Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ދިވެހި ރަސްކަމުގެ ގަނޑުވަރަށް އެންމެފަހުން ޒިޔާރަތްކުރެއްވި ބޭރުގެ ސަފީރު!

ރޫސީވިލާތާއި ދިވެހިރާއްޖޭގެ ގުޅުން ގާއިމުކުރެވުނީ 14 ސެޕްޓެމްބަރު 1966 ގައި

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 12:52
ދިވެހިރާއްޖެއާއި ރޫސީވިލާތުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނީ މީގެ 33 އަހަރުކުރިން 14 ސެޕްޓެމްބަރު 1966 ގައި

ދިވެހިރާއްޖެއާއި ރޫސީވިލާތުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނީ މީގެ 33 އަހަރުކުރިން 14 ސެޕްޓެމްބަރު 1966 ގައި

ދިވެހިރާއްޖެއަށް 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުއިރު ރާއްޖޭގައި އޮތީ ރަސްކަމެކެވެ. ރަސްކަން އުވިގެން ދިޔައީ މިނިވަންކަން ލިބުނުތާ 3 އަހަރު ފަހުން 11 ނޮވެމްބަރު 1968 ގައެވެ. އެހިސާބުން ފެށިގެން މިހާތަނަށްވެސް ގައުމު ހިންގަވަމުން ގެންދަވަނީ ރައީސެކެވެ. ގާއިމްވެފައި މިއޮތީ ޖުމްހޫރިއްޔާއެކެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރީ މިނިވަންކަމުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައެވެ. މާނަޔަކީ ރަސްކަން އުވިގެން ދިޔުމުގެ ކުރީގައެވެ. އިންޑިޔާއާއި އެމެރިކާއާއި ރޫސީވިލާތާއެކު ސިޔާސީ ގުޅުން ގާއިމްކުރީވެސް އެ މުއްދަތުގެ ތެރޭގައެވެ. މިނިވަންކަން ލިބުމުގެ ކުރީގައި ރާއްޖޭގެ ރަދުން މުހައްމަދު ފަރީދުގެ ޓައިޓަލްއަކީ އައްސުލްތާނެވެ. މިނިވަންކަން ލިބުމަށްފަހު ޖަލާލަތުލް މަލިކެވެ، މި ހަފުތާގެ އަންގާރަ ދުވަހަކީ ރޫސީވިލާތާއި ދިވެހިރާއްޖޭގެ ސިޔާސީ ގުޅުމަށް 55 އަހަރު ފުރޭ ދުވަހެވެ.

ރޫސީވިލާތާއި ދިވެހިރާއްޖޭގެ ގުޅުމަކީ ވަރަށްވެސް ޚާއްސަ ގޮތަކަށް ގާއިމްކުރެވުނު ވަރަށް ޚާއްސަ ގުޅުމެކެވެ. ދުވަސްވަރަކީ ފިނި ހަނގުރާމައިގެ ދުވަސްވަރެވެ. ނިއުކުލިއަރ ހަނގުރާމައެއްގެ ތުންފަތްމަތީގައި ދުނިޔެ އޮތް ދުވަސްވަރެވެ. ދިވެހިރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ގަބޫލުކޮށް ދިވެހިރާއްޖެއާ ގުޅުން ގާއިމްކޮށް އދ ގައި ދިވެހިރާއްޖެ ބައިވެރިކުރުން ފަދަ ކަންކަމަށް އެހީތެރިވެދިނީ ހުޅަނގުގެ ގައުމުތަކާއި އެމެރިކާގެ ބައިވެރިންނެވެ. އެކަން އެހެން އޮވެފައި ދިވެހިރާއްޖެއިން ރޫސީވިލާތާ ސިޔާސީ ގުޅުން ގާއިމްކުރި ކުރުމަކީ ވަރަށް ގިނަ ގައުމުތަކަށް ހައިރާންކަން ލިބުނު ކަމެއްކަމުގައިވިއެވެ.

ރޫސީވިލާތާއި ދިވެހިރާއްޖެ ސިޔާސީ ގުޅުން ގާއިމްކޮށް އެއްބަސްވުންތައް ބަދަލުކުރީ ސިލޯނުގެ ކޮޅުނބުގައި ދިވެހި ސަފީރު އަބްދުއްސައްތާރު މޫސާދީދީއާއި ރޫސީވިލާތުގެ ސަފީރު ލިއޮނިޑް ކޮރޯބިންއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު 14 ސެޕްޓެމްބަރު 1966 ގައެވެ. އޭރުގެ ރޫސީވިލާތަކީ މުޅިއެކު 15 ޖުމްހޫރިއްޔާއެއް ގުޅިގެން އުފައްދާފައިއޮތް ފެޑެރޭޝަނެކެވެ. ނަމަކީ ސޯވިއެޓް ޔޫނިއަނެވެ. އޭރު ސޯވިއެޓް ޔޫނިއަނުގެ ލީޑަރަކީ ލިއޮނިޑް ބްރެޒިނެވް އެވެ. ރޫސީވިލާތާއި ދިވެހިރާއްޖޭގެ ގުޅުމަކީ ޚާއްސަގޮތެއްގައި އިނގިރޭސިވިލާތަށް ވަރަށް ބޮޑު ސިހުމަކަށްވިއެވެ.

ދިވެހިރާއްޖެއާއި ރޫސީވިލާތުގެ ގުޅުމަކީ ދިވެހިރާއްޖެއަށް ހަގީގީ މާނައިގައިވެސް މިނިވަންކަން ލިބިފައިވާކަން ދުނިޔެއަށް ހާމަވެގެންދިޔަ ކަމެކެވެ. ކުޑަ ގައުމަކަސް ނިކަމެތި ގައުމަކަސް ދިވެހިރާއްޖެއިން ގުޅުން ބަދަހިކުރަން ބޭނުންވާ ކޮންމެ ބަޔަކާ ގުޅުން ބަދަހިކުރާނޭކަމާއި އެކަމަށް އެއްވެސް ހުރަހެއް ނެތްކަން ހާމަވެގެން ދިޔަ ކަމެކެވެ. ކުޑަ ގައުމުތަކުން އަމަލުކުރާނީ ކޮންމެހެން ބޮޑެތި ބާރުގަދަ ގައުމުތަކުން އަންގާ ގޮތަކަށް ނޫންކަންވެސް ހާމަވެގެންދިޔަ ކަމެކެވެ. އެދުވަސްވަރަކީ ހުޅަނގުގެ ނުފޫޒުގެ ދަށުގައި ތިބި ގައުމުތަކަށް ރޫސީންނާއި ގާތް ނުވުމަށް އެކި ގޮތްގޮތުން މަޖުބޫރު ކުރެވެމުންދިޔަ ދުވަސްވަރެކެވެ.

ދެ ގައުމުގެ މެދުގައި ގާއިމުކުރެވުނު ސިޔާސީ ގުޅުމަށްފަހު ރޫސީވިލާތުން ދިވެހިރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރަކީ ސިލޯނަށްވެސް ކަނޑައެޅިފައި ހުންނެވި ސަފީރު ލިއޮނިޑް ކޮރޯބިންއެވެ. އޭނާ މާލެވަޑައިގެން ސަފީރުކަމުގެ ފަތްކޮޅު ދިވެހިރާއްޖޭގެ ރަދުން މުހައްމަދު ފަރީދަށް އެރުވީ ޖެހިގެން އައި 1967 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތަކީ ވަރަށްވެސް ކުލަގަދަގޮތެއްގައި ވަރަށް ތާރީޚީ ގޮތެއްގައި ބޭއްވުނު ވަރަށް ތާރީޚީ ރަސްމިއްޔާތެކެވެ.

މިއީ ބޭރު ގައުމެއްގެ ސަފީރަކު ރާއްޖޭގެ ރަސްކަލަކަށް ފަތްކޮޅު އެރުވުމަށް ބޭއްވުނު އެންމެ ފަހުގެ ރަސްމިއްޔާތެވެ. މިއީ ބޭރު ގައުމެއްގެ މަންދޫބަކު ދިވެހި ރަސްކަމުގެ ކިއްލާއަށް ވަޑައިގެން ދިވެހި ރަސްކަލަކާ ބައްދަލު ކުރެއްވި އެންމެ ފަހު ފަހަރުވެސްމެއެވެ. މިއީ ދުނިޔޭގެ ބޮޑު ދެބާރުގެ ތެރެއިން ބާރެއްގެ ސަފީރަކު މާލެ ވަޑައިގެން ދިވެހި ރަސްކަލަކާ ބައްދަލު ކުރެއްވި އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަރުވެސްމެއެވެ. މިހުރިހާ ގޮތްގޮތުން މި ރަސްމިއްޔާތު ތާރީޚީ ރަސްމިއްޔާތަކަށް ވަނީއެވެ.

ދިވެހިރާއްޖެއާއި ރަޝިޔާގެ ސިޔާސީ ގުޅުންޚާރިޖީ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު