Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

18 އޯގަސްޓު 2021 | ބުދަ 10:50

ރާއްޖެ އިސްލާންވުމަށްފަހުގައި ވެސް އަރަބި ނަންނަން ކިޔަމުން އައީ ދިވެހި އަޑަށް ފައްތައިގެން

| 18 އޯގަސްޓު 2021 | ބުދަ 10:50
ދިވެހިންނަށް ކިޔައި އުޅުނު ދިވެހި ސަގާފީ ނަންނަން

ދިވެހިންނަށް ކިޔައި އުޅުނު ދިވެހި ސަގާފީ ނަންނަން

ދިވެހިރާއްޖެ މީގެ 895 އަހަރު ކުރިން ހިޖުރީގޮތުން 548 ގައި އިސްލާންވުމުގެ ކުރިން ދިވެހީންނަށް ކިޔާފައިހުރީ ދިވެހި ނަންނަމެވެ. އަދި ރާއްޖެ އިސްލާމްވި ގަރުނު ކަމަށްވާ ހިޖުރައިން 6 ވަނަ ގަރުނާއި، 7 ވަނަގަރުނާއި 8ވަނަ ގަރުނު، އަދި މީލާދީން 12 ވަނަ ގަރުނާއި 13 ވަނަ ގަރުނާއި 14 ވަނަ ގަރުނުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންނަށް ދިވެހި ނަންނަން ކިޔާފައިވެއެވެ.

އެގޮތުން

އިސްލާން ދިވެހިރާއްޖޭގެ 2 ވަނަ ރަސްގެފާނު އައްސުލްތާން މުތެއި ކަލަމިންޖާ ((1166-1184މ)

4 ވަނަ ރަސްގެފާނު އައްސުލްތާން ދިނެއި ކަލަމިންޖާ (1192-1198މ)

5 ވަނަ ރަސްގެފާނު އައްސުލްތާން ދިހެއި ކަލަމިންޖާ (1198-1213މ)

6 ވަނަ ރަސްގެފާނު އައްސުލްތާން ވަޑި ކަލަމިންޖާ (1213-1232މ)

މި ރަސްރަސްކަލުން ފާހަގަކޮށްލެވެއެވެ.

ސޯމަވަންސަ ވަންހަ ނުވަތަ ހަނދުވަންހައިގެ މިނޫންވެސް ގިނަ ރަސްރަސްކަލުންނަށް ކިޔާފައި ވަނީ ދިވެހި ނަންނަން ފާހަގަކުރެވެއެވެ. އަދި ސަތުހިރި އައިސިރިފަދަ ދިވެހި ނަންނަމުގެ ވަޒީރުން ވެސް އެދުވަސްވަރު ތިއްބެވިއެވެ.

ރާއްޖޭގެ އެންމެމަތީ ވެރިކަން ކުރެއްވި އަންހެން ދެތިން ރަނިކަނބަލުންގެ ތެރެއިން 2 ރަނި ކަނބަލަކަށް ދިވެހި ނަން ކިއިފައވެއެވެ. އެއީ އައްސުލްތާނާ ރާދަފަތި ކަނބައިދިކިލެގެ (1359މ) އަދި އައްސުލްތާނާ ދާއިން ކަނބައިދިކިލެގެ (1363-1367މ) އެވެ.

ވޭތުވެދިޔަ 9ވަރަކަށް ގަރުނު ނުވަތަ 900 ވަރަކަށް އަހަރު ދިވެހި ނަންނަން ދިވެހިންނަށް ކިޔާފައިވެއެވެ. އަދި އަރަބި ނަންނަން ކިޔާފައިވިޔަސް އެއީ ރަސްމީ ލިޔުންތަކަށް ނުވަތަ ފޮތުގެ ނަމެއްގެ ގޮތުގައި އެކަނި ބަލައި، ދިވެހި ނަންނަން އާންމުކޮށް ކިޔުމުގެ ސަގާފަތަށް ވެސް 900 އަހަރުވަނީއެވެ.

ދިވެހިންނަށް އާންމުކޮށް ކިޔާއުޅުނު ނަންނަމުގެ ތެރެއިން ފޮތުގެ ނަމާއި އާންމު ނަމަކީ ކޮބައިކަމުގެ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.

ފިރިހެން

ފޮތުނަން - އާދަމް

އާންމުނަން- އާދަނު/އެޑަމް

ފޮތުނަން - އިބްރާހީމް

އާންމުނަން - އުނބުށޭމު/އިބޫ

ފޮތުނަން - އިސްމާއީލް

އާންމުނަން އިސްމާލު/އިއްސޭ

ފޮތުނަން - ޔޫސުފް

އާންމުނަން ޔޫސުބު/ ޔޫސޭ

ފޮތުނަން - އަބްދުﷲ

އާންމުނަން - އަބުދު، އަބުދާާ/ އައަލޯ، އަބުޅޯ

ފޮތުނަން މުހައްމަދު

އާންމުނަން -މޮހޮދޭ/ މުހައްމާ، މޯޑް

ފޮތުނަން - އަހުމަދު

އާންމުނަން އަހަންމަދު/ އަންދު، އަންމަޑޭ

ފޮތުނަން - އަލީ

އާންމުނަން - އައްޔު، އައްޔަ، އަލިބެ

ފޮތުނަން - ގާސިމް

އާންމުނަން - ކާސިމު

ފޮތުނަން - ހަސަން

ޢާންމުނަން ހަސަނު

ފޮތުނަން. - ހުސައިން

އާންމުނަން ހުސޭނު/ ހުސެން

އަންހެން

ފޮތުނަން - މަރްޔަމް

އާންމުނަން މަރިޔަނބު، މަރިޔަން/ މަރީ

ފޮތުނަން - ޒުލައިޚާ

އާންމުނަން - ދަލޭކަ

ފޮތުނަން. - ސަންފަ

އާންމުނަން ސަންޕަ

ފޮތުނަން - ޚަދީޖާ

އާންމުނަން - ކަތްދަ/ހައްޖަ

ފޮތުނަން - އާމިނަތު

އާންމުނަން އާމިނަ، އާމިނާ/އައިންތު

ފޮތުނަން - ފާތިމަތު

އާންމުނަން ފާތުމަ/ފާތުން

ފޮތުނަން - އާއިޝަތު

އާންމުނަން އައިސަ/އައިސްތު، އައިސާ

ދިވެހި ނަންނަން

ފިރިހެން

ރަދުން/ރަސްގެފާނު

ކަލަމިންޖާ

މަނިއްޕުޅު

ކަލާފާނު

މަތުއްކަލާ

ކަޅުތުއްކަލާ

ދޮންތުއްކަލާ

ކަލާ

ސީދީ

ތުއްތީދި

ރަހާ

ތަކުރު

ތުއްތު

މަނިކު

ކަލޯ

އަންހެން

ރަނި

ރެހެންދި

ރާދަފަތި

ކަނބައިދި

ކަނބާ

މާވާ

ސިއްތި

ދޮންދީދީ

ދޮށީދީދި

މެއްދީދި

ޅަދީދި

ހިޔަލަ

ކަމަނަ

ރަނާ

މަނިކެ

ކަނބުލޮ

ގޮއްޔެ

މަންޖެ

ދި/ދިޔެ

ކަލާއަކީ 1940ގެ އަހަރުތަކުގެ ކުރިން ހަމައެކަނި ފިރިހެނުންނަށް ބޭނުންކުރި ނަމެކެވެ. އަންހެނުންނަށް ކަނބާއެވެ. ކަލާ ދެޖިންސަށް ވެސް ބޭނުންކުރަން ފެށުނީ 1940ގެ އަހަރުތަކުގައެވެ. އަމީނީ ދައުރުގައެވެ.

ކަލާ / ކަނބާ

ކަލާފާނު / ކަނބާފާނު

ކަލުން / ކަނބަލުން

ދިވެހި ސަގާފަތު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2021

އޮޅުވައިނުލާށެވެ. ކާޅުގެ ހާއްޔަށް ބިސްއަޅަނީ ކޮވެއްޔެވެ.

05 ޑިސެމްބަރު 2021
އޮޅުވައިނުލާށެވެ. ކާޅުގެ ހާއްޔަށް ބިސްއަޅަނީ ކޮވެއްޔެވެ.
07 އޮކްޓޯބަރު 2021

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

07 އޮކްޓޯބަރު 2021
ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.
23 ސެޕްޓެމްބަރު 2021

ދިވެހި ވަތަނުގެ "ލާމަސީލު ރިހިދުލުގެ ވެރިޔާ"

23 ސެޕްޓެމްބަރު 2021
ދިވެހި ވަތަނުގެ "ލާމަސީލު ރިހިދުލުގެ ވެރިޔާ"
16 ސެޕްޓެމްބަރު 2021

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު
12 ސެޕްޓެމްބަރު 2021

ދިވެހި ރަސްކަމުގެ ގަނޑުވަރަށް އެންމެފަހުން ޒިޔާރަތްކުރެއްވި ބޭރުގެ ސަފީރު!

12 ސެޕްޓެމްބަރު 2021
ދިވެހި ރަސްކަމުގެ ގަނޑުވަރަށް އެންމެފަހުން ޒިޔާރަތްކުރެއްވި ބޭރުގެ ސަފީރު!
12 އޯގަސްޓު 2021

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު
01 އޯގަސްޓު 2021

މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.

01 އޯގަސްޓު 2021
މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.
31 ޖުލައި 2021

ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތީ 2 ޖަނަވަރީ 1889 އިން 26 ޖުލައި 1965 އަށް!

31 ޖުލައި 2021
ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތީ 2 ޖަނަވަރީ 1889 އިން 26 ޖުލައި 1965 އަށް!
22 ޖުލައި 2021

ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟

22 ޖުލައި 2021
ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟
18 ޖުލައި 2021

"ޑްރޯން ގާދޫންޏާއި ވައްލަޔާއި، ކުރަނގި"، ދިވެހި މަސްކަނޑުތަކަށް؟

18 ޖުލައި 2021
"ޑްރޯން ގާދޫންޏާއި ވައްލަޔާއި، ކުރަނގި"، ދިވެހި މަސްކަނޑުތަކަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް