Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

ރާއްޖޭގައި މީލާދީ ތާރީޚު ބޭނުންކުރަން ފެށީ މީގެ 63 އަހަރު ކުރިން 1958 ގައި

ރާއްޖެ އެމްވީ | 12 އޯގަސްޓު 2021 | ބުރާސްފަތި 11:06
ހިޖުރީ އައު އަހަރު ފާހަގަކުރުން

ހިޖުރީ އައު އަހަރު ފާހަގަކުރުން

ހިޖުރީ އާއަހަރެއް ފެށުނީއެވެ. ހިޖުރީ 1443 ވަނަ އަހަރު ފެށުނީއެވެ. އެހެންވީމާ، ހިޖުރީ ތާރީޚާއި ދިވެހިރާއްޖެއާއި އަދި ތާރީޚު ޖެހުމާއި ބެހޭގޮތުން ބަލައިލުމަކީ ނެތް ކަމެއް ނޫނެވެ.

ދިވެހިރާއްޖެ އިސްލާމް ދީނަށް އެނބުރުނީ ހިޖުރީ ގޮތުން 548 ވަނަ އަހަރުއެވެ. އެއީ މީލާދީ ގޮތުން 1153 ވަނަ އަހަރެވެ. ދިވެހިރާއްޖެ އިސްލާމްވުމަށްފަހު 800 އަހަރަށް ވުރެ ގިނަދުވަހު ރާއްޖޭގެ ރަސްމީ ތާރީޚަކީ ހަމައެކަނި ހިޖުރީ ތާރީޚެވެ މީލާދީ ތާރީޚު ބޭނުންކުރަން ފެށީ މީގެ 63 އަހަރުކުރިން 1958 ގައެވެ. އަދި މިފެށުނު 1443ވަނަ އަހަރަކީ އިސްލާމް ދިވެހިރާއްޖެއަށް އައި 895 ވަނަ ހިޖުރީ އަހަރެވެ.

ހިޖުރީ އައު އަހަރުގެ ފެށުން ފާހަގަކުރުމަށްޓަކައި ރާއްޖޭގައި 1370 ވަނަ އަހަރަށް ޖެހިލާއިރު ނުވަތަ މީގެ 70 އަހަރުކުރީގެ އަހަރުތަކަށް ބަލާއިރު ބަޑިހެލުން، ސަލަވާތް އަދި މަޖިލިސުއްތަޝްރީފާތު ބާއްވަމުން އައިސްފައިވެއެވެ. މަޖިލިސުއްތަޝްރީފާތަކީ ޝަރަފުވެރިންގެ މަޖިލީހެވެ. އެއީ އަމީނީ ދައުރެވެ. އެދުވަސްވަރު ދިވެހިރާއްޖެއަށް "ރަށްވެހިފަތިސް އަލިވިލި" ރަށްވެހިކަމުގެ ފުރަތަމަ މުބާރާތް ބޭއްވިފައިވެއެވެ. މީގެ 70 އަހަރު ކުރިން އެ ފަތިހަކަށް އަލިވިލުނީ ހިޖުރީ އާއަހަރުގެ މުނާސަބަތުގައެވެ. އެއީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއް ހުރިހާ ރަށަކުން ބައިވެރިވި ރަށްވެހިކަމުގެ ފުރަތަމަ މުބާރާތެވެ. މުޅިރާއްޖެއިން އެފަހަރު 1 ވަނަ ލިބުނު އަތޮޅަކީ ބޮޑުތިލަދުންމައްޗެވެ. މުޅިރާއްޖެއިން 1 ވަނަ ރަށަކީ އެއަތޮޅުގެ ކުޅުދުއްފުށްޓެވެ.

ތާރީޚުޖަހަން ފެށުން

ދުނިޔޭގައި މީސްތަކުން ދިރިއުޅެން ފަށައި މީސްތަކުން އާބާދުވެ ތަހުޒީބުވާން ފެށުނީ، މީގެ ގާތްގަނޑަކަށް 5500 އަހަރުކުރިން ކަމަށްވެއެވެ. އެއިރު އުފެދުނު ތަހުޒީބުތަކުގެ ތެރޭގައި، ފުރާތުކޯރާއި ދިޖުލަތުގެކޯރާއި ދެމެދުގައި އުފެދުނު މޮސެޕޮޓޭމިއާގެ ތަހުޒީބާއި، މިސުރުގެ ތަހުޒީބާއި، ސޫމާރިއާގެ ތަހުޒީބު ފާހަގަކޮށްލެވެއެވެ. މިހުރިހާ ތަހުޒީބުތައް ހިމެނެނީ މެދުއިރުމަތި ސަރަހައްދުގައެވެ. މާތްވެގެންވާ އިބްރާހީމް ޢަލައިހިއްސަލާމް ދަތުރުފުޅުކުރެއްވި ސަރަހައްދުތަކުގައެވެ.

އިންސާނުންގެ މުހުތާދުތަކާއި ކަންކަމަށް ލިޔެކިޔުމުން ތާރީޚު ޖަހަން ފެށުނީވެސް އެދުވަސްވަރުގައެވެ. މީގެ5500 އަހަރު ކުރިންނެވެ. ހަމައެފަދައިން ދުނިޔޭގައި އެންމެ ފުރަތަމަ ކަލަންޑަރުތައް ބޭނުންކުރަން ފެށުނީވެސް އެދުވަސްވަރުގައެވެ. އެ ކަލަންޑަރުތަކުގެ ތެރޭގައި ސޫމާރީން ބޭނުންކުރި ކަލަންޑަރުވެސް ހިމެނެއެވެ.

މީލާދީ ތާރީޚު، ތާރީޚެއްގެ ގޮތުގައި ބޭނުންކުރަން ފެށުނީ މީލާދީން 525ގައެވެ. މީގެ 1500 އަހަރު ކުރިން ޤުރައިޝް ވަންހައިގެ މީހުން ބޭނުންކުރި ތާރީޚަކީ ފީލުބާގައިގެ މީހުން ގެފުޅު ތަޅާލަންގޮސް ނާކާމިޔާބުވި ތާރީޚީ ހާދިސާގެ ތާރީޚެކެވެ. އެއީ ހިޖުރީ ތާރީޚުގެ 53 އަހަރު ކުރީގެ ހާދިސާއެކެވެ.

އިސްލާމީ ދައުލަތުގެ ރަސްމީ ތާރީޚެއްގެ ގޮތުގައި ހިޖުރީ ތާރީޚު ބޭނުންކުރަން ފެއްޓެވީ ހިޖުރައިން 17 ވަނަ އަހަރު އަމީރުލް މުއުމިނީން ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲޢަންހުގެ ޚަލީފާކަމުގައެވެ. އެއީ ޚުލަފާއުއް ރާޝިދޫންގެ ދެ ވަނަ ޚަލީފާއެވެ.

ހިޖުރީ ކަލަންޑަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން 2026: ފަލަކީ ޢިލްމުވެރިން އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ލަފާ ކޮށްފި

ރަމަޟާން 2026: ފަލަކީ ޢިލްމުވެރިން އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ލަފާ ކޮށްފި

17 އޮކްޓޯބަރު 2025
ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސް ސާލިޙު ފޮނުއްވަވައިފި

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސް ސާލިޙު ފޮނުއްވަވައިފި

07 ޖުލައި 2024
އެންމެ ފުރަތަމަ އަޒުމަކަށް ހަދަންވީ އަގީދާއަށް ގުޑުމެއް އެރުވިޔަނުދީ އިސްލާމީ ރިވެތި ތަރުބިއްޔަތު މަތީގައި ސާބިތުވެ ތިބުން: ރައީސް

އެންމެ ފުރަތަމަ އަޒުމަކަށް ހަދަންވީ އަގީދާއަށް ގުޑުމެއް އެރުވިޔަނުދީ އިސްލާމީ ރިވެތި ތަރުބިއްޔަތު މަތީގައި ސާބިތުވެ ތިބުން: ރައީސް

29 ޖުލައި 2022
ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

ދިވެހިރާއްޖެއަށް އިންޓަނެޓު ތައާރަފުވިތާ 25 އަހަރުގެ ރިހިޔޫބީލު މުނާސަބަތު!

14 އޮކްޓޯބަރު 2021
ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

07 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު