Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ މުއައްސަސާގައި އަންހެނުން

"މިންތީގެ ހަމަހަމަކަމަށް ލީޑަރޝިޕުން އިސްކަންދޭތީ، ސިފައިންގޭގަ އަންހެނުންގެ ބައިވެރިވުން ދަނީ އިތުރުވަމުން"

މި ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ގިނަ ދާއިރާއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އެޕްރީލު 2022 | ހޮނިހިރު 08:46
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ލެފްޓިނެންޓް ކާނަލް ޑރ ފާތިމަތު ތަހުސީނާ އިބްރާހީމް ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ލެފްޓިނެންޓް ކާނަލް ޑރ ފާތިމަތު ތަހުސީނާ އިބްރާހީމް ވާހަކަދައްކަވަނީ

މިހާރުގެ ލީޑަރޝިޕުން މިންތީގެ ހަމަހަމަކަމަށް ދޭ އިސްކަމެއްގެ ސަބަބުން، ސިފައިންގެ މުއައްސަސާގައި އަންހެނުންގެ ބައިވެރިވުން އިތުރުވަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހުސީނާ އިބްރާހީމް ވިދާޅުވީ، މީގެ 33 އަހަރުކުރިން އަންހެން ސިފައިން މި ދާއިރާގައި ހަރަކާތްތެރިވާން ފެށީއްސުރެ، ހަވާލުކުރި ކޮންމެ ޒިންމާއެއްވެސް ފުރިހަމައަށް އަދާކުރަމުންދާކަމަށެވެ.

Advertisement - newsAdvertisement

އެއީ ކޮންމެ ބާވަތެއްގެ ވަޒީފާއެއް ނަމަވެސް، އެންމެ ފުރިހަމައަށް ޒިންމާތައް އަދާ ކުރުމުގައި އަންހެން ސިފައިންވެސް ދެމިތިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަހުސީނާ އިތުރަށް ވިދާޅުވީ، ޒަމާނާއި މުޖުތަމައަށް އަންނަ ބަދަލާއެކު އަދި މިހާރުގެ ލީޑަރޝިޕުން މިންތީގެ ހަމަހަމަކަމަށް ދެއްވާ އިސްކަމެއްގެ ސަބަބުން، މިހާރު ސިފައިންގެ މުއައްސަސާގައި އަންހެނުންގެ ބައިވެރިވުން ނެތް ދިމާލެއް ނެތްކަމަށެވެ.

އެގޮތުން ފަންނީ ދާއިރާއާއި، އަސްކަރީ ދާއިރާއާއި، ކޮމާންޑް ޕޯސްޓުތަކާއި، ދިރާސާ ކޮމިޓީތަކުގެ އިތުރުން، ލަފާދޭ ކޮމިޓީތަކާއި، އެންމެ މަތީ ލަފާދޭ މަޖިލީހުގައިވެސް އަންހެން ސިފައިންގެ ބައިވެރިވުން ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ގިނަ ދާއިރާއެއް ކަމަށެވެ. ވަކިން ޚާއްސަކޮށް، ބޭރުގެ އަސްކަރިއްޔާއާއި ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ދަށުންވެސް، ގިނަ ތަމްރީނު ފުރުސަތުތަކެއް ފަހިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި, އޭގެ ތެރެއިން ބައެއް ކޯސްތަކަކީ ސީދާ އަންހެން ކެނޑިޑޭޓުންގެ ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލާ ކޯސްތަކެއްކަމަށެވެ.

އެމްއެންޑީއެފްސިފައިންގެ ދުވަސް 2022

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު