Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިފައިންގެ 130 ވަނަ އަހަރީ ދުވަސް

ސިފައިން ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް މިހާރު ވަނީ ހޯދިފައި: ރައީސް

ޚާރިޖީ ސިޔާސަތަށް މި ސަރުކާރުން ގެނައި ހެޔޮ ބަދަލުގެ ސަބަބުން އަސްކަރީ ގާބިލުކަން އިތުރުވެއްޖެ ކަމަށް ރައީސް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2022 | ބުދަ 03:57
ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ

އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރު ކުރަން މުހިންމު މަސައްކަތެއް ކުރެވިއްޖެ ކަމަށާއި ސިފައިންނަށް ބޭނުންވާ ޒަމާނީ ހަތިޔާރާއި އާލަތްތައް ހޯދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ މަރުކާއަކީ ދިވެހި ސިފައިންގެ އަސްކަރީ ގާބިލުކަން ކަމަށެވެ. އެހެންވެ، އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރު ކުރުމަށް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެގޮތުން، ޒަމާނީ ވަސީލަތްތައް ހޯދައި ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން އެތައް ގުނައެއް އިތުރު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމުގެ ދިފާއުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯދައިދެވިފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ ޢިލްމީ އަދި ފަންނީ ތަމްރީނުތައް ވެސް ބަރާބަރަށް ދެމުންދާ ކަމަށެވެ.

ދިވެހި އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ރަހުމަތްތެރި ބޭރުގެ ޤައުމުތަކުން ދޭ އެހީތެރިކަން ހަނދާން ކުރަން ޖެހޭ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް މި ސަރުކާރުން ގެނައި ހެޔޮ ބަދަލުގެ ސަބަބުން އަސްކަރީ ގާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ރައްކާތެރިކަމަކާއި ޔަޤީންކަމެއް ލިބިފައިވާ ކަމަށެވެ. އަދި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، ސަރަޙައްދީ ޞުލްހަޔާއި ހަމަޖެހުން ދެމިއޮތް މިންވަރެއްގެ މައްޗަށް ކަަމަށް ވެސް ރަައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދިވެހިން ވެސް އަދާކުރަންޖެހޭ ދައުރެއް އެބައޮތް ކަމަށެވެ. އެ ޒިންމާ މިއަދުގެ ސިވެހި އަސްކަރިއްޔާއިން ވަރަށް ފުރިހަމައަށް އަދާ ކުރަމުން އަންނަކަން ޤަބޫލު ކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިންތީގެ ހަމަހަމަކަމުގައި މިއަދު ދިވެހި ސިފައިންނަކީ ނަމޫނާ ބައެއް ކަމަށެވެ. އެގޮތުން 1989 ވަނަ އަހަރު ސިފައިންގެ ޚިދުމަތަށް އަންހެނުން ވެއްދި ނަމަވެސް އެ ކަނބަލުންގެ ހަމައެކަނި ޒިންމާއަކީ އިދާރީ މަސައްކަތް ކަމަށްވި ނަމަވެސް މިއަދު އަންހެން ސިފައިންނަކީ އެންމެ ފަހުގެ އަސްކަރީ ތަމްރީންތައް ހޯދައިގެން ޤައުމުގެ ދިފާއުގައި އެންމެ ކުރީ ސަފަށް ނުކުންނަށް ތައްޔާރަށް ތިބި ބައެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ސިފައިންގެ ޚިދުމަތުގައި މިހާރު ކުރިއަށްދެވޭނެ ކަމަށެވެ. މި ޚިދުމަތުގައި އަންހެނުންނާއި ފިރިހެނުން ތަފާތުނުކޮށް އެންމެނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯއްދައިވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

ދިވެހި ސިފައިންގެ ޚިދުމަތުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ ރޭންކަށް އަންހެން އޮފިސަރުން ހަމަޖެއްސީ މިދިޔަ އަހަރުއެވެ. އެ ރޭންކުގައި ދެ އަންހެން ސިފައިން ތިއްބެވިއިރު އެއީ ސިފައިންގެ ލަފާދޭ މަޖިލީހުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ދެ ސިފައިން ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުސިފައިންގެ ދުވަސް 2022އެމްއެންޑީއެފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު