އޭޕުރީލު 1892ގައި ދިވެހި ސިފައިން އުފެއްދެވި (ސިފައިންގެ 8 ބޭކަލުން ކަނޑައެޅުއްވި) ދުވަހަށް ނިސްބަތްކޮށެވެ.

ސިފައިންގެ ފުރަތަމަ ވެރިޔަކީ މީރުބަހުރު އިސްމާޢީލް ދީދީއެވެ.

ދިވެހި އަސްކަރީ ތާރީޚުގެ ވޭލާ އެވޭލާ (ކުރީ ޒަމާން އެންމެ ކުރީ ޒަމާނުގެ ބައެއް އުސްއަލިތަކަށް ބަލާއިރު، އުތީމު މަހާރަދުން (އައްސުލްޠާނުލް ޣާޒީ މުޙައްމަދު ސިރީ ސަވާދީއްތަ މަހާރަދުން)ގެ ރަސްކަމުގައި ހިޖުރީގޮތުން 981، މީލާދީގޮތުން 1573ގައި ދިވެހި ލަޝްކަރު (ދިވެހި ސިފައިން) އުފެއްދެވިއެވެ.

އޭގެފަހުން އުތީމު ދަރިކޮޅުން އުފެދުނު ދިވެހިރާއްޖޭގެ ޝުޖާޢީ (އާރާއިބާރުގަދަ / އަސްކަރީ) މަހާރަދުން ކަމުގައިވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އައްވަލު) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1621-1648) (ބޮޑު ރަސްގެފާނު) އެއީ، އަސްކަރީ ނުވަތަ ދިފާއީގޮތުން ދިވެހި ގަައުމަށް އެންމެ ވަރުގަދަ އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަދި ކަމުގެ އިލްމާއި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ މަހާރަދުންނެވެ.

ރާއްޖެއިން ބޭރުން، ރާއްޖޭގެ ދިފާއަށްޓަކައި އެޒަމާނަށް އެންމެ އެކަށޭނަ ބޮޑުބަޑިއާއި ހަތިޔާރު ހޯއްދެވުމާއި، ވެރިރަށް ފުރަމާލޭގަައި ދިފާއީ ބުރުޒުތައް ބިނާކުރެއްވުމާއި މާލޭ ބޮޑުފާރަކީ އެރަދުންގެ ކޮމާންޑަރ އިން ޗީފް ކަމުގައި މުޅިން އަލަށް ކުރެވުނު ވަރަށް ބޮޑެތި މަސައްކަތްތަކެއް އެންމެ ވަރުގަދަ އަސްކަރީ އަދި ދިފާއީ ގައުމީ ޚިދުމަތްތަކެކެވެ.

ބޮޑުރަސްގެފާނުގެ ލޭފަވެތި (ލޮބުވެތި) އަގުހުރި ދަރިކަލުން އައްސުލްޠާނުލް ޣާޒީ އިބްރާހީމް އިސްކަންދަރު (އައްވަލު) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަކީ (1648-1687) ބައްޕާފުޅަށްވުރެވެސް މާއަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ދިވެހި ގައުމަށް ކޮށްދެއްވި ދިވެހިރާއްޖޭގައި އެންމެ އައުދާނަ މަހާރަދުންނެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ޕޯޒުގީޒުންނާއި މަލާބާރީން ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކަކީ، އެދެބައިމީހުން ރާއްޖެ އަޅުވެތި ކުރި ފަހަރުތަކަށްވުރެ ބޮޑެތި ޢުދުވާނީ ހަމަލާތަކެކެވެ.

އިސްކަންދަރު ރަސްގެފާނަކީ މިބޮޑެތި އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ދިވެހި އަސްކަރުގެ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފް އަދި ޣާޒީ ރަަސްކަލެއްގެ ޝަރަފު ލިބިވަޑަައިގެންނެވި މަތިވެރި މަހާރަދުންނެވެ.

ރާއްޖެ އިސްލާމްވުމަށްފަހު 1153 އިން ފެށިގެން މަލިކައްޑޫ (މަލިކުން އައްޑޫއަށް) މުޅި ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ހަމައެކަނި މަހާރަދުންވެސްމެއެވެ.

ޕޯޗުގީޒުންނާއި މަލާބާރީންނަށް އެހާތަނަށް ދިވެހިރާއްޖެއިން ދެމުންއައި ޖިޒީ ނުދެއްވައި، ދިފާއީ ސިޔާދަތީ ބާރާއެކު އަމިއްލަވަންތަ ދިވެހިގައުމުގެ ރަސްކަން ކުރެއްވި ގައުމީ ބަޠަލެވެ.

ރާއްޖޭގެ ދިފާއީ އަދި އަސްކަރީ ތާރީޚަށް ބަލާއިރު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1759-1767) ދޮންބަންޑާރައިންނާއި، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި މަހާރަދުން (1767- 1773) ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައންގެ އަގުހުރި ގައުމީ އަސްކަރީ ޚިދުމަތްތައް ތާރީޚުގައި ވަނީ ރަން އަކުރުންނެވެ.

މި 2 ރަސްކަލުންނަކީވެސް، ބޭރުގެ އުދުވާނީ ހަމަލާތަކުން ދިވެހި ޤައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި މަތިވެރިވި ދިވެހި އަޖުދާދުން ގައުމީ އަބްޠާލުންނެވެ.

ރާއްޖޭގެ ދިފާއީ ތާރީޚަށް ބަލާއިރު، ރާއްޖޭގައި މީސްތަކުން އާބާދުވެ، ރާއްޖޭގެ ސަރަހައްދު ކަނޑައެޅި ރާއްޖޭގެ ވެރިކަމެއް ގާއިމުވެ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެދުނީއްސުރެ ދިވެހި އަސްކަރިއްޔާ ނުވަަތަ ދިފާއީ ނިޒާމު ގާއިމުވެފައިވެއެވެ.

މީގެ ސާސްކަފެއް ނުވަތަ ހާސްއަހަރު ކުރިން، ރާއްޖެ އިސްލާމްވުމުގެ ކުރީގަައި ރާއްޖޭގެ ރަސްކަން ކުރެއްވި މަހާ ބަރަަަނަ ރަދުންނަކީ މަލިކައްޑޫ (މަލިކުން އައްޑޫއަށް) މުޅި ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި އެންމެ ފުރަތަމަ މަހާރަދުން ކަމަށް ބެލެވެއެވެ.

ނޫރައްދީން ބަންޑާރައިންއިހުގެ ސިފައިންސިފައިންގެ ދުވަސް 2022

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ސެކިއުރިޓީ ބަލަހައްޓަންތިބި ބޮޑީގާޑުންނަށް މެޑަލް ދެއްވައިފި

ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ސެކިއުރިޓީ ބަލަހައްޓަންތިބި ބޮޑީގާޑުންނަށް މެޑަލް ދެއްވައިފި

14 ސެޕްޓެމްބަރު 2022
ސިފައިން ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް މިހާރު ވަނީ ހޯދިފައި: ރައީސް

ސިފައިން ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް މިހާރު ވަނީ ހޯދިފައި: ރައީސް

14 ސެޕްޓެމްބަރު 2022
މިއަދު ޒަޢާމަތުގައި ހުންނެވީ ރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫން: މިނިސްޓަރ މާރިޔާ

މިއަދު ޒަޢާމަތުގައި ހުންނެވީ ރާއްޖޭގެ ސަރަޙައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ޤައުމަކަށް ދޫކޮށްލައްވާނެ ވެރިއެއްނޫން: މިނިސްޓަރ މާރިޔާ

13 ސެޕްޓެމްބަރު 2022
"މިންތީގެ ހަމަހަމަކަމަށް ލީޑަރޝިޕުން އިސްކަންދޭތީ، ސިފައިންގޭގަ އަންހެނުންގެ ބައިވެރިވުން ދަނީ އިތުރުވަމުން"

"މިންތީގެ ހަމަހަމަކަމަށް ލީޑަރޝިޕުން އިސްކަންދޭތީ، ސިފައިންގޭގަ އަންހެނުންގެ ބައިވެރިވުން ދަނީ އިތުރުވަމުން"

23 އެޕްރީލު 2022
ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

07 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު